ސިޔާސީ

ގާނޫނުލްއުގޫބާތުގެ އިސްލާހު: ރަސްމާލޭގައި ޒަޔަނިސްޓް ނުފޫޒު ފޮރުވަން އެޅޭ ގާނޫނީ ނިވާފަތްގަނޑެއް؟

މިއީ ދިވެހި ގައުމީ މަސްލަހަތުތައް ބޭރުގެ ނުފޫޒުތަކަށް ވިއްކާލުމާ ދެކޮޅަށް ރައްޔިތުން، އަޑުއުފުލުން ހުއްޓުވުމަށް ސަރުކާރުން ދޭ ނުސީދާ އިންޒާރެކެވެ. ސަރުކާރުން ގެންނަން މިއުޅޭ އިސްލާހަކީ ގަތުލުއާންމު ހުއްޓުވުމުގެ މުއާހަދާއަށް އަމަލުކުރުމަށް ގެންނަ ބަދަލެއް ނޫނެވެ. މިއީ ރަސްމާލެ މަޝްރޫއުގެ ފަހަތުގައިވާ ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް ދިވެހިންގެ ފަރާތުން އަންނަ ހުރަސްތައް ނައްތާލައި، ސަރުކާރުގެ އިގުތިޞާދީ ސިޔާސަތުތަކަށް ފާޑުކިޔުން މަނާކުރުމަށްޓަކައި ގާނޫނީ ފަރުދާއެއްގެ ފުރަގަހުން އެޅޭ ބޮޑު ހުރަހެކެވެ.

ގާނޫނުލްއުގޫބާތުގެ އިސްލާހު: ރަސްމާލޭގައި ޒަޔަނިސްޓް ނުފޫޒު ފޮރުވަން އެޅޭ ގާނޫނީ ނިވާފަތްގަނޑެއް؟

ސަރުކާރުގެ ހުށަހެޅުމާއި އޭގެ ފަހަތުގައިވާ ސިޔާސީ މަގުސަދު

އިޝްތިހާރު

ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށް އަމަލުތައް ކުރުން ކުށަކަށް ހެދޭ ގޮތަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް، ސަރުކާރުގެ ފަރާތުން، މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އިއްޔެ ހުށަހެޅުއްވި ބިލަކީ، ބައިނަލްއަގުވާމީ މުއާހަދާތަކަށް އިހުތިރާމްކުރުމާއި އިގުތިޞާދީ ރައްކާތެރިކަން ދެމެހެއްޓުމުގެ ނަމުގައި ހުށަހެޅުނު ބިލެއް ކަމަށް ސަރުކާރުން ބުނި ކަމުގައި ވިޔަސް، މިއީ އޭގެ ފަހަތުގައި ސިޔާސީ އަދި ޖިއޯޕޮލިޓިކަލް ބޮޑެތި މަގުސަދުތަކެއް އެކުލެވިގެންވާ އިސްލާހެއް ކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެއެވެ.

ރަސްމާލެ މަޝްރޫއާއި ޒަޔަނިސްޓް ރައުސްމާލުގެ ބިރުވެރިކަން

ޚާއްޞަކޮށް، ވަކި ދީނަކަށް ނުވަތަ ގައުމަކަށް ނިސްބަތްވާ ބަޔަކާ ދެކޮޅަށް ނަފްރަތު އުފެއްދުމާއި، ދައުލަތުގެ މައިގަނޑު އިގްތިސޯދީ ދާއިރާތަކުގެ ހިންގުން ހުއްޓުވާލުމަށް އަމާޒުކުރާ އަމަލުތައް ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައެޅުމަށް މި ބިލުގައި ހިމަނާފައިވަނީ، މިދުވަސްވަރު ދިވެހިރާއްޖޭގައި އެންމެ ބޮޑަށް ބަހުސްކުރެވެމުންދާ "ރަސްމާލެ" މެގާ މަޝްރޫއާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކުގެ އަޑުގަދަވިޔަނުދީ ހިފެހެއްޓުމަށްޓަކައި ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ.

ފުށިދިއްގަރު ފަޅު ނުވަތަ ރަސްމާލެ ތަރައްގީކުރުމަށް އެކުވެރި އަރަބި އިމާރާތުގެ އީގަލް ހިލްސް ކުންފުންޏާއެކު ސޮއިކުރެވުނު 20 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި އެއްބަސްވުމާއެކު، ދިވެހި ރައްޔިތުންގެ މެދުގައި ބޮޑު ނުތަނަވަސް ކަމާއި ބިރުވެރިކަމެއް ވަނީ އުފެދިފައެވެ. ސަބަބަކީ، އެކުވެރި އަރަބި އިމާރާތަކީ އިސްރާއީލާއެކު ސިޔާސީ އަދި އިގުތިޞާދީ ގުޅުންތައް ބަދަހިކޮށް، އަބްރަހާމް އެކޯޑްސްގެ ދަށުން ޒަޔަނިސްޓް ރައުސްމާލަށް ފުރިހަމައަށް ފުރުސަތު ދީފައިވާ ގައުމަކަށްވެފައި، ރަސްމާލޭގެ 500 ހެކްޓަރުގެ ބިމުގައި ތަރައްޤި ކުރާ 8800 ރިއަލް އެސްޓޭޓް އިމާރާތްތައް އެއް ޤަރުނަށް ކުއްޔަށް ދޫކުރާއިރު އެ މަޝްރޫޢުގެ ތެރެއަށް އިޒްރާއީލުގެ ކުންފުނިތަކާއި ޒަޔަނިސްޓް އިންވެސްޓަރުންގެ ފައިސާވަދެ، އެހެން ޤައުމުތަކުގެ ޕާސްޕޯރޓުގައި ޔަހޫދީން ރާއްޖެ އައިސް ދިވެހި ފަސްގަނޑުގައި ފައިހަރުކުރުމުގެ ފުރުސަތު އޮތުމެވެ.

އިސްރާއީލުގެ ރައްޔިތުންނާއި އެ ގައުމާ ގުޅުންހުރި ކުންފުނިތަކަށް ރަސްމާލެއިން އިމާރާތްތައް ނުގަނެވޭނެ ގޮތަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ އަބްދުﷲ މުއްޠަލިބު ވިދާޅުވާންޖެހުނީވެސް ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑުވުމުންނެވެ.

ބޭރުގެ ނުފޫޒާއި ރައްޔިތުންގެ އިހުތިޖާޖުތައް ހުއްޓުވުމުގެ ރޭވުން

މިފަދަ މަޝްރޫއުތަކުގެ ފަހަތުގައިވާ މާލީ މަސްލަހަތުތަކަށް ދިވެހިންގެ އިހުތިޖާޖުތަކުގެ ސަބަބުން ހުރަސްއެޅުނުނުދިނުމަށް، އެކުވެރި އަރަބި އިމާރާތް މެދުވެރިކޮށް، ޒަޔަނިސްޓުންގެ ނުފޫޒު ދިވެހި ސަރުކާރަށް ފޯރުވެމުންދާ ކަމުގެ ތުހުމަތުތައް މިހާރު ވަނީ އުފެދިފައެވެ. ގާނޫނުލްއުގޫބާތަށް ހުށަހެޅުނު އިސްލާހުގައި ވަކި ގައުމަކަށް، ނަސްލަކަށް، ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް ނަފްރަތު އުފެއްދުމާއި އަނިޔާވެރިވުން ކުށަކަށް ހަދާއިރު، ދައުލަތުގެ އިގުތިޞާދަށް ގެއްލުންހުރި އަމަލުތައް—އެބަހީ އާމްދަނީ ލިބޭ މައިގަނޑު ދާއިރާއެއްގެ ހިންގުން ހުއްޓުވާލުމަށް އަމާޒުކުރާ ކަންކަން—ޖިނާއީ ބޮޑު ކުށަކަށް ހެދުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

ގާނޫނީ ހުރަހަކުން ރައްޔިތުންގެ އަނގަބަންދުކުރުން

މިއީ ބޭރުފުށުން ބަލާއިރު ގައުމީ ސަލާމަތާއި އިގުތިޞާދީ ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ދެއްކިދާނެއެވެ.

ނަމަވެސް، ސިޔާސީ އޮއިވަރަށް ބަލާއިރު މިއީ ދިވެހި ރައްޔިތުން ރަސްމާލެ މަޝްރޫއާއި، އީގަލް ހިލްސްއާއި، އަދި އެ މަޝްރޫއުގެ ފަހަތުގައިވާ ޔަހޫދީ އަދި ޒަޔަނިސްޓް މާލީ މަސްލަހަތުތަކާ ދެކޮޅަށް އަޑުއުފުލުން ހުއްޓުވުމަށް އެޅޭ ގާނޫނީ ހުރަހެއްކަމަށް ޤަބޫލުކުރެވެއެވެ.

ޖިނާއީ ދައުވާއާއި ސިޔާސީ އިންޒާރު

ޒަޔަނިސްޓުންގެ އިންވެސްޓްމަންޓްތަކާއި މަސްލަހަތުތަކާ ދެކޮޅަށް އަޑުއުފުލާ ދިވެހިންގެ އަމަލުތައް، ވަކި ދީނަކާ ނުވަތަ ގައުމަކާ ދެކޮޅަށް ނަފްރަތު އުފެއްދުން ކަމުގައި މާނަކޮށް، އެފަދަ ފަރާތްތަކާ ދެކޮޅަށް ޖިނާއީ ދައުވާ އުފުލުމުގެ ފުރުސަތު މިފަދަ ޤާނޫނީ އިސްލާހެއްގެ ސަބަބުން ހުޅުވިގެން ދާނެއެވެ.

އަދި، ރަސްމާލެ ފަދަ 20 ބިލިއަން އެމެރިކާ ޑޮލަރުގެ މެގާ-ރިއަލް އެސްޓޭޓް މަޝްރޫއަކީ ދައުލަތަށް އަހަރަކު އެތައް ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ ލިބޭނެ ޕްރޮޖެކްޓެއް ކަމަށް ސަރުކާރުން ބުނާއިރު، އެ މަޝްރޫއާ ދެކޮޅަށް ގޮވާލާ ގޮވާލުންތައް، ނުވަތަ އެކަމާ ދެކޮޅަށް ކުރާ އިހުތިޖާޖު ތަކަކީ ދައުލަތުގެ އިގުތިޞާދީ ރައްކާތެރިކަމަށް ގެއްލުންދިނުން ކަމަށް މާނަކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު، މިފަދަ ޤާނޫނީ އިސްލާހެއްގެ ސަބަބުން ސަރުކާރަށް ލިބިގެންދާނެއެވެ.

މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މިފަދަ ކުށެއް ސާބިތުވެއްޖެނަމަ އެ މީހަކަށް ދެވޭ ޖިނާއީ އަދަބުގެ އިތުރުން، އެފަދަ މީހަކު ދައުލަތުގެ އެއްވެސް ވަޒީފާއަކަށް ނުވަތަ މަގާމަކަށް އައްޔަން ނުކުރެވޭ ގޮތަށް ވަނީ ޤާނޫނުގައި ހިމަނާފައެވެ.

ނިންމުން: ޑިމޮކްރަސީއާއި ސިއާދަތަށް އޮތް ނުރައްކާ

މިއީ ދިވެހި ގައުމީ މަސްލަހަތުތަކާއި ބިންތައް ބޭރުގެ ނުފޫޒުތަކަށް ވިއްކާލުމާ ދެކޮޅަށް، އެކްޓިވިސްޓުންނާއި، އާންމު ރައްޔިތުން، އަޑުއުފުލުން ހުއްޓުވުމަށް ސަރުކާރުން ދޭ ނުސީދާ އިންޒާރެކެވެ. ޚުލާޞާކޮށް ދަންނަވާނަމަ، ގާނޫނުލްއުގޫބާތަށް ސަރުކާރު ހިންގާ ޕާރޓީއިން ގެންނަން މިއުޅޭ އިސްލާހަކީ ހަމައެކަނި ގަތުލުއާންމު ހުއްޓުވުމުގެ ބައިނަލްއަގުވާމީ މުއާހަދާއަށް އަމަލުކުރުމަށް ގެންނަ ބަދަލެއް ނޫނެވެ. މިއީ ރަސްމާލެ މަޝްރޫއުގެ ފަހަތުގައިވާ ބޭރުގެ—ޚާއްޞަކޮށް އެކުވެރި އަރަބި އިމާރާތް މެދުވެރިކޮށް ވަންނަ ޒަޔަނިސްޓް މާލީ ނުފޫޒުތަކަށް—ދިވެހިންގެ ފަރާތުން އަންނަ ހުރަސްތައް ނައްތާލައި، ސަރުކާރުގެ އިގުތިޞާދީ ސިޔާސަތުތަކަށް ފާޑުކިޔުން މަނާކުރުމަށްޓަކައި ގާނޫނީ ފަރުދާއެއްގެ ފުރަގަހުން އެޅޭ ނުރައްކާތެރި ބޮޑު ހުރަހެކެވެ. ދިވެހިރާއްޖޭގެ ބިންތަކާއި ސިއާދަތު ބޭރުގެ ރައުސްމާލަށް ނީލަންކިޔެމުންދާއިރު، ރައްޔިތުންގެ އަޑު ސަރުކާރުން އެހުމުގެ ބަދަލުގައި ގާނޫނުތަކުން ރައްޔިތުންގެ އަނގަބަންދުކުރުމަކީ ޑިމޮކްރަސީއަށާއި ގައުމުގެ މުސްތަގުބަލަށް އޮތް ނުރައްކަލެކެވެ.

ޝެއާ ކުރޭ

ކޮމެންޓްތައް

ކޮމެންޓާއި ޖަވާބު ފެންނާނީ އެޑްމިން އެޕްރޫވް ކުރުމަށްފަހު.

ރަސްމާލެ ހިލޭ ދިނުން: ދިވެހިންގެ ފައިސާއިން ހިއްކި ބިން ވިއްކާލަނީ ކާކުގެ ކެމްޕޭން ފަންޑަކަށް؟
ސިޔާސީ

ރަސްމާލެ ހިލޭ ދިނުން: ދިވެހިންގެ ފައިސާއިން ހިއްކި ބިން ވިއްކާލަނީ ކާކުގެ ކެމްޕޭން ފަންޑަކަށް؟

ދިވެހި ރައްޔިތުންގެ ދަރަނި ބޮޑުވެ، ޤައުމު އިޤްޞާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު، ދައުލަތަށް ލިބެންޖެހޭ ބިލިއަން ޑޮލަރުގެ މަންފާ ބޭރުގެ އިންވެސްޓަރަކަށާއި ސިޔާސީ އަމިއްލަ އެދުމަށް ޤުރުބާންކޮށްލުމަކީ ދިވެހި ރައްޔިތުން ތަޙައްމަލުކުރާނެ ކަމެއް ނޫނެވެ. މި އެގްރީމެންޓް އިޞްލާޙުކޮށް، ދައުލަތަށް ޙައްޤުވާ އެކުއިޒިޝަން ފީ ސޮވަރިންގ ޑިވެލޮޕްމެންޓް ފަންޑަށް ޖަމާނުކުރެވޭ ނަމަ، މިއީ ދިވެހި ތާރީޚުގައި ލިޔެވިގެންދާނެ އެންމެ ބޮޑު ޚިޔާނާތެވެ!

މުހައްމަދު ބުޝްރީ (ކެޔޮނިރު)/15 ގަޑިއިރު ކުރިން
ސިޔާސީ މަކަރާއި ދީނީ އައްޑަނަ: ރަސްމާލެ މަޝްރޫޢާ ދެކޮޅަށް އިދިކޮޅުން ހިންގާ މުނާފިޤު ޙަރަކާތް
ސިޔާސީ

ސިޔާސީ މަކަރާއި ދީނީ އައްޑަނަ: ރަސްމާލެ މަޝްރޫޢާ ދެކޮޅަށް އިދިކޮޅުން ހިންގާ މުނާފިޤު ޙަރަކާތް

ދައުލަތުގެ ބަޖެޓުން އެންމެ ލާރިއެއްވެސް ޚަރަދުނުކޮށް، ބޭރުގެ ސީދާ އިންވެސްޓްމަންޓް (ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް) ގެ ގޮތުގައި މިފަދަ ބިޔަ އިންވެސްޓްމެންޓެއް ރާއްޖެއަށް ގެނައުމަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު، އެންމެ ފައިދާ ހުރި އިންވެސްޓްމެންޓަށް ހެދޭނީ މިހާރަށް ވުރެ ދެފުށް ފެންނަ ގޮތަށް، ކޮރަޕްޝަނާއި ނުލައި، އިސްލާމީ ވަހުދަތު ނުގެއްލޭ ގޮތަށް މި މަޝްރޫއުގެ އެގްރީމްންޓް އެކުލަވައިލެވިގެންނެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 20, 2026
އިންޑިއާގެ ހިޔަނިން ބޭރަށް: ޕާކިސްތާނު ދަތުރުފުޅާއި ދިވެހިރާއްޖޭގެ މިނިވަން ޚާރިޖީ ސިޔާސަތު
ސިޔާސީ

އިންޑިއާގެ ހިޔަނިން ބޭރަށް: ޕާކިސްތާނު ދަތުރުފުޅާއި ދިވެހިރާއްޖޭގެ މިނިވަން ޚާރިޖީ ސިޔާސަތު

ދިވެހިރާއްޖެއަކީ ކުޑަ ޤައުމަކަށް ވިޔަސް، އަޅުގަނޑުމެންގެ ޤައުމީ ކަރާމާތާއި މިނިވަންކަން ކުޑައެއް ނޫނެވެ. އިންޑިއާގެ އިތުރުން ސައުދި އަރަބިއާ، ޔޫ.އޭ.އީ، ތުރުކީ، ޕާކިސްތާން، ޗައިނާ، އަދި އެހެން ޤައުމުތަކާއެކު ގުޅުން ވަރުގަދަކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ރައްކާތެރިކޮށް، ދިފާއީ ނިޒާމް ވަރުގަދަ ކުރުމުގައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. އިންޑިއާގެ ހިޔަނިން ބޭރަށް ނިކުމެ، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ހިތްވަރު ދިވެހީންގެ ކިބައިގައި ހުންނަންޖެހޭނެއެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 19, 2026