އިޤްތިސާދު

ފިޝަރީޒް ހިންގަން ލާންވީ ވަކި ކުލައެއްގެ ކޯރިއެއް އެޅި މަސްވެރިއެއް ނޫން!

ހޮސްޕިޓަލެއް ހިންގަން ކޮންމެހެން ހުންނަންޖެހެނީ ޑޮކްޓަރެއް ނޫނެވެ. ބޭނުންވަނީ މޮޅު މެނޭޖަރެކެވެ. ހޮސްޕިޓަލް ހިންގެނީ ހަމައެކަނި ޑޮކްޓަރަކަށް ކަމަށްވާނަމަ، ޓްރާންސްޕޯޓް މިނިސްޓަރަކަށް ޓެކްސީ ޑްރައިވަރެއް، ހެލްތު މިނިސްޓަރަކަށް ބަލިމީހެއް، ފިޝަރީޒް މިނިސްޓަރަކަށް މަސްވެރިއެއް، އެޑިއުކޭޝަނަށް ޓީޗަރެއް، ފިނޭންސަށް މަހުޖަނެއް، ޖެންޑަރ މިނިސްޓްރީއަށް ނުކުޅެދޭ މީހެއް، އިސްލާމިކް މިނިސްޓްރީއަށް މުދިމެއް، އެގްރިކަލްޗަރއަށް ދަނޑުވެރިއެއް، ކޮންސްޓްރަކްޝަނަށް ރާނާ މީހެއް ލާންވީ އެވެ.

ފިޝަރީޒް ހިންގަން ލާންވީ ވަކި ކުލައެއްގެ ކޯރިއެއް އެޅި މަސްވެރިއެއް ނޫން!

މިއީ ހަމައެކަނި ފިޝަރީޒް މިނިސްޓްރީގެ ވާހަކައެއް ނޫނެވެ. އަދި ވަކި ސިޔާސީ ޕާޓީއެއްގެ ނުވަތަ ވަކި ސަރުކާރެއްގެ އެކަނި ވާހަކައެއްވެސް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމާއި، ދައުލަތުގެ ހިންގުމުގެ ތެރޭއަށް ސިޔާސީ ފިކުރު ވަދެ، ޤައުމުގެ އެންމެ މުހިންމު އިދާރާތައް ސީދާ ފާލުން ނެއްޓެމުންދާ ގޮތުގެ ވާހަކައެވެ.

ޖޫން 2005 ގައި ރަސްމީކޮށް އެމްޑީޕީ ރަޖިސްޓްރީވެ، ރާއްޖެއަށް މަލްޓި-ޕާޓީ ނިޒާމު ތައާރަފްވުމާއެކު ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލުގައި ސިޔާސީ "ތޮއްޕެއް" އެޅުނެވެ. އެއާއެކު، ވަޒީފާއަކަށް ކުރިމަތިލުމުން އެ މީހެއްގެ ޤާބިލުކަމާއި، ތައުލީމީ ފެންވަރާއި، ތަޖުރިބާއަށް ބެލުމުގެ ބަދަލުގައި، ބަލާ އެންމެ މުހިންމު މިންގަނޑަކަށް ވީ ބޮލުގައި އޮތް ތޮފީގެ ކުލައެވެ. ހާއްސަކޮށް މިނިވަން މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ (އެސްއޯއީ) ވަޒީފާތައް ދިނުމުގައި ވެރިކަން ކުރާ ޕާޓީގެ ކުލަ ނެތްނަމަ، ކިތަންމެ ޤާބިލު މީހަކަށްވެސް ޖެހެނީ "މަހަށް ދާށެވެ." އެދޭ ވަޒީފާއެއް ނުލިބެއެވެ. ބައެއް ފަހަރު ސިޔާސީ ފިކުރު ތަފާތުވުމުން ހުރި ވަޒީފާއިން ވަކިކޮށް މަގުމަތިކުރަނީއެވެ. މިއީ 2008 ގެ ފަހުން ކޮންމެ ސަރުކާރަކުން ވެސް ކަންކުރަމުން އައި ގޮތެވެ.

އިޝްތިހާރު

އެޗްޑީސީ ހިންގަން މައުރޫފް ޖަމީލް ކިތަންމެ ޤާބިލަސް، ބޮލުގައި އޮތް ތޮފީގެ ކުލަ ބަދަލުނުކުރަންޏާ ޖެހެނީ އެއްފަރާތްވާށެވެ. އެއާޕޯޓްސް ކުންފުނި (އެމް.އޭ.ސީ.އެލް) ހިންގަން މަހްޖޫބް ސުޖާއު ކިތަންމެ ޤާބިލަސް، ތޮފީގެ ކުލަ ބަދަލުކޮށްގެން ނޫނީ އެ މަޤާމެއް ނުލިބޭނެއެވެ. .އެމްޕީ.އެލް ހިންގަން ޝާހިދު އަލީ ކިތަންމެ ޤާބިލަސް، ބޮލުގައި އޮތީ އެހެން ކުލައެއްގެ ތޮއްޕެކެވެ. މިއީ ވަކި ބަޔަކަށް ފާޑުކިއުމުގެ ނިޔަތުގައި ފާހަގަކުރި ނަންތަކެއް ނޫނެވެ؛ މިއީ ނިޒާމުގެ ތެރޭގައި ކަންކަން ހިނގާފައިވާ ގޮތުގެ، ނުވަތަ ހިނގަމުންދާ ގޮތުގެ މިސާލުތަކެކެވެ.

މިއީ ވަކި ސަރުކާރަކަށް އެކަނި ނިސްބަތްވާ ކަމެއްވެސް ނޫނެވެ. ޕާޓީ ސިސްޓަމް ތައާރަފްވެގެން އައި ފުރަތަމަ ސަރުކާރުގައި، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މި ސިޔާސީ އިމްތިޔާޒު އެންމެ ގަދައަށް ބޭނުންކުރެއްވިއެވެ. އެމަނިކުފާނު ފާޅުގައި ވިދާޅުވީ، އެމަނިކުފާނުގެ ޕާޓީ ނޫން އެހެން ޕާޓީއެއްގެ މީހަކު ކަމަކު އެދިގެން އަތުވެއްޖެނަމަ، ހުރި "ނުލަފާކަން" ދައްކާލައްވާނެ ކަމަށެވެ. ރައީސް ޔާމީނުގެ ވެރިކަމުގައިވެސް، އަދި ރައީސް ސޯލިހުގެ ވެރިކަމުގައިވެސް މަޤާމްތައް ދެއްވީ ހަމަ ބޮލުގައި އޮތް ތޮފީގެ ކުލައަށް ބައްލަވައިފައެވެ. މިހާރުވެސް ކަން އޮތީ ހަމަ އެގޮތަށެވެ.

ވަކި ޕާޓީއެއްގެ މީހަކަށްވީތީ ނުވަތަ ނުފޫޒުގަދަ ސިޔާސީ މީހެއްގެ ރައްޓެއްސަކަށް ވީތީ ނާޤާބިލު މީހުންނަށް ބޮޑެތި މަޤާމުތައް ދިނުމުން، މަސްއޫލިއްޔަތު ފުރިހަމައަށް އަދާނުކުރެވި، ގިނަ މީހުން ބަލަނީ ލިބުނު ފުރުސަތުގެ ބޭނުންހިފައި އަވަސްއަވަހަށް ނާޖާއިޒު ގޮތުގައި މުއްސަނދިވެގަންނާށެވެ. ކަމުނުގޮސްގެން އެއް އޮފީހުން ނުވަތަ އެސްއޯއީއަކުން ވަކިކުރާ މީހާ، އަނެއްކާވެސް އެހެން އޮފީހަކަށް ނުވަތަ އެހެން އެސްއޯއީ އަކަށް، ބޮޑު މުސާރައިގައި ބަދަލުކުރުމުން ހުރިހާ ގެއްލުމެއް ލިބެނީ ދައުލަތަށާއި ރައްޔިތުންނަށެވެ. ބޮލުގައި ވަކި ކުލައެއްގެ ތޮއްޕެއް އޮތުމަކީ ދައުލަތުން އެމީހަކަށް ބަލަދުއަރަންޖެހޭ ސަބަބަކަށް ވެގެންނުވާނެއެވެ.

 

ޕާޓީ ނިޒާމަކީ ދިވެހިރާއްޖެއަށް ތައާރަފް ކުރެވުނު އެންމެ ބޭކާރު، އަދި އެންމެ ބޮޑަށް ބައިބައިވުން އުފެއްދި އެއް ނިޒާމެވެ. މި ޤައުމަށް ބޭނުންވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވާ ވަރުގަދަ އެގްޒެކެޓިވް ރައީސެކެވެ. ވަކި ޕާޓީއަކަށް މަރުދޭ އެކްޓިވިސްޓެއް ނޫނެވެ. ފިރުއައުނު ހަލާކުވީ ހާމާނު ފަދަ މުނާފިޤަކު އެޑްވައިޒަރަކަށް ލުމުންނެވެ. ކައިރިކުރަންޖެހެނީ އަމިއްލަ އެދުމުގައި އުޅޭ މުނާފިޤުންނެއް ނޫނެވެ. ތެދުވެރި، ޤާބިލު، އިޙްލާސްތެރިންނެވެ.

ޕާޓީ ކުލައަކަށް ނުބަލައި ޤާބިލު މީހުންނަށް މަޤާމު ދިނުމުގެ ރަނގަޅު މިސާލެއް ދާދިފަހުން ވަނީ ފެނިގެންގޮސްފައެވެ. ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެމްޑީއަކަށް މުހައްމަދު ޝަރީފް އައްޔަންކުރުމަކީ އެ ބޭންކުގެ ތާރީހުގައިވެސް ނިންމި އެންމެ ރަނގަޅު އެއް ނިންމުމެވެ. އަބަދު ބޭރު މީހުންނަށް ބޮޑު މުސާރަ ދީގެން ހިންގި ބީއެމްއެލްއަށް އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވާއިރު، ބޭންކު ހަމައިސްކޮޅަށް ތެދުވީ ޤާބިލު ދިވެއްސަކު އެ މަޤާމަށް ލުމުންނެވެ. "މުޅި ރާއްޖެއަށް ބީއެމްއެލް" ޝިއާރުގެ ދަށުން، ކުރު މުއްދަތެއްގެ ތެރޭގައި ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމުކޮށް، ޑޮލަރު އޭޓީއެމްތަކާއި ބޭސްފަރުވާއާއި ކިޔަވާ ކުދިންނަށް ދޫކުރާ ޑޮލަރުގެ އަދަދު އިތުރު ކުރުން ފަދަ މުހިއްމު ގިނަ ބަދަލުތަކެއް ޝަރީފުގެ އެމް.ޑީ ކަމުގެ ދަށުން ބޭންކުން ވަނީ ގެނެސްދީފައެވެ. މިއީ ޤާބިލް ދިވެހީންނަށް އިތުބާރު ކުރުމުގެ ނަތީޖާއެވެ. ޤައުމީ ޓީމުގެ މެނޭޖަރަކަސް ވިއަސް، އަދި ދިވެހި ބޮޑޭތި ކުންފުނިތައް ހިންގަން ވިއަސް ލާން ޖެހެނީ ދިވެހީންނެވެ. ޤާބިލް، ތެދުވެރި ދިވެހީންނެވެ. ވަކި ބޭރު ޤައުމެއްގެ ނުވަތަ ވަކި ޕާރޓީއެއްގެ މީހެއް ނޫނެވެ.

ހޮސްޕިޓަލެއް ހިންގަން ކޮންމެހެން ހުންނަންޖެހެނީ ޑޮކްޓަރެއް ނޫނެވެ. ބޭނުންވަނީ މޮޅު މެނޭޖަރެކެވެ. ހޮސްޕިޓަލް ހިންގެނީ ހަމައެކަނި ޑޮކްޓަރަކަށް ކަމަށްވާނަމަ، ޓްރާންސްޕޯޓް މިނިސްޓަރަކަށް ޓެކްސީ ޑްރައިވަރެއް، ހެލްތު މިނިސްޓަރަކަށް ބަލިމީހެއް، ފިޝަރީޒް މިނިސްޓަރަކަށް ވަކި ކުލައެއްގެ ކޯރިއެއް އެޅި މަސްވެރިއެއް، އެޑިއުކޭޝަނަށް ޓީޗަރެއް، ފޮރިން މިނިސްޓަރަކަށް ބިދޭސީއެއް، ފިނޭންސަށް މަހުޖަނެއް، ޖެންޑަރ މިނިސްޓްރީއަށް ނުކުޅެދޭ މީހެއް، ޓޫރިޒަމަށް ފަތުރުވެރިއެއް، އިސްލާމިކް މިނިސްޓްރީއަށް މުދިމެއް، އެގްރިކަލްޗަރއަށް ދަނޑުވެރިއެއް، ކޮންސްޓްރަކްޝަނަށް ރާނާ މީހެއް، އަދި ޔޫތު މިނިސްޓްރީ ހިންގަން ތަސައްރަފު ނުފުދޭ ޒުވާނަކު ލާންވީއެވެ.!

ދައުލަތާއި އެސްއޯއީތަކުގައި އޮތް ސިޔާސީ ނުފޫޒު ކަނޑުވާލައި، ވަޒީފާތަކަށް މީހުން ނެގުމުގައި "މެރިޓް-ބޭސްޑް" ނުވަތަ ޤާބިލުކަމަށް އިސްކަންދޭ އުސޫލު ސަރުކާރުން މިހާރު ވަނީ ރަސްމީކޮށް އިއުލާނުކޮށް، އަމަލީ ގޮތުން ތަންފީޒުކުރަން ފަށާފައެވެ. ސިޔާސީ މަޤާމުތަކަށް މީހުން އައްޔަންކުރުމުގައިވެސް ސްޓޭޓް މިނިސްޓަރަކަށް މާސްޓާސް ޑިގްރީ އަދި ޑެޕިއުޓީ މިނިސްޓަރަކަށް ބެޗްލާސް ޑިގްރީ ފަދަ ތައުލީމީ މިންގަނޑުތައް ކަނޑައެޅި، އެސްއޯއީތަކުގެ ވަޒީފާތަކަށް މީހުން ނެގުމުގައި ސިޔާސީ ރެކޮމެންޑޭޝަންތަކަށް ބެލުން ހުއްޓާލަން ވަނީ ނިންމާފައެވެ.  މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "މޯލްޑިވްސް 2.0" ގެ ޑިޖިޓަލް އިގްތިސޯދާއި، ދެފުށް ފެންނަ، ކޮރަޕްޝަނުން ސާފު ވެފައިވާ ދައުލަތެއް ބިނާކުރުމުގެ ތަސައްވަރާ ގުޅޭ ބަދަލެއް ކަމަށް ސަރުކާރުން ބުނެއެވެ.ނަމަވެސް ކަރުދާހުގައި މިހެން އޮތަސް ސަރުކާރުގެ އަމަލުން މިކަމެއް އަދިވެސް ނުފެނެއެވެ.

ޓެކްނޮލޮޖީއާއި ޑިޖިޓަލައިޒޭޝަންގެ އެހީގައި ޚިދުމަތްތައް އަވަސްކޮށް، ނިޒާމުގެ ތެރެއިން ނަހަމަ ނުފޫޒު ނައްތާލެވޭނީ އެކަމަށް ގާބިލު، ތައުލީމީ ދިވެހިން ކުރިއަށް ނެރެގެންނެވެ. ޤައުމު ބިނާކުރުމުގައި މި ހަޤީޤަތް އެންމެން ގަބޫލުކުރަންޖެހެއެވެ. މުހިންމުވާންވީ ވަކި ސިޔާސީ ޕާޓީއެއްގެ ކުލައެއް ނޫނެވެ؛ މުހިންމުވާންވީ އިހްލާސްތެރިކަމާއެކު ގައުމަށް ހިދުމަތްކުރާނެ ޤާބިލު ދިވެހީންނަށް މަޤަމް ތަކާއި މަސައްކަތްތައް ދިނުމެވެ.

ޝެއާ ކުރޭ

ކޮމެންޓްތައް

ކޮމެންޓާއި ޖަވާބު ފެންނާނީ އެޑްމިން އެޕްރޫވް ކުރުމަށްފަހު.

ރަސްމާލޭގެ އުއްމީދާއި ނުރައްކަލުގެ ރަނގަބީލު: ތަސައްވުރު ފުރިހަމައަސް ޤާނޫނީ އަދި މާލީ ފައިދާ ކަށަވަރު ކުރަން ޖެހޭ!
އިޤްތިސާދު

ރަސްމާލޭގެ އުއްމީދާއި ނުރައްކަލުގެ ރަނގަބީލު: ތަސައްވުރު ފުރިހަމައަސް ޤާނޫނީ އަދި މާލީ ފައިދާ ކަށަވަރު ކުރަން ޖެހޭ!

މިފަދަ ބިޔަ އިންވެސްޓްމަންޓެއް ދެފުށްނުފެންނަ ގޮތަށް އަވަސްއަރުވާލައިގެން ނޮވެމްބަރ 11 ގައި ސޮއިކޮށްފިނަމަ، ދައުލަތުގެ މާލީ ރިޒާވް ހުސްވެ، "ވަން-އައިލެންޑް-ވަން-ރިސޯޓް" މޮޑެލްއަށާއި ތިމާވެށްޓަށް އިއާދަނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކެއް ލިބި، އަދި އެންމެ ނުރައްކާތެރި ކަމެއްގެ ގޮތުން، 99 އަހަރުގެ ދިގު މުއްދަތަކަށް ރާއްޖޭގެ ބިންތައް އިސްލާމްދީނާ ދެކޮޅު ބޭރުގެ ފަރާތްތަކުގެ އަތްމައްޗަށް ދޫވެ ޤައުމީ ސިޔާދަތާއި ދީނީ ވަހުދަތު ގެއްލުމުގެ ބިރު އެބައޮތެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 23, 2026
މިކަންކަން ނުކޮށްފިނަމަ ރަސްމާލެ މަޝްރޫޢު ވާނީ ސިޔާސީ އަނދަވަޅަކަށް
އިޤްތިސާދު

މިކަންކަން ނުކޮށްފިނަމަ ރަސްމާލެ މަޝްރޫޢު ވާނީ ސިޔާސީ އަނދަވަޅަކަށް

ރަސްމާލެ މަޝްރޫޢުގައި، ތިރީގައިވާ ފަދަ މުހިއްމު ކަންކަން ނުކޮށް، ދެފުށް ނުފެންނަގޮތަށް، އަވަސްއަރުވާލައިގެން މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިނަމަ އެކަން ވާނީ މުޅި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ކުރިމަގު މާލީ އަދި އިޖްތިމާއީ އަނދަވަޅަކަށް ވައްޓާލާނެ ކަމަކަށެވެ! ތިރީގައިވާ ކަންކަން، ދެފުށްފެންނަ ގޮތެއްގައި ހާމަކޮށް، ފުރިހަމައަށް އިޞްލާޙުކޮށްގެން ކުރިއަށްގެންދިއުމަކީ ސަރުކާރުގެ ތަސައްވުރު އިތުރަށް ވަރުގަދަވެ، މަޝްރޫޢު ސައްޙަ ގޮތުގައި ނިންމާލުމަށް މިންވަރުކުރާނެ އެންމެ ބޮޑު ބާރެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 23, 2026
އައްޑޫ ގަން އެއާޕޯޓް އެމިރޭޓްސް ފަދަ އެއާލައިނެއްގެ ހަބަކަށް ހެދުން
އިޤްތިސާދު

އައްޑޫ ގަން އެއާޕޯޓް އެމިރޭޓްސް ފަދަ އެއާލައިނެއްގެ ހަބަކަށް ހެދުން

ރައީސް މައުމޫނުގެ ވެރިކަމުގައި، މީގެ ތިރީހަކަށް އަހަރު ކުރިން، އައްޑޫ ގަން އެއާޕޯޓުގައި މިފަދަ ބައިނަލްއަޤްވާމީ ހަބެއް ހެދުމަށް އެމިރޭޓްސްއިން ހުށަހެޅިއެވެ. ނަމަވެސް، އޭރު މައުމޫން ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި މާލޭގެ ބައެއް ސިޔާސީ ބޭފުޅުން ބޭނުންވީ އިޤްތިޞާދީ ޙަރަކާތްތައް މާލެ ސަރަޙައްދަށް އެކަނި ޖަމާކޮށްފައި ބެހެއްޓުމަށެވެ. އޭރުގެ ވަރަށް އިސް މިނިސްޓަރަކު މިކަމާ ގުޅިގެން "ދިޔަދޮވީގެ ދެކޮޅުން ފެން ނުވެހޭނެ" ކަމަށް ވިދާޅުވިކަމަށްވެއެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 20, 2026