އިސްލާމް ދީން

އިސްލާމް މާއްދާ އާއި އިނގިރޭސި ޙުތުބާގެ ރިއަލިޓީ: ދިވެހި ބަހުގެ ހުރަހުން ދީން ސަލާމަތްކުރުން

ދިވެހިބަހަކީ ހިމާޔަތްކުރަންޖެހޭ މުހިންމު އަމާނާތެކެވެ. ނަމަވެސް، ބަސް ހިމާޔަތްކުރުމުގެ ނަމުގައި، އަދުގެ ޒުވާން ޖީލުގެ ހިތްތަކުން އިސްލާމްދީނުގެ ފުން ހިކްމަތްތަކާއި، އަޤީދާއާއި، އަޚްލާޤީ އުސޫލުތައް ބީވެގެން ދިޔަދީގެން ނުވާނެއެވެ. ޒަމާނާއެކު ފިޔަވަޅު އަޅައި، ޒުވާނުންނަށް ފަހުމްވާ ބަހަކުން ދީނީ މެސެޖު ފޯރުކޮށްދިނުމަކީ، އިސްލާމީ ހިދާޔަތް އަންނަން އޮތް ޖީލުތަކަށް ސަލާމަތްތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި މިއަދު އަޅުގަނޑުމެން ތަންފީޒުކުރަންޖެހޭ ކަމެކެވެ.

އިސްލާމް މާއްދާ އާއި އިނގިރޭސި ޙުތުބާގެ ރިއަލިޓީ: ދިވެހި ބަހުގެ ހުރަހުން ދީން ސަލާމަތްކުރުން

 

އަދުގެ ދިވެހި މުޖުތަމައުގެ އިޖުތިމާއީ އަދި ތައުލީމީ ހާލަތަށް ފުންކޮށް ނަޒަރު ހިންގާލާއިރު، އިންކާރު ކުރެވެން ނެތް ބޮޑު ހަގީގަތެއް ފެންނަން އެބައޮތެވެ. އެއީ، ރާއްޖޭގެ މުޅި ތައުލީމީ ނިޒާމާއި، ކުދިން ބޮޑެތިވަމުން އަންނަ ޑިޖިޓަލް މާހައުލުގެ ސަބަބުން، އަދުގެ އާބާދީގެ ބޮޑު ބަޔަކީ—ޚާއްޞަކޮށް ޒުވާނުންނާއި ކުޑަކުދިންނަކީ—އަންދާޒާކުރެވޭ ވަރަށްވުރެ ބޮޑަށް ބޭރު ބަހަށް އަހުލުވެރިވެ، ދިވެހިބަހުން ދެކެވޭ ފުން މައުޟޫއުތަކަށް ކޮށިވަމުންދާ ބައެއް ކަމެވެ. ދިވެހިބަހުން، އާންމު ދިރިއުޅުމުގައި ވާހަކަދައްކަން އެނގުނުކަމުގައި ވިޔަސް، އިސްލާމްދީނުގެ ފުން އުސޫލުތަކާއި، އިޖުތިމާއީ އަދި ފިކުރީ ބަހުސްތައް އަދުގެ ގިނަ ޒުވާނުންނަށް ސާފުކޮށް ފަހުމްވަނީ ބޭރު، ހާއްސަކޮށް އިނގިރޭސި، ބަހުންނެވެ.

އިޝްތިހާރު

ދދީނީ ނަސޭހަތްތަކާއި، އިސްލާމް މާއްދާގެ އަސްލު މަގުސަދު ހާސިލް ކުރުން

މި ހަގީގަތުގެ ސަބަބުން މިއަދު އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ދިވެހިބަހުން ދެވޭ ދީނީ ނަސޭހަތްތަކާއި، ސްކޫލްތަކުގައި ކިޔަވައިދޭ އިސްލާމް މާއްދާގެ އަސްލު މަގުސަދު އަދުގެ ޒުވާނުންނަށް ފުރިހަމައަށް ހާސިލުނުވުމެވެ. ހުކުރު ހުތުބާ ދިވެހިބަހުން ކިޔާއިރު، އޭގައި ބޭނުންކުރާ ތާރީޚީ، އަދަބީ އަދި ފިގުހީ އިބާރާތްތަކާއި ބަސްކޮށާރުގެ މާނަ ޒުވާނުންނަށް ނުވިސްނި، ހުތުބާއިން ލިބެންޖެހޭ ރޫހާނީ އަދި އަޚްލާޤީ ހިދާޔަތް ގެއްލިގެންދާ ތަން ދަނީ ފެންނަމުންނެވެ. ދިވެހިބަސް ކުރިއަރުވަންވެގެން އިސްލާމް މާއްދާ އެކަނި ދިވެހިބަހުން ކިޔަވައިދިނުމުގެ ނަތީޖާއަކަށް ވަނީ، ކުދިންނަށް ދިވެހިބަސް ވެސް ފުރިހަމައަށް ނޭގި، އަދި އިސްލާމްދީނުގެ އަސާސީ އަޤީދާއާއި ފިގުހީ މައްސަލަތައް ވެސް ސާފުކޮށް ފަހުމްނުވުމުގެ ނުރައްކާތެރި ހާލަތަކަށް މުޖުތަމައު ވެއްޓިގެންދިއުމެވެ.

މިނިސްޓަރ ޝަހީމްގެ ޒަމާނީ ހައްލު

މި މައްސަލައިގައި އިޖުތިމާއީ އަދި ތައުލީމީ ދާއިރާގައި ބަހުސްތައް ބޮޑުވެފައިވަނިކޮށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވަރަށް އަމަލީ އަދި ޒަމާނީ ހައްލަކަށް އަލިއަޅުވާލައްވާފައެވެ. ރާއްޖޭގެ އޮންލައިން ނޫހެއްގައި 2026 ޖެނުއަރީ 20 ގައި ޝާއިއުކުރި "ދިވެއްސަށް ކޮށިވެ އިސްލާމް ވެސް އިނގިރޭސިން ކިޔައިދޭ ހިސާބުގައ"' މައުޟޫއުގެ ޙަބަރަކަށް ރިއާޔަތް ކުރައްވައި، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވެފައިވަނީ، ސްކޫލްތަކުގައި އިސްލާމް މާއްދާ ދަރިވަރުންނަށް ފަހުމްވަނީ އިނގިރޭސި ބަހުން ކިޔަވައިދީގެން ކަމަށް ވާނަމަ، އެގޮތަށް ކިޔަވައި ދިނުމަކީ މައްސަލައެއް ނޫން ކަމަށެވެ.

ޑރ. ޝަހީމް ފާހަގަކުރެއްވި ގޮތުގައި އިސްލާމް މުގައްރަރު ޒަމާނަށް ފެތޭ ގޮތަށް އަދި މި ޒަމާނުގެ ޖީލަށް ވިސްނޭނެ ގޮތަށް ފަސޭހަ އިބާރާތަކުން އަލުން ލިޔަން ޖެހެއެވެ. އޭގެ އިތުރުން ފޮތުގެ ވައްޓަފާޅިއާއި ލޭއައުޓު ވެސް ބަދަލުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަދީސް، ޤުރުއާން، ފިޤުހު، އިސްލާމީ ތާރީޙް ފަދަ ތަފާތު ބައިތައް ވަކި މާއްދާތަކުގެ ގޮތުގައި ކިޔަވައިދިނުން

"އިސްލާމް މުޤައްރަރުގެ މުހިއްމު ބައިތައް ހިމަނާފައި އުމުރާ ގުޅޭގޮތަށް އަލުން ތަރައްގީކުރަން އަޅުގަނޑަށް ފެނޭ. އިސްލާމް މާއްދާގައި އެއް ފޮތެއްގެ ތެރޭގައި އިސްލާމީ އެކި ދާއިރާތަކުގެ ބައިވަރު މައުޟޫތައް ހުރި ހުރުން ވެސް ވަކި މާއްދާތަކުގެ ގޮތުގައި ބަހާލުން ވެސް ރަނގަޅު ކަމަށް ފެނޭ. އިސްލާމް މާއްދާ ބޮޑަށް ދަރިވަރުންނަށް ފަހުމް ވަނީ އިނގިރޭސި ބަހުން ކަމަށް ވާނަމަ އެ މާއްދާ އިނގިރޭސި ބަހުން ކިޔަވާ ދިނުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން،" އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަހަރު ކުރީކޮޅު ވިދާޅުވިއެވެ.

ވަރަށް ރަނގަޅު ވާހަކައެކެވެ. އިސްލާމް މާއްދާގެ ގޮތުގައި، އިސްލާމީ ތާރީހާއި، ޤުރުއާނާއި، ހަދީސާއި، ފިޤުހާއި، އަޤީދާގެ ބައިތައް، އެއް މާއްދާގެ ގޮތުގައި، ކިޔަވައި ދިނުމުން ކުދިންނަށް އިތުރަށް އޮޅުން އަރައި، އެނގެންވާ ވަރަށް މިއިން އެއްވެސް ބައެއް ނޭގެ އެވެ. އޭގެ ބަދަލުގައި ހަދީސް، ޤުރުއާން، ފިޤުހު، އިސްލާމީ ތާރީޙް ފަދަ ތަފާތު ބައިތައް ވަކި މާއްދާތަކުގެ ގޮތުގައި ކިޔަވައިދިނުން މާރަނގަޅުވާނެއެވެ.  

މިނިސްޓަރު އިތުރަށް އިޝާރާތް ކުރެއްވި ގޮތުގައި، ވަކި މާއްދާއެއްގެ ގޮތުގައި ދިވެހި ބަސް ވަރުގަދަކޮށް ކިޔަވައިދިނުމުން ދިވެހި ބަސް ކުރިއަރާނެއެވެ. އަދި ދިވެހި ބަސް އެންމެ ބޭނުންވާ މިންވަރަށް ކުރިއަރުވަން ބޭނުންވާނަމަ ޖެހޭނީ ތައުލީމީ ނިޒާމު އެއްކޮށް ދިވެހި ބަހަށް ބަދަލުކުރަން ކަމަށާއި، ނަމަވެސް އެއީ ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތަށް ނުވެދާނެ ކަމަށްވެސް ވިދާޅުވިއެވެ. އިސްލާމް މާއްދާ އިގިރޭސި ބަހުން ކިޔަވައި ދިނުމުގެ މި ޚިޔާލަކީ އޭނާގެ އަމިއްލަ ހިޔާލުފުޅެއްގެ ގޮތުގައި މިނިސްޓަރ ވިދާޅުވިއަސް މިއީ ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ވަރަށް ގިނަ އިސްލާމް ޓީޗަރުންވެސް ތާއިދުކުރައްވާ، އަމަލީ ގޮތުން ދިމާވެފައިވާ ބޮޑު މައްސަލައެއްގެ ހައްލެވެ.

ތައުލީމީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އިސްލާމް ޓީޗަރުން ހާމަކުރާ ގޮތުގައި، ކްލާސްރޫމްތަކުގައި ދަރިވަރުންނަށް އިސްލާމީ ފިގުހާއި، އަޤީދާއާއި، ތާރީޚު ދިވެހިބަހުން ކިޔައިދޭއިރު، ދަރިވަރުންގެ ފަރާތުން ފެންނަނީ ސުވާލު މާކުތަކެކެވެ. ދިވެހިބަހުގެ އުނދަގޫ އިބާރާތްތަކާއި، ދީނީ ޚާއްޞަ ލަފްޒުތައް ކުދިންނަށް ނޭނގުމުގެ ސަބަބުން، މާއްދާގެ މުޅި މަގުސަދު ހާސިލުނުވެ، ކުދިން އެ މާއްދާއަށް ދޭ ސަމާލުކަން ކުޑަވެގެންދެއެވެ.

ދިވެހިބަހަށް އޮތް އިހުތިރާމް ކުޑަކުރުމެއް ނޫން

ނަމަވެސް، އެ މައުޟޫއުތައް ދަރިވަރުންނަށް ފަސޭހައިން ވިސްނޭ ބަހަކުން އޮޅުންފިލުވައިދީ، ބޭރު ބަހުގެ އިބާރާތްތަކާއެކު ބުނެދިނުމުން، ދަރިވަރުންގެ ޝައުގުވެރިކަން އިތުރުވެ، ސުވާލުކޮށް، ދީނީ އުސޫލުތައް ފުންކޮށް ދެނެގަތުމަށް މަގުފަހިވެގެންދެއެވެ. މީގެ މާނައަކީ ދިވެހިބަހަށް އޮތް އިހުތިރާމް ކުޑަކުރުމެއް ނޫނެވެ. ދީނީ ތައުލީމުގެ އަސާސީ މަގުސަދަކީ ދީން ފަހުމްވުން ކަމަށްވާތީ، ބަހަކީ އެ މެސެޖު ފޯރުކޮށްދިނުމަށް ބޭނުންކުރާ ވަސީލަތެކެވެ. ވަސީލަތަށްވުރެ މަގުސަދު އިސްކުރުމަކީ ޙިކުމަތްތެރި ގޮތެވެ.

ސިންގަޕޫރުގެ ގިނަ މިސްކިތްތަކުގައި ހުކުރު ހުތުބާ ބޭރު ބަހުން

މިއީ ހަމައެކަނި ދިވެހިރާއްޖެއަށް ދިމާވެގެން އުޅޭ ޚާއްޞަ މައްސަލައެއް ނޫނެވެ. ދުނިޔޭގެ އިސްލާމީ ގައުމުތަކާއި، މުސްލިމުން އުޅޭ އެހެން މުޖުތަމައުތަކުގައިވެސް، ބައިނަލްއަގުވާމީ ބަސްބަހުގެ ނުފޫޒު ބޮޑުވުމާއެކު، ދީނީ މެސެޖު ފޯރުކޮށްދިނުމަށް ވަނީ ޒަމާނީ އަދި އަމަލީ ބަދަލުތަކެއް ގެނެސްފައެވެ. ސިންގަޕޫރުގެ މުސްލިމް އާބާދީއަކީ މައިނޯރިޓީއަކަށް ވީނަމަވެސް، ސިންގަޕޫރުގެ އިސްލާމީ ކަންތައްތަކާ ބެހޭ މަޖިލިސް އިން ވަނީ ޒުވާން ޖީލަށް ދީނީ ތައުލީމާއި ހިދާޔަތް ފޯރުކޮށްދިނުމުގައި ނަމޫނާ ދައްކާފައެވެ. ސިންގަޕޫރުގެ ގިނަ މިސްކިތްތަކުގައި ހުކުރު ހުތުބާ ބޭރު ބަހުން ދިނުމާއި، ވަގުތުން ތަރުޖަމާ ލިބޭނެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން، އެ ގައުމުގެ ދީނީ މުގައްރަރުތައް ބައްޓަންކޮށްފައިވަނީ ދަރިވަރުންނަށް ފަސޭހައިން ފަހުމްވާ ބަހަކުން ދީނީ އިލްމު ފުރިހަމައަށް އުނގެނޭނެ ގޮތަށެވެ.

ކުއާލަލަމްޕޫރު ފަދަ ބޮޑެތި ސިޓީތަކުގެ މިސްކިތްތަކުގައި ހުތުބާ އިނގިރޭސި ބަހުން

މެލޭޝިޔާއަކީ މެލޭ ބަހަށް ބޮޑު އިސްކަމެއް ދޭ ގައުމެއް ކަމުގައި ވީނަމަވެސް، ކުއާލަލަމްޕޫރު ފަދަ ބޮޑެތި ސިޓީތަކުގެ މިސްކިތްތަކުގައި އިނގިރޭސި ބަހުން ހުތުބާ ދިނުން އާންމެވެ. މައިގަނޑު މަގުސަދަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުރުން، އިނގިރޭސި މީޑިއަމަށް ތައުލީމު ހާސިލުކުރާ މެލޭޝިޔާގެ އަމިއްލަ ޒުވާނުންނަށްވެސް ދީނީ މެސެޖު ސާފުކޮށް ފޯރުކޮށްދިނުމެވެ.

އެކުވެރި އަރަބި އިމާރާތުގެ މިސާލު

އަރަބި ބަހަކީ ޤުރްއާނުގެ ޚާއްސަ ބަސް ކަމަށް ވެފައި އެ ޤައުމަކީ އަރަބި ޤައުމެއް ކަމުގައިވީ ނަމަވެސް، އެކުވެރި އަރަބި އިމާރާތުގެ އިސްލާމިކް މިނިސްޓްރީއިން ވަނީ ޚާއްޞަ އެޕްލިކޭޝަންތައް މެދުވެރިކޮށް ހުކުރު ހުތުބާ ވަގުތުން ތަރުޖަމާކޮށް އަޑުއެހޭނެ އިންތިޒާމު ހަމަޖައްސާފައެވެ. އަދި ބޮޑެތި ސިޓީތަކުގެ ޚާއްޞަ މިސްކިތްތަކުގައި ސީދާ އިނގިރޭސި ބަހުން ހުތުބާ ކިޔުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.

މާލޭގެ މަދުވެގެން އެއް މިސްކިތުގައި އިނގިރޭސި ބަހުން ހުކުރު ހުތުބާ ކިޔަން ފެށުން

މި ހަގީގަތްތަކަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގައި އިސްލާމީ އިލްމު އަލުން އާލާކުރުމަށްޓަކައި މުހިންމު އަމަލީ ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. ފެށުމެއްގެ ގޮތުން، މާލޭގެ މަދުވެގެން އެއް މިސްކިތުގައި (މިސާލަކަށް ކިންގް ސަލްމާން މިސްކިތް ނުވަތަ ހުޅުމާލޭގެ ބޮޑު މިސްކިތެއްގައި) އިނގިރޭސި ބަހުން ހުކުރު ހުތުބާ ކިޔަން ފެށުމަކީ ޒުވާނުންނާއި، ރާއްޖޭގައި އުޅޭ ބޭރު މީހުން ދީނީ ހިދާޔަތާ ގާތްކުރުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ސްކޫލްތަކުގެ އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުން

އޭގެ އިތުރުން، ސްކޫލްތަކުގެ އިސްލާމް މާއްދާ އިނގިރޭސި ބަހުން ކިޔަވައިދިނުމުގެ އޮޕްޝަން ދަރިވަރުންނަށް ދިނުމަކީ، މާއްދާގެ ފަހުމް އިތުރުވެ، ކިޔަވާ ކުދިންގެ ހިތްތަކުގައި ދީނީ އަޤީދާ ވަރުގަދަވުމަށް މަގުފަހިވާނެ ކަމެކެވެ. ދިވެހިބަސް ކުރިއަރުވަން ބޭނުންނަމަ، އެކަން ކުރަންޖެހޭނީ ދިވެހި މާއްދާގެ މުގައްރަރު ޒަމާނީކޮށް، ބަހުގެ އަދަބިއްޔާތާއި ގުޅުންހުރި ގޮތުން ވަކިން ކިޔަވައިދީގެންނެވެ. ދީނީ މާއްދާއެއް ބަހުގެ ހަތިޔާރަކަށް ހެދުމުން ދެކަންތައްވެސް ފުރިހަމައަށް ނުލިބި ދިއުމުގެ ފުރުސަތު ބޮޑެވެ.

ނިންމުން

ދިވެހިބަހަކީ އަޅުގަނޑުމެންގެ ގައުމީ ތަރިކައާއި ހުރިހާ ސިފައެއް އެކުލެވޭ، ހިމާޔަތްކުރަންޖެހޭ މުހިންމު އަމާނާތެކެވެ. ނަމަވެސް، ބަސް ހިމާޔަތްކުރުމުގެ ނަމުގައި، އަދުގެ ޒުވާން ޖީލުގެ ހިތްތަކުން އިސްލާމްދީނުގެ ފުން ހިކްމަތްތަކާއި، އަޤީދާއާއި، އަޚްލާޤީ އުސޫލުތައް ބީވެގެން ދިޔަދީގެން ނުވާނެއެވެ. ޒަމާނާއެކު ފިޔަވަޅު އަޅައި، ޒުވާނުންނަށް ފަހުމްވާ ބަހަކުން ދީނީ މެސެޖު ފޯރުކޮށްދިނުމަކީ، އިސްލާމީ ހިދާޔަތް އަންނަން އޮތް ޖީލުތަކަށް ސަލާމަތްތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި މިއަދު އަޅުގަނޑުމެން ތަންފީޒުކުރަންޖެހޭ ކަމެކެވެ.

ޝެއާ ކުރޭ

ކޮމެންޓްތައް

ކޮމެންޓާއި ޖަވާބު ފެންނާނީ އެޑްމިން އެޕްރޫވް ކުރުމަށްފަހު.

ހުކުރު ޚުތުބާގައި ސަރުކާރުން ބަގުޑި ބެއްދުން
އިސްލާމް ދީން

ހުކުރު ޚުތުބާގައި ސަރުކާރުން ބަގުޑި ބެއްދުން

މާލޭ ބަހުން ލިއެގެން، ހުރިހާ އިމާމުން ލައްވާ، ރޮބޮޓުން ތަކެއްހެން މިކިއުއްވާ ހުތުބާގައި އޮއްޓަރެއްވެސް ހުންނަނީކީ ނޫނެވެ. ކުޑަކުދިންގެ ދުވަހުގެ ހުތުބާ ކުޑަކުދިންނާ ގުޅުވާފައި، ނެށުންތެރިންގެ ދުވަހުގެ ޙުތުބާ ނެށުންތެރިންނާ ގުޅުވީމައި އެއޮތީ ޙުތުބާ ލިޔެވިފައެވެ. ޙުތުބާގައި ރިބާ ހަރާމޭ ލިޔެފައި ހަމަ އެއްކަލަ އިސްލާމިކް މިނިސްޓަރު ނިސްބަތްވާ ސަރުކާރުގެ ބޭންކުން މިލިއަނުން ރިބާ ކައިފައި، އެރިބާގެ ފައިސާއިން މިސްކިތް އަޅާފައި، ރިބާ އެކުލެވޭ ފައިސާއިން މުދިމަށް މުސާރަ ދިނުމުން ނިމުނީއެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 16, 2026
ރާއްޖެ ކާފަރުވާ ދުވަސް ނުދައްކަވައިފިއްޔާ ކިތައްމެހާވެސް ރަނގަޅު!
އިސްލާމް ދީން

ރާއްޖެ ކާފަރުވާ ދުވަސް ނުދައްކަވައިފިއްޔާ ކިތައްމެހާވެސް ރަނގަޅު!

ސަރުކާރުތަކުން ޤައުމީ ދުވަސްތަކުގައި ފޮނުވާ ޙިތާބުތަކުގައި، ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ "ހަރުކަށި ފިކުރު" ކަމަށް ވިދާޅުވެ މޮޅެތި ބަސްތައް ވިދާޅުވެއެވެ. ފަސް ނަމާދަށް މިސްކިތަށް ދިއުމާއި، އަނބީން ބުރުގާ އެޅުވުމާއި، ސުންނަތް ރޯދަ ޤަވާއިދުން ހިފުމާއި، ރިބާ ހަރާމް ކަމަށް ބުނުމާއި، ބެލުން ތިރި ކުރުމާއި، މިއުޒިކާއި ފާހިޝް ކަންކަމުން ދުރުވުމަކީ ބައެއް ސިޔާސީ ނަޒަރިއްޔާތުތަކުގައި "ހަރުކަށިވުން" ކަމަށް ސިފަކުރެވެއެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/August 6, 2026
ސިޔާސީ 'މުނާފިގުކަމުގެ' ފަރުދާގެ ފަހަތުގައިވާ ދީނީ ވާޖިބުތައް: އަހަރެމެން ހޭލަންވީ ކޮން އިރަކުން؟
އިސްލާމް ދީން

ސިޔާސީ 'މުނާފިގުކަމުގެ' ފަރުދާގެ ފަހަތުގައިވާ ދީނީ ވާޖިބުތައް: އަހަރެމެން ހޭލަންވީ ކޮން އިރަކުން؟

މިވާހަކަތައް ދައްކަންޖެހެނީ ހަމައެކަނި ހުކުރު ޚުތުބާތަކުގައެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގައާއި، ސިޔާސީ ޕޯޑިއަމްތަކުގައާއި، ހޮޅުއަށިތަކުގައާއި މީޑިއާގެ ޕްރޮގްރާމްތަކުގައިވެސް މިވާހަކަތައް ދައްކަންޖެހެއެވެ. މި މުޖުތަމަޢު ނިދާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އިސްލާމީ ދިވެހި ވެއްޓަކަށް ހޭލާން އެބަޖެހެއެވެ. ބިރުގަންނަނީ ނުވަތަ ޖެހިލުންވަނީ ކޮން ފަރާތެއް ދެކެ ތޯއެވެ؟ ޙައްޤު ބަސް ބުނަން ނުކެރެނީ ފިނޑިކަމުން ތޯއެވެ؟

މުހައްމަދު ބުޝްރީ (ކެޔޮނިރު)/July 24, 2026