ފަތުރުވެރިކަން

އާ ފުރުޞަތަކަށް: ރާއްޖޭގައި ކޭވް ޑައިވިންގ އިންޑަސްޓްރީއެއް ބިނާކުރުން

މި ދާއިރާއިން އެންމެ ގިނައިން ކޭވް ޑައިވަރުން އަންނާނެ ކަމަށް ބެލެވެނީ އެމެރިކާއިންނެވެ. މީގެ އިތުރުން، މެދުތެރޭ އަދި ހުޅަނގު ޔޫރަޕްގެ ޤައުމުތައް ކަމުގައިވާ ޖަރުމަން، ފްރާންސް، އިނގިރޭސިވިލާތް، އަދި އިޓަލީ ފަދަ މާލީ ތަނަވަސްކަން ހުރި ފަތުރުވެރިން ތިބި ޤައުމުތަކާއި، އޮސްޓްރޭލިއާ، ޗައިނާ އަދި ޖަޕާނުގެ ތަނަވަސް ޑައިވިންގ ފަތުރުވެރިންނަކީ މުހިންމު މާކެޓްތަކެކެވެ.

އާ ފުރުޞަތަކަށް: ރާއްޖޭގައި ކޭވް ޑައިވިންގ އިންޑަސްޓްރީއެއް ބިނާކުރުން

2026 ވަނަ އަހަރުގެ މެއި މަހު ވ.ފެލިދެއަތޮޅު ދެވަނަކަނޑު ސަރަޙައްދުގައިވާ ކަނޑު އަޑީގެ ހޮހަޅައެއްގެ ތެރޭގައި ހިނގި، އިޓަލީގެ ޖެނޯއާ ޔުނިވަރސިޓީގެ ޕްރޮފެސަރު މޮނިކާ މޮންޓެފަލްކޯންއާއި، އޭނާގެ އަރިސް ކޮލީގުންނާއި، ތަޖުރިބާކާރު އިންސްޓްރަކްޓަރު ހިމެނޭހެން 5 ފަތުރުވެރިންގެ އިތުރުން، އެމީހުން ހޯދުމުގެ ނުރައްކާތެރި ރެސްކިއު އޮޕަރޭޝަންގައި އުޅުނު ދިވެހި ސިފައިންގެ ގާބިލު ސިފައިންގެ މީހެއްކަމަށްވާ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވި ހާދިސާ އަކީ ދިވެހިރާއްޖޭގެ ފީނުމުގެ ތާރީޚުގައި ހިނގި އެންމެ އަނދިރި އަދި ހިތާމަވެރި ޞަފްޙާއެވެ. މިއީ މުޅި ދިވެހިރާއްޖެއަށާއި ބައިނަލްއަޤްވާމީ ފީނުމުގެ ދާއިރާއަށް ލިބުނު ބޮޑު ޝޮކެކެވެ.

ރާއްޖޭގައި ކޭވް ޑައިވިންގ ނުވަތަ ހޮހަޅަތަކަށް ފީނުމުގެ ޚާއްޞަ އިންޑަސްޓްރީއެއް ބިނާކުރުން

އިޝްތިހާރު

އަލިކަމެއް ނުވާ، 3 ބަޔަށް ބެހިފައިވާ، 260 މީޓަރު ދިގު އަދި ކަނޑުގެ 60 މީޓަރު އަޑީގައިވާ މި ފުން ހޮހަޅައިގެ ތެރޭގައި ތަޖުރިބާކާރު ޑައިވަރުން ތާށިވި ގޮތާމެދު މުޅި ދުނިޔެ ސުވާލު އުފައްދަމުންދާއިރު، އެނގިގެންދަނީ އެކަކުވެސް ނުދަންނަ، މިހާތަނަށް ހޯދިފައި ނުވާ ކަނޑުއަޑީގެ ބިޔަ ދުނިޔެއެއް ރާއްޖޭގެ ފަރުތަކުގެ އަޑީގައި އޮތްކަމެވެ. މިހާދިސާ އަކީ ހަމައެކަނި ހިތާމަކޮށްލާފައި ދޫކޮށްލަން ޖެހޭ ހާދިސާއެއް ނޫނެވެ. ކޭވް ޑައިވިންގެ މި އެކްސިޑެންޓުގެ ހިތާމައަށް ފަހު އޭގެން އުއްމީދުގެ ހުޅުކޮޅެއްވެސް ދިއްލަން ޖެހެއެވެ. މިއީ ރާއްޖޭގައި ކޭވް ޑައިވިންގ ނުވަތަ ހޮހަޅަތަކަށް ފީނުމުގެ ޚާއްޞަ، ރައްކާތެރި އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ އިންޑަސްޓްރީއެއް ބިނާކުރުމަށް ލިބުނު ފުރުޞަތަކަށް ހަދަންޖެހެއެވެ.

ހިތާމަވެރި ޙާދިސާތަކުން އާ އިންޑަސްޓްރީތައް އުފަންވި ބައިނަލްއަޤްވާމީ މިސާލުތައް

ތާރީޚަށް ބަލާއިރު، ނުރައްކާތެރި ބޮޑެތި ޙާދިސާތަކަށްފަހު އެ ދާއިރާތަކުގެ ސަލާމަތީ މިންގަނޑުތައް އާ ހަރުފަތަކަށް އުފުލައި، އެކަމުން ބޮޑެތި އާ ސިނާޢަތްތައް އުފަންކުރުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެނިފައިވާ ކަންކަމެވެ. މީގެ އެންމެ ފާހަގަކޮށްލެވޭ އެއް މިސާލަކީ 2018 ވަނަ އަހަރު ތައިލެންޑުގެ ތަމް ލުއާންގް ހޮހަޅައިގައި ކުޑަކުދިންގެ ފުޓްބޯޅަ ޓީމެއް ތާށިވި ހާދިސާއެވެ. އެ ހާދިސާއަށްފަހު، އެ ހޮހޮޅަތަކުގެ ނުރައްކަލަށް ބިރުން އެތަން ބަންދުކޮށްލުމުގެ ބަދަލުގައި ތައިލެންޑުން އިޚްތިޔާރުކުރީ ވަރުގަދަ އުޞޫލުތަކަކާއެކު އެތަން ތަރައްޤީކުރުމެވެ. މިއަދު އެތަނަކީ ބައިނަލްއަޤްވާމީ ގޮތުން ހޮހަޅަތައް ދިރާސާކުރާ ސައިންސްވެރިންނާއި، ކޭވްތަކަށް ފީނާ ޓޫރިސްޓުން ޒިޔާރަތްކުރާ ބޮޑު މަރުކަޒެކެވެ.

މިފަދަ އެހެން ހާދިސާ އަކަށް ބަލާއިރު، ވިހިވަނަ ޤަރުނުގެ ފަހުކޮޅު މެކްސިކޯގެ ޔުކަޓާން ސެނޯޓޭސް ކަނޑުއަޑީގެ ހޮހަޅަތަކުގައި ހިނގި ނުރައްކާތެރި ހާދިސާތަކަށްފަހު، ޕެޑީ ފަދަ ޖަމްޢިއްޔާތަކާ ގުޅިގެން ހަރުކަށި މިންގަނޑުތަކެއް ހެދިއެވެ. ނަތީޖާއެއްގެ ގޮތުން، މިއަދު މެކްސިކޯއަކީ ދުނިޔޭގެ އެންމެ ބޮޑު ކޭވް ޑައިވިންގ މަންޒިލަށްވެ، އެޤައުމަކީ އަހަރަކު އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ އާމްދަނީއެއް ކޭވް ޑައިވިންގުން ހޯދާ ގައުމެކެވެ.

ރާއްޖޭގައި ކޭވް ޑައިވިންގ ކުރިއެރުވޭނެ މުހިންމު ސަރަޙައްދުތައް

ރާއްޖޭގެ ފަރުތަކުގެ އަޑީގައި އޮތީ އެތައް ހާސް އަހަރުވީ ބޮޑެތި ޤުދުރަތީ ހޮހަޅަތަކެކެވެ. މިގޮތުން، ފެލިދެއަތޮޅު ދެވަނަކަނޑު ސަރަޙައްދުގެ 60 މީޓަރު އަޑީގައިވާ، 260 މީޓަރު ދިގު، 3 ބަޔަށް ބެހިފައިވާ ހޮހަޅައަކީ އެޑްވާންސްޑް ކޭވް ޑައިވަރުންނާއި ސައިންސްވެރިންނަށް ޚާއްޞަ މައި މަރުކަޒަކަށް ހެދިދާނެ ތަނެކެވެ. މީގެ އިތުރުން، އަރިއަތޮޅު އަދި ސައުތު މާލެ އަތޮޅު ތިލަތަކުގައިވާ 30 އާއި 50 މީޓަރާ ދެމެދުގެ ފުންމިނުގައި ހުންނަ އުނގޫތަކާއި ހޮހަޅަތަކަކީ، އެންމެ ފުން ކޭވްތަކަށް ފީނުމުގެ ކުރިން ކޭވް ޑައިވް ކުރަން ބޭނުންވާ ފަތުރުވެރިން ތަމްރީނުތައް ހަދަން ވަރަށް ބޮޑަށް އެކަށީގެންވާ ސަރަޙައްދެކެވެ.

އައްޑޫއަކީ އެކްސްޓްރީމް ޑައިވިންގ ހަބަކަށް ހެދުން

އައްޑޫ ސިޓީގެ ދެކުނު ފަރުތަކާއި ކަނޑުއޮޅިތަކަށް ބަލާއިރު، ބާރު އޮއިވަރާއި ރާޅުތަކުގެ ސަބަބުން ކަނޑުއަޑީގެ ފަރުތަކުގައި އުފެދިފައިވާ ފުން ހޮހަޅަތަކާއި ގުދުރަތީ ކޭވްތައް - ޚާއްޞަކޮށް މީދޫ އަދި ގަން ކަނޑުއޮޅި ސަރަޙައްދުގައިވާ ހޮހޮޅަތައް – ހިމެނޭ ގޮތަށް، ގަން އިންޓަރނޭޝަނަލް އެއާޕޯޓްގެ ރޫޓް ބޭނުންކޮށްގެން، އައްޑޫއަކީ އެކްސްޓްރީމް ޑައިވިންގ ހަބަކަށް ހެދިދާނެއެވެ.

ފުވައްމުލައް ސިޓީގެ ފަރުގެ އަޑީގައިވާ ފުން ހޮހަޅަތަކުގެ ފައިދާ ނެގުން

އެންމެ ރަށެއްގެ މައްޗަށް އެކުލެވޭ އަތޮޅެއްކަމުގައިވާ ފުވައްމުލައް ސިޓީގެ "އެކަނިވެރި" ފަރުގެ ފުން އަޑިއަށް ފައިބައިފައިވާ ފުން ހޮހަޅަތަކާއި، ލާވާ-ޓިއުބް ފަދަ އޮނިގަނޑުތައް ހުރި ސަރަޙައްދުތަކަކީ، ކަނޑުއަޑީގެ މަޑިއާއި މިޔަރާއި، މާކަނޑުގެ ދިރުންތައް ބަލަން ކޭވް-ޑައިވިންގ ކުރެވޭނެ ތަފާތު މަންޒިލެއްގެ ގޮތުގައި ތަރައްޤީކުރެވިދާނެ ސަރަހައްދެކެވެ.

ރާއްޖޭގެ ބްލޫޕްރިންޓް: އާ އިންޑަސްޓްރީއެއް ބިނާކުރުން

ރާއްޖޭގެ މިހާރުގެ ފީނުމުގެ ޤަވާޢިދުތަކަކީ އާދައިގެ ރެކްރިއޭޝަނަލް ޑައިވިންގ އަށް، 30 މީޓަރ ފުނަށް ފީނުމަށް، އެކުލަވާލެވިފައިވާ ޤަވާޢިދުތަކެކެވެ. މިއީ ކަނޑުގެ އަނދިރި، ފުން ހޮހަޅަތަކަށް ފީނުމަށް ބޭނުންވާ ޓެކްނިކަލް ޑައިވިންގ އަށް އެކަށީގެންވާ އުޞޫލުތަކެއް ނޫނެވެ. ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މުޅިން އާ އިންޑަސްޓްރީއެއް ބިނާކުރުމަށްޓަކައި، މެކްސިކޯ، ފްރާންސް، އެމެރިކާ އަދި އޮސްޓްރޭލިއާ ފަދަ ކޭވް ޑައިވިންގގެ ބޮޑު އިންފްރާސްޓްރަކްޗަރ އޮތް ޤައުމުތަކުގެ އެންމެ މަތީ ފެންވަރުގެ ކޭވް އިންސްޓްރަކްޓަރުންނާއި ސޭފްޓީ އޮޑިޓަރުން ރާއްޖެ ގެނެސް، ރިސޯޓުތަކާއެކު މަޝްވަރާކޮށް، މިފަދަ ޚާއްޞަ ސެންޓަރުތައް އައްޑޫ، ފުއައްމުލަށް، ފެލިދެ އަތޮޅު، އަދި އަރިއަތޮޅު ފަދަ ސަރަހައްދުތަކުގައި ގާއިމުކުރުމަކީ ކޭވް ޑައިވިންގެ ސިނާއަތެއް ރާއްޖޭގައި ފެށުމުގެ ފުރަތަމަ ބްލޫ ޕްރިންޓެވެ.

ކޭވް ޑައިވިންގއަކީ އާދައިގެ ދަތުރަކަށް ހެދިގެންނުވާނެ

ކޭވް ޑައިވިންގެ މިފަދަ ސިނާއަތެއް ރާއްޖޭގައި އިފްތިތާހް ކުރާއިރު، ސަރުކާރާއި މެރިން ސައިންސްވެރިން ގުޅިގެން ރާއްޖޭގެ ކަނޑުއަޑީގެ ހޮހަޅަތަކުގެ ތަފްސީލީ މެޕްތައް ހަދައި، ނުރައްކާތެރި ސަރަޙައްދުތައް ދެނެގަނެ، "ޑޭންޖަރ / ޑޫ ނޮޓް އެންޓަރ" ނިޝާންތައް ހަރުކުރުން މުހިންމެވެ. މިފަދަ ސިނާއަތެއް ޤާއިމް ކުރުމަށް ފަހު މިތަންތަނަށް ޑައިވް ކުރެވޭނީ، ސަރުކާރުން ދޫކުރާ ޚާއްޞަ ހުއްދައެއްގެ ދަށުން ބައިނަލްއަޤްވާމީ މަތީ ފެންވަރުގެ ކޭވް ސަރޓިފިކޭޝަން އޮންނަ ފަރާތްތަކަށާއި، އެ ސަރަޙައްދެއް ދަންނަ ރާއްޖޭގެ ކޭވް ގައިޑުންނާއެކު ޑައިވް ކުރާ ފަތުރުވެރިންނަށެވެ.

ދެވަނަކަނޑުގެ ހާދިސާގައި ހޮހަޅައިގެ 3 ވަނަ ބަޔާ ހަމައަށް ދިއުމަށް ބޭރުގެ ޓެކްނިކަލް އެހީތެރިކަން ހޯދަންޖެހުނެވެ. މީގެން ދޭހަކޮށްދެނީ، މިފަދަ އިންޑަސްޓްރީއެއް ކުރިއަރުވާނަމަ، އެމް.އެން.ޑީ.އެފް ކޯސްޓްގާޑާއި ދިވެހި ޑައިވް ސެންޓަރުތަކުގެ އިންސްޓްރަކްޓަރުންނަށް އެޑްވާންސްޑް ކޭވް-ރެސްކިއު ތަމްރީނުދީ، ސާޗް އެންޑް ރެސްކިއު ޤާބިލުކަން އިތުރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމެވެ.

ރާއްޖޭގެ ކޭވް ޑައިވިންގ ސިނާއަތު އަމާޒު ކުރަން ޖެހޭ ބޭރުގެ މާރކެޓްތައް

މި ދާއިރާއިން އެންމެ ގިނައިން ކޭވް ޑައިވަރުން އަންނާނެ ކަމަށް ބެލެވެނީ އެމެރިކާއިންނެވެ. އެމެރިކާ އަކީ ދުނިޔޭގެ އެންމެ ބޮޑު ކޭވް ޑައިވިންގ އާބާދީ އޮތް، އަދި ފްލޮރިޑާ ފަދަ ސަރަޙައްދުތަކުގައި ވަރުގަދަ ކޭވް-ޑައިވިންގ ކަލްޗަރއެއް އޮތް މާކެޓެކެވެ. މީގެ އިތުރުން، މެދުތެރޭ އަދި ހުޅަނގު ޔޫރަޕްގެ ޤައުމުތައް ކަމުގައިވާ ޖަރުމަން، ފްރާންސް، އިނގިރޭސިވިލާތް، އަދި އިޓަލީ ފަދަ މާލީ ތަނަވަސްކަން ހުރި ފަތުރުވެރިން ތިބި ޤައުމުތަކާއި، އޮސްޓްރޭލިއާ، ޗައިނާ އަދި ޖަޕާނުގެ ތަނަވަސް ޑައިވިންގ ފަތުރުވެރިންނަކީ މުހިންމު މާކެޓްތަކެކެވެ. މިފަދަ ސިނާއަތެއްގެ މާލީ އާމްދަނީ އަށް ބަލާއިރު، ކޭވް ޑައިވަރަކު ދުވާލަކަށް 500 އާއި 800 އެމެރިކާ ޑޯލަރާއި ދެމެދުގެ އަދަދެއް ހަމައެކަނި ޑައިވް ކުރުމަށް ހޭދަ ކުރާކަމަށް ދިރާސާތައް ދައްކައެވެ. މިއީ ޚާއްޞަ ޓްރައިމިކްސް ގޭސް، ރީބްރީދަރ، ޓެކްނިކަލް ގައިޑުންގެ ހިދުމަތަށް އަގު ދީފައި، ކޮޓަރި ހިފައިގެން ރާއްޖޭގައި ޑައިވް ކުރުމަށް މަދުވެގެން 3 ނުވަތަ 4 ހަފްތާއަށް ތިބޭނެ ޑައިވަރުންނެވެ. މިފަދަ ޓެކްނިކަލް 6000 ވަރަކަށް ޑައިވިންގ ފަތުރުވެރިން އަހަރަކު ރާއްޖެ ގެނެވުނަސް، ޑައިވިންގ ލޮޖިސްޓިކްސް، ޕާމިޓް، އަދި އެކޮމޮޑޭޝަން އާއި އެހެނިހެން ޙިދުމަތްތައް ހިމަނައިގެން ފަށައިގަންނަން ވެސް އަހަރަކު މަދުވެގެން 50 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ކޭވް ޑައިވިންގުން ލިބޭނެކަމަށް ފެނެއެވެ. އަދި ފަސްވަރަކަށް އަހަރު ތެރޭ މިއަދަދު އަހަރަކު 300 މިލިއަން ޑޮލަރަށް އިތުރުކުރުމުގެ ފުރުސަތުވެސް އޮތް ސިނާއަތެކެވެ.

ކޭވް ޑއިވިންގަކީ ރާއްޖޭގެ ހައި-ވެލިއު، ލޯ-އިމްޕެކްޓް ޓޫރިޒަމް ސިޔާސަތާ ގުޅޭ ސިނާއަތެއް

މި ސިނާޢަތަކީ ދިވެހިރާއްޖޭގެ "ހައި-ވެލިއު، ލޯ-އިމްޕެކްޓް" ފަތުރުވެރިކަމުގެ ސިޔާސަތާ މުޅިން ގުޅޭ، އެކަމަކު އަދި ނުފެށި އޮތް ބޮޑު ސިނާޢަތެކެވެ. އާދައިގެ ފަތުރުވެރިންނާ ޚިލާފަށް، ޓެކްނިކަލް ކޭވް ޑައިވަރުންނަކީ ޚާއްޞަ އިކުއިޕްމަންޓާއި، ގޭސް މިކްސްޗަރތަކާއި، ދިގު މުއްދަތުގެ ތަމްރީނުތަކަށް އެތައް ހާސް ޑޮލަރެއް ޚަރަދުކުރާ މާލީ ގޮތުން ތަނަވަސް ބައެކެވެ. މަދު އަދަދެއްގެ ފަތުރުވެރިންގެ ފަރާތުން ބޮޑު މާލީ މަންފާއެއް ޤައުމީ އިޤްތިޞާދަށް ވަންނާނެ، ކަނޑުގެ މުރަކަތަކަށާއި ތިމާވެއްޓަށް މީގެން ކުރާ ނޭދެވޭ އަސަރު ވަރަށް ކުޑަ ސިނާއަތެކެވެ.

މި ސިނާޢަތް ރާއްޖޭގައި ތަރައްޤީކުރުމުން އާދައިގެ ޑައިވިންގ އިންސްޓްރަކްޓަރުންގެ އިތުރުން، އެޑްވާންސްޑް ޓެކްނިކަލް އަދި ކޭވް ޑައިވިންގ ގައިޑުންގެ ގޮތުގައި ދިވެހި ޒުވާނުން ތަމްރީނުވެ، ދުނިޔޭގެ ނިސްބަތުންވެސް އެންމެ ބޮޑު އާމްދަނީ ލިބޭ އެކްސްޓްރީމް ސްޕޯޓްސް މާކެޓުގައި ހަރަކާތްތެރިވުމުގެ ފުރުޞަތު ދިވެހިންނަށް ފަހިވެގެންދާނެއެވެ. ހަމައެއާއެކު، ކޭވް ޑައިވިންގ އިންފްރާސްޓްރަކްޗަރއާއެކު، އެމްއެންޑީއެފް ކޯސްޓްގާޑަށާއި ޚާއްޞަ ދިވެހި ޑައިވަރުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ކޭވް ރެސްކިއު ތަމްރީނުތައް ލިބި، ކަނޑުއަޑީގެ ފުން އަދި ނުރައްކާތެރި ސަރަޙައްދުތަކުގައި ހިނގާ ހާދިސާތަކުން މީހުން ސަލާމަތްކުރުމުގެ އަމިއްލަ ޤާބިލުކަން ދިވެހި ރާއްޖެއަށް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ފަރުތަކުގެ އަޑީގައިވާ ހޮހަޅަތަކަކީ ޖިއޮލޮޖީއާއި، މެރިން ބަޔޮލޮޖީއާއި، ކަނޑުގެ އޮއިވަރުގެ ތާރީޚު ދިރާސާކުރާ ބައިނަލްއަޤްވާމީ ސައިންސްވެރިންނަށް ނުހަނު މުހިންމު ތަންތަނަށްވާތީ، މި ދާއިރާ ހުޅުވާލުމުން ބޭރުގެ ޔުނިވަރސިޓީތަކާއި ދިރާސާ ކުރާ މުއައްސަސާތަކުގެ ފަންޑިންގ ރާއްޖެއަށް ލިބި، ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ޤުދުރަތީ މުއްސަނދިކަން އިތުރަށް ދެނެގަނެވޭނެއެވެ.

ނިންމުން

ދެވަނަކަނޑުގެ ފުންމިނުން އަޅުގަނޑުމެންނަށް ދިނީ ދުވަހަކުވެސް ހަނދާނުން ފޮހެނުލެވޭނެ ފަދަ ވޭނީ ފިލާވަޅެކެވެ. ނަމަވެސް، މި ހާދިސާއަށްފަހު ބިރުން ފަހަތަށްޖެހި، އަޅުގަނޑުމެންގެ ޤުދުރަތީ ޖިއޮގްރަފީގެ ސިއްރުތަކަށް ފުރަގަސްދިނުމަކީ، މި ކާރިސާގައި ދުނިޔެ ދޫކުރި ފަރާތްތަކުގެ ހަނދާނަށް ވެވޭނެ ބޮޑު އިހުމާލެކެވެ. ހަރުދަނާ ސަލާމަތީ މިންގަނޑުތަކާއި، ބައިނަލްއަޤްވާމީ ތަޖުރިބާއާއި، ސަރުކާރުގެ ދުރުރާސްތާގެ ރޭވުންތެރިކަން އެއްކޮށްލައިގެން، ފަތުރުވެރިކަމުގެ ވުޒާރާއާއި، ރިސޯޓު އިންވެސްޓަރުން ގުޅިގެން، ރާއްޖޭގެ ކަނޑުއަޑީގެ ހޮހަޅަތަކަކީ ދުނިޔޭގެ ފެންވަރުގެ އެކްސްޓްރީމް ޓޫރިޒަމްގެ މަޤްބޫލު މަރުކަޒަކަށް ހެދިދާނެއެވެ. ދިވެހި ކަނޑުގެ ފަރުތަކުގެ އަޑިއަށް ނަޒަރުހިންގައި، އަނދިރިކަމާއި ފުންކަމާއި އޮއިވަރަށް އިޙްތިރާމްކުރަމުން، ސަލާމަތްތެރިކަމާއެކު ދުނިޔެއަށް ދިވެހި ކަނޑުއަޑީގެ އާ ޞަފްޙާއެއް ހުޅުވާލަންވީ ވަގުތު މިއޮތީ ޖެހިފައެވެ.

ޝެއާ ކުރޭ

ކޮމެންޓްތައް

ކޮމެންޓާއި ޖަވާބު ފެންނާނީ އެޑްމިން އެޕްރޫވް ކުރުމަށްފަހު.

ރަސްމާލެ: "ވަން-އައިލެންޑް-ވަން-ރިސޯޓް" މޮޑެލްގެ މައިބަދަ ބިންދާލަފާނެ އަނދިރި ޕްރޮޖެކްޓެއް؟
ފަތުރުވެރިކަން

ރަސްމާލެ: "ވަން-އައިލެންޑް-ވަން-ރިސޯޓް" މޮޑެލްގެ މައިބަދަ ބިންދާލަފާނެ އަނދިރި ޕްރޮޖެކްޓެއް؟

"ރަސްމާލެ" މެގާ ޕްރޮޖެކްޓުގެ ސަބަބުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ މައިބަދަ ކަމުގައިވާ "ވަން-އައިލެންޑް-ވަން-ރިސޯޓް" މޮޑެލްއަށް އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ނުރައްކާ އެބައޮތެވެ. މިފަދަ ބޮޑު އާބަން-ރިއަލް އެސްޓޭޓް މަޝްރޫއެއްގެ ސަބަބުން ބޭރުގެ ބޮޑެތި ޑިވެލޮޕަރުން ރާއްޖޭގެ މުޅި މާކެޓް ކޮންޓްރޯލްކުރުމުގެ ސަބަބުން އެކަހެރި ރިސޯޓުތަކުގެ އަގުތަކާއި ޑިމާންޑް ހީނަރުވެ، ރާއްޖޭގެ ޕްރީމިއަމް ލަގްޒަރީ ބްރޭންޑުގެ އަގު މުޅިން ދަށްވެގެންދިއުމުގެ ބިރު ވަރަށް ބޮޑެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/5 ދުވަސް ކުރިން
ހަލާލް ޓޫރިޒަމްގެ ސިނާއަތު: ވާހަކަ ގިނަ، އަމަލީ ސިފައެއް އަދިވެސް ނެތް މުހިންމު ސިނާއަތެއް
ފަތުރުވެރިކަން

ހަލާލް ޓޫރިޒަމްގެ ސިނާއަތު: ވާހަކަ ގިނަ، އަމަލީ ސިފައެއް އަދިވެސް ނެތް މުހިންމު ސިނާއަތެއް

ދުނިޔޭގެ ފަތުރުވެރިކަމުގައި މިހާރު މަޝްހޫރުވަމުން އަންނަ ބާވަތްތައް، ރާއްޖެއަށް ތަޢާރަފްކުރެވޭނެ ގޮތްތަކާ މެދު ވިސްނައި، ތަފާތު ކޮންސެޕްޓްތަކުގެ ޓޫރިޒަމްގެ ޕްރޮޑަކްޓްތައް ރާއްޖެއަށް ތައާރަފް ކުރުމަކީ ސަރުކާރުގެ އިސް ލަނޑުދަނޑިއަކަށް ހަދަންޖެހެއެވެ. އެގޮތުން އެންމެ އިސްކަމެއް ދެއްވައިގެން ތަރައްޤީ ކުރަން ޖެހެނީ ދުނިޔޭގައި އަހަރަކު 200 ބިލިއަން ޑޮލަރަށްވުރެ ބޮޑު ސިނާއަތާ ގުޅުން ހުރި ހަލާލް ޓޫރިޒަމް އިންޑަސްޓްރީ އެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 22, 2026
"ސަން، ސޭންޑް އެންޑް ސީ" ގެ ނިވަލުގައި އަބަދަކު ކުރިއަކަށް ނުދެވޭނެ!
ފަތުރުވެރިކަން

"ސަން، ސޭންޑް އެންޑް ސީ" ގެ ނިވަލުގައި އަބަދަކު ކުރިއަކަށް ނުދެވޭނެ!

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވަނީ ހަމައެކަނި ކަރުދާހުގައި ލިޔެވޭ ޕްލޭންތަކެއް ނޫނެވެ. "ސަން، ސޭންޑް އެންޑް ސީ" ގެ ނިވަލުގައި އަބަދު ތިބެގެން ކުރިއަށްދާން އުޅެފިނަމަ، ދުނިޔޭގެ ވާދަވެރި މާކެޓުތަކުގައި ރާއްޖެ ފަހަތަށް ސޮއްސާލައިގެންދިއުމުގެ ބިރު އެބައޮތެވެ. ދިވެހި ޓޫރިޒަމްގެ ކުރިމަގު އުޖާލާކުރެވެން އޮތީ، ފާގަތި، އީޖާދީ އަދި ތަފާތު އާ ކޮންސެޕްޓްތަކަށް ހިތްވަރާއެކު ދޮރުތައް ހުޅުވާލައިގެންނެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 20, 2026