ސިޔާސީ

އިންޑިއާގެ ހިޔަނިން ބޭރަށް: ޕާކިސްތާނު ދަތުރުފުޅާއި ދިވެހިރާއްޖޭގެ މިނިވަން ޚާރިޖީ ސިޔާސަތު

ދިވެހިރާއްޖެއަކީ ކުޑަ ޤައުމަކަށް ވިޔަސް، އަޅުގަނޑުމެންގެ ޤައުމީ ކަރާމާތާއި މިނިވަންކަން ކުޑައެއް ނޫނެވެ. އިންޑިއާގެ އިތުރުން ސައުދި އަރަބިއާ، ޔޫ.އޭ.އީ، ތުރުކީ، ޕާކިސްތާން، ޗައިނާ، އަދި އެހެން ޤައުމުތަކާއެކު ގުޅުން ވަރުގަދަކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ރައްކާތެރިކޮށް، ދިފާއީ ނިޒާމް ވަރުގަދަ ކުރުމުގައި ކޮންމެހެން ބޭނުންތެރި ކަމެކެވެ. އިންޑިއާގެ ހިޔަނިން ބޭރަށް ނިކުމެ، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ހިތްވަރު ދިވެހީންގެ ކިބައިގައި ހުންނަންޖެހޭނެއެވެ.

އިންޑިއާގެ ހިޔަނިން ބޭރަށް: ޕާކިސްތާނު ދަތުރުފުޅާއި ދިވެހިރާއްޖޭގެ މިނިވަން ޚާރިޖީ ސިޔާސަތު

އިއްޔެ ހަވީރު މަގުމަތިން ދިމާވި ސިޔާސީ މީހަކު، ވަރަށް ސިއްރުސިއްރުން ބުނެލިއެވެ. "އޭ! އެނގޭތަ؟ ރައީސް މުއިއްޒު ޕާކިސްތާނަށް ވަޑައިގަންނަވާތީ އިންޑިއާއިން އުޅެނީ ވަރަށް ރުޅިއައިސްގެން" ރަހްމަތްތެރިޔާ ބުނެޏެވެ. ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، އިންޑިއާއިން ރާއްޖެއަށް ވިއްކާ ކާޑުގެ ބާވަތްތައް އަގުބޮޑުކޮށް، ހާއްސަކޮށް ހަނޑުލާއި ފުށާއި ހަކުރު އެކްސްޕޯޓް ކުރުން ހުއްޓާލަފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް އޭނާ ދެފަރާތަށް ބަލާލާފައި ސިއްރުން ބުންޏެވެ! އޭނާގެ އަޑުގައިވަނީ ސިއްސައިގެން ގޮސްފައިވާ ކަހަލަ ބިރުވެރިކަމެކެވެ. މިއީ ދިވެހިރާއްޖޭގެ ޚާރިޖީ ގުޅުންތައް ބަދަހިވާ ކޮންމެ ދަނޑިވަޅެއްގައި، އަބަދުވެސް ސިޔާސީ ވަކި ފިކުރެއްގެ މީހުން މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލާ "ޤިޔާމަތް ކައިރިވެއްޖެ" އޭ ބުނާފަދަ ބިރުވެރި ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. ނަމަވެސް، ޙަޤީޤަތަކީ މިއީ ސިޔާސީ ގޮތުން ބިރުވެރިކަން އުފެއްދުމުގެ ގޮތުން ދައްކާ ހުސް އަލްފާޒުތަކެކެވެ. ދިވެހިރާއްޖެއަކީ މިއަދު އިންޑިއާގެ ބެކްޔާޑު ނުވަތަ އެމީހުންގެ ހިޔަނީގެ ދަށުގައި އަޅުވެތިވެފައި އޮންނަންޖެހޭ ޤައުމެއް ނޫނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު 20 އޮކްޓޯބަރުން 22 އޮކްޓޯބަރަށް ޕާކިސްތާނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅަކީ، ފާއިތުވި 11 އަހަރު ދުވަހުގެ ތެރޭގައި ދިވެހި ދައުލަތުގެ ރައީސަކު އެ ޤައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. 1966 ވަނަ އަހަރު ދެޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރެވުނު ފަހުން، މިއަހަރަކީ ދެޤައުމުގެ ގުޅުމަށް 50 އަހަރު ފުރޭ ތާރީޚީ މުނާސަބަތެކެވެ. ނަމަވެސް ރައިސްގެ މި ދަތުރުފުޅަކީ ހަމައެކަނި ރަސްމީ އިޙްތިފާލެއް ނޫނެވެ. މިއީ ދިވެހިރާއްޖެއިން އޭޝިއާގެ ސަރަޙައްދީ އަދި އިސްލާމީ ޤައުމުތަކާއެކު އޮންނަ ގުޅުންތައް އަލުން އާލާކޮށް، ވަރުގަދަ ކުރުމަށް ތައްޔާރުވެފައިވާކަމުގެ ސަރީޙަ މެސެޖެކެވެ.

އިޝްތިހާރު

ސަރަޙައްދީ ބާރުތަކުގެ ނުފޫޒުން ބޭރަށް: ޤައުމީ މަޞްލަޙަތު އިސްކުރުން

ޒަމާނުއްސުރެ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައި އޮތީ "އިންޑިއާ ފަސްޓް" ނުވަތަ އިންޑިއާގެ މަޞްލަޙަތުތަކަށް އިސްކަންދޭ އުޞޫލެއްގެ މައްޗަށެވެ. ނަމަވެސް، ދުނިޔޭގެ ސިޔާސީ މަޝްރަޙު ބަދަލުވަމުންދާ މި ޒަމާނުގައި، އިންޑިއާއަށް އެކަނި ބަރޯސާވެގެން ތިބުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި ޤައުމީ މަޞްލަޙަތަށް ބަލާއިރު އެންމެ ބުއްދިވެރި ގޮތެއް ނޫނެވެ. އިންޑިއާއާއި ޕާކިސްތާނަކީ ސިޔާސީ އަދި އަސްކަރީ ގޮތުން ވާދަވެރި، އެއްގައުމު އަނެއްގައުމު ދުޝްމަނުންގެ ގޮތުގައި ދެކެމުންދާ ދެޤައުމު ކަމުގައި ވިއަސް، އެއީ އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮތް އަމިއްލަ މައްސަލައެކެވެ. އިންޑިއާގެ ދުޝްމަނުންނަކީ ދިވެހިރާއްޖޭގެ ދުޝްމަނުންނަށް ވާކަށް ނުޖެހޭނެއެވެ.

ދިވެހިރާއްޖެއަކީ މިނިވަން، މުސްތަޤިއްލު އިސްލާމީ ދައުލަތެކެވެ. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތު ނިންމަންޖެހޭނީ މާލޭގައި ތިބެގެން، ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ބަލައިގެންނެވެ. ނިއުދިއްލީން އެދޭ ގޮތަކަށް ނޫނެވެ. ޕާކިސްތާނާއެކު ދިވެހިރާއްޖެއިން ގުޅުން ބަދަހިކުރުމަކީ އިންޑިއާއަށް ގޮންޖެހުމެއް ނޫނެވެ. އެއީ ދިވެހިރާއްޖޭގެ އިޤްތިޞާދީ، ސިއްޙީ، ތަޢުލީމީ އަދި ދިފާއީ ދާއިރާތައް ފުޅާކުރުމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެކެވެ.

12 އެއްބަސްވުމާއި ގުޅުންތަކުގެ އާ ބާބެއް

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފާއި، ރައީސް އާސިފް އަލީ ޒަރްދާރީގެ އިތުރުން ޤާނޫނު ހަދާ މަޖިލީހުގެ ރައީސާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ދެޤައުމުގެ ދެމެދުގައި ތަފާތު ދާއިރާތަކުން 12 އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުންތަކުގެ ތެރޭގައި ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ފުރުޞަތުތައް ފުޅާކުރުމަށްޓަކައި "ޕާކިސްތާން-މޯލްޑިވްސް ބިޒްނަސް ފޯރަމް" ބޭއްވުމާއި، ދިވެހި ދަރިވަރުންނަށް ޕާކިސްތާނުން ތަޢުލީމާއި، މެޑިކަލް ދާއިރާއިން އިތުރު ފުރުޞަތުތައް ހޯދައިދިނުން ހިމެނެއެވެ. އަދި މޫސުމީ ބަދަލުތަކާއި، ސިވިލް އޭވިއޭޝަން، އަދި މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން ގުޅުން ވަރުގަދަކުރުމުގެ އިތުރުން، ސަރަޙައްދީ އެއްބާރުލުމުގެ ޖަމިއްޔާ، ސާކް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އ.ދ އާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުން ވެސް ހިމެނެއެވެ.

މީގެ ކުރިން، މިދިޔަ ސެޕްޓެމްބަރު މަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުއްﷲ އާއި، މަޖުލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ފަލަސްޠީނާއި ކަޝްމީރުގެ މައްސަލައިގައި ޕާކިސްތާނުން ގެންގުޅޭ ސާފު ސިޔާސަތަށް ތަޢުރީފު ކުރައްވާފައިވެއެވެ. މިއިން އަންގައިދެނީ ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު އިޙްތިރާމް އޮތްވަރާއި ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް ދެޤައުމުން ވެސް ބޭނުންވާ މިންވަރެވެ.

އިސްލާމީ ޤައުމުތަކާއި ޗައިނާއާއެކު ގުޅުން ބަދަހިކުރުމުގެ ޙިކުމަތްތެރި ސިޔާސަތު

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވާފައެވެ. އެމަނިކުފާނު ވަނީ ތުރުކީ، ޗައިނާ، ޔޫއޭއީ، ޤަޠަރު އަދި ސަޢޫދީ ޢަރަބިއްޔާ ފަދަ ދިފާއީ ގޮތުންނާއި އިޤްތިޞާދީ ގޮތުން ވަރުގަދަ ޤައުމުތަކާއެކު ގުޅުންތައް ވަރުގަދަކުރައްވާފައެވެ. މީގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަނެ، އިޤްތިޞާދު ތަފާތު ދާއިރާތަކަށް ފުޅާކުރުމެވެ.

އޭގެ އެންމެ ފުރިހަމަ އެއް މިސާލަކީ، ބޯހިޔާވަހިކަމާއި އިޤްތިޞާދީ ފުރުޞަތުތައް ފުޅާކުރުމަށްޓަކައި ހިއްކަމުންދާ ރަސްމާލެ

ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ އިތުރުން، ދުބާއިގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި، ޤަޠަރުގެ ޝައިޚް ނާއިފް ބިން އަލްޘާނީގެ އޮފީހާ ގުޅިގެން 8.8 ބިލިއަން އެމެރިކާ ޑޮލަރުގެ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު

މާލޭގައި ޤާއިމުކުރުމަށް ނިންމެވި ތާރީޚީ ނިންމެވުމެވެ. މިއީ ވަކި ދާއިރާއަކަށް ނުވަތަ ވަކި ޤައުމަކަށް ބަރޯސާނުވެ، ދިވެހިރާއްޖޭގެ އިޤްތިޞާދީ މިނިވަންކަމާއި ސިޔާދަތު އަމިއްލަ ފައިމައްޗަށް ނެގުމަށްޓަކައި އެޅުނު ރަނގަޅު ފިޔަވަޅުތަކެކެވެ.

އިންޑިއާއާއެކު އޮތް ގުޅުން އެއްކޮށް ކަނޑާނުލައި، އަދި އެޤައުމުގެ އެހީތެރިކަން ހޯދަމުންމެ، އެހެން އިސްލާމީ ޤައުމުތަކާއި ޗައިނާއާއެކު ގުޅުން ބަދަހިކުރުމަކީ ރައީސް މުއިއްޒުގެ ސިޔާސީ ޙިކުމަތްތެރިކަމެވެ. މީގެ ކުރިން ރައީސް ޔާމީންގެ ދައުރުގައި ހަމައެކަނި ޗައިނާއަށް ބަރޯސާވުމުން ކުރިމަތިވި ސިޔާސީ ގޮންޖެހުންތަކުން ފިލާވަޅު ލިބިގަނެ، ރައީސް މުއިއްޒު ވަނީ ގުޅުންތައް ގިނަ ޤައުމުތަކަކަށް ފުޅާކުރައްވާފައެވެ.

އިންޑިއާއާއެކު އޮތް ގުޅުމާއި އެހެން ޤައުމުތަކުގެ ގުޅުން "ބެލެންސް" ކުރުން

ބައެއް ފަރާތްތަކުން ދައްކާ ބިރުވެރި ވާހަކަތަކާ ޚިލާފަށް، ދިވެހިރާއްޖެއިން އިންޑިއާއާއެކު އޮތް ގުޅުން ކަނޑައެއް ނުލައެވެ. 2024 އޮކްޓޯބަރު މަހު ރައީސް މުއިއްޒު ވަނީ އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވައި، ދެޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކުޑަކުރައްވާފައެވެ. ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް 140 މިލިއަން ޑޮލަރަށް ވެއްޓި، ކްރެޑިޓް ރޭޓިން ދަށަށް ގޮސް މާލީ ކާރިސާއަކާ ދިމާއަށް މިސްރާބު ޖެހި ވަގުތު، އިންޑިއާއިން ވަނީ ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އިންޑިއާއަކީ ރާއްޖޭގެގެ އެންމެ އަވައްޓެރި، އަދި އިޤްތިޞާދީ ގޮތުން އެންމެ މުހިއްމު އެއް ބައިވެރިޔާއެވެ. ނަމަވެސް، އިންޑިއާއާއެކު ގުޅުން ބޭއްވުމުގެ މާނައަކީ، އިންޑިއާގެ ދުޝްމަނުންނާ ދިވެހީން ދުޝްމަން ވުމެއް ނޫނެވެ. ދުނިޔޭގެ އެހެން ކުދި ޤައުމުތަކެކޭ އެއްފަދައިން، ރާއްޖެއިންވެސް ގެންގުޅެންޖެހެނީ "އެންމެންނާއެކު އެކުވެރި، އެކަކަށްވެސް އަޅުވެތިނުވުމުގެ" ސިޔާސަތެކެވެ.

ނިންމުން: ބިރުވެރިކަން އުފައްދައިގެން ޤައުމީ ތަރައްޤީއެއް ނުލިބޭނެ

ޕާކިސްތާނަށް ރައީސް މުއިއްޒު ކުރައްވާ ފުރަމާނަ ދަތުރުފުޅަކީ ދިވެހިރާއްޖޭގެ ޚާރިޖީ މިނިވަންކަމުގެ އިތުރުން އިންޑިއާ ކަނޑުގެ ސަރަޙައްދީ ހަމަޖެހުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. އިންޑިއާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް ބުނެ ފަތުރާ މައުލޫމާތަކީ ފަހަރުގައި އިންޑިއާ ވެސް އަޑީގައި އޮވެގެން، އިންޑިއާ އަށް ތާއިދުކުރާ ސިޔާސީ ފަރާތްތަކާ ގުޅިގެން، ދިވެހީންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ރާއްޖެ އަބަދުވެސް ވަކި ބައެއްގެ ދަށުވެފައި އޮންނަން ޖެހޭނެކަމަށް ދައްކަން ފަތުރާ ހޮޅި ވާހަކަތެކެވެ.

ދިވެހިރާއްޖެއަކީ ކުޑަ ޤައުމަކަށް ވިޔަސް، އަޅުގަނޑުމެންގެ ޤައުމީ ކަރާމާތާއި މިނިވަންކަން ކުޑައެއް ނޫނެވެ. އިންޑިއާގެ އިތުރުން ސައުދި އަރަބިއާ، ޔޫ.އޭ.އީ، ތުރުކީ، ޕާކިސްތާން، ޗައިނާ، އަދި އެހެން ޤައުމުތަކާއެކު، ހާއްސަކޮށް އިސްލާމީ ޤައުމުތަކާ ގުޅުން ވަރުގަދަކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ރައްކާތެރިކޮށް، ދިފާއީ ނިޒާމް ވަރުގަދަ ކޮށް، ދިވެހި ރައްޔިތުންނަށް ފާގަތި މުސްތަޤްބަލެއް ހޯދައިދިނުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އިންޑިއާގެ ހިޔަނިން ބޭރަށް ނިކުމެ، އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ހިތްވަރު ދިވެހީންގެ ކިބައިގައި ހުންނަންޖެހޭނެއެވެ.

ޝެއާ ކުރޭ

ކޮމެންޓްތައް

ކޮމެންޓާއި ޖަވާބު ފެންނާނީ އެޑްމިން އެޕްރޫވް ކުރުމަށްފަހު.

ރަސްމާލެ ހިލޭ ދިނުން: ދިވެހިންގެ ފައިސާއިން ހިއްކި ބިން ވިއްކާލަނީ ކާކުގެ ކެމްޕޭން ފަންޑަކަށް؟
ސިޔާސީ

ރަސްމާލެ ހިލޭ ދިނުން: ދިވެހިންގެ ފައިސާއިން ހިއްކި ބިން ވިއްކާލަނީ ކާކުގެ ކެމްޕޭން ފަންޑަކަށް؟

ދިވެހި ރައްޔިތުންގެ ދަރަނި ބޮޑުވެ، ޤައުމު އިޤްޞާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު، ދައުލަތަށް ލިބެންޖެހޭ ބިލިއަން ޑޮލަރުގެ މަންފާ ބޭރުގެ އިންވެސްޓަރަކަށާއި ސިޔާސީ އަމިއްލަ އެދުމަށް ޤުރުބާންކޮށްލުމަކީ ދިވެހި ރައްޔިތުން ތަޙައްމަލުކުރާނެ ކަމެއް ނޫނެވެ. މި އެގްރީމެންޓް އިޞްލާޙުކޮށް، ދައުލަތަށް ޙައްޤުވާ އެކުއިޒިޝަން ފީ ސޮވަރިންގ ޑިވެލޮޕްމެންޓް ފަންޑަށް ޖަމާނުކުރެވޭ ނަމަ، މިއީ ދިވެހި ތާރީޚުގައި ލިޔެވިގެންދާނެ އެންމެ ބޮޑު ޚިޔާނާތެވެ!

މުހައްމަދު ބުޝްރީ (ކެޔޮނިރު)/15 ގަޑިއިރު ކުރިން
ގާނޫނުލްއުގޫބާތުގެ އިސްލާހު: ރަސްމާލޭގައި ޒަޔަނިސްޓް ނުފޫޒު ފޮރުވަން އެޅޭ ގާނޫނީ ނިވާފަތްގަނޑެއް؟
ސިޔާސީ

ގާނޫނުލްއުގޫބާތުގެ އިސްލާހު: ރަސްމާލޭގައި ޒަޔަނިސްޓް ނުފޫޒު ފޮރުވަން އެޅޭ ގާނޫނީ ނިވާފަތްގަނޑެއް؟

މިއީ ދިވެހި ގައުމީ މަސްލަހަތުތައް ބޭރުގެ ނުފޫޒުތަކަށް ވިއްކާލުމާ ދެކޮޅަށް ރައްޔިތުން، އަޑުއުފުލުން ހުއްޓުވުމަށް ސަރުކާރުން ދޭ ނުސީދާ އިންޒާރެކެވެ. ސަރުކާރުން ގެންނަން މިއުޅޭ އިސްލާހަކީ ގަތުލުއާންމު ހުއްޓުވުމުގެ މުއާހަދާއަށް އަމަލުކުރުމަށް ގެންނަ ބަދަލެއް ނޫނެވެ. މިއީ ރަސްމާލެ މަޝްރޫއުގެ ފަހަތުގައިވާ ބޭރުގެ ނުފޫޒުތަކާ ދެކޮޅަށް ދިވެހިންގެ ފަރާތުން އަންނަ ހުރަސްތައް ނައްތާލައި، ސަރުކާރުގެ އިގުތިޞާދީ ސިޔާސަތުތަކަށް ފާޑުކިޔުން މަނާކުރުމަށްޓަކައި ގާނޫނީ ފަރުދާއެއްގެ ފުރަގަހުން އެޅޭ ބޮޑު ހުރަހެކެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/3 ދުވަސް ކުރިން
ސިޔާސީ މަކަރާއި ދީނީ އައްޑަނަ: ރަސްމާލެ މަޝްރޫޢާ ދެކޮޅަށް އިދިކޮޅުން ހިންގާ މުނާފިޤު ޙަރަކާތް
ސިޔާސީ

ސިޔާސީ މަކަރާއި ދީނީ އައްޑަނަ: ރަސްމާލެ މަޝްރޫޢާ ދެކޮޅަށް އިދިކޮޅުން ހިންގާ މުނާފިޤު ޙަރަކާތް

ދައުލަތުގެ ބަޖެޓުން އެންމެ ލާރިއެއްވެސް ޚަރަދުނުކޮށް، ބޭރުގެ ސީދާ އިންވެސްޓްމަންޓް (ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް) ގެ ގޮތުގައި މިފަދަ ބިޔަ އިންވެސްޓްމެންޓެއް ރާއްޖެއަށް ގެނައުމަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު، އެންމެ ފައިދާ ހުރި އިންވެސްޓްމެންޓަށް ހެދޭނީ މިހާރަށް ވުރެ ދެފުށް ފެންނަ ގޮތަށް، ކޮރަޕްޝަނާއި ނުލައި، އިސްލާމީ ވަހުދަތު ނުގެއްލޭ ގޮތަށް މި މަޝްރޫއުގެ އެގްރީމްންޓް އެކުލަވައިލެވިގެންނެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 20, 2026