މުޖުތަމަޢު

"އަލިމަގު" ފެންނާނީ މަރުގެ ހުކުމް ތަންފީޒު ކުރެވިގެން!

ޑްރަގްގެ މައްސަލަ ހައްލުވުމަކީ ރާއްޖޭގެ އިގްތިސާދީ ކާމިޔާބީގެ ތަޅުދަނޑިއެވެ. އިޖުތިމާއީ އަދި ދީނީ ހަމަޖެހުމުގެ ތަޅުދަނޑިއެވެ. ދާހިލީ ހަމަޖެހުމުގެ ތަޅުދަނޑިއެވެ. އިސްތިއުމާރީ ބާރުތަކުން ޤައުމު ހަލަބޮލިކުރަން ބޭނުންކުރާ ހަތިޔާރު ނިއުޓްރަލައިޒް ކުރުމުގެ ތަޅުދަނޑިއެވެ. ރާއްޖޭގެ ކުރިމަގުގެ ކާމިޔާބީއާއި، މިނިވަން، ހަމަޖެހޭ، ފުދުންތެރި ޤައުމެއްގެ ގޮތުގައި އޮތުން ގުޅިފައިވަނީ މި މައްސަލައިގެ ހައްލާއެވެ.

"އަލިމަގު" ފެންނާނީ މަރުގެ ހުކުމް ތަންފީޒު ކުރެވިގެން!

ރާއްޖޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުން ހުއްޓާލަންޖެހޭ ކަމަށާއި، އޮޕަރޭޝަން އަލިމަގާ އެކު ޑްރަގްގެ ވިޔަފާރި ރާއްޖޭގައި ކުރަން ދެން ފުރުސަތު ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން މިދިޔަ އަހަރު ވިދާޅުވިއެވެ. އަދި އެފަދަ ފަރާތްތަކާ ދެކޮޅަށް ރާއްޖޭގައި އެޅެން ހުރި އެންމެ ވަރުގަދަ ފިޔަވަޅުތައް އަޅައި، އެފަދަ ކުށްވެރިންނަށް މި ގައުމުގައި އުޅެން އުނދަގޫ ކުރައްވާނެ ކަމުގެ އިންޒާރުވެސް މިނިސްޓަރު އިހްސާން ދެއްވިއެވެ. ނަމަވެސް އެވިދާޅުވި ފަދަ ލެވެލް އަކަށް މި އޮޕަރޭޝަން ކާމިޔާބުވީ ކަމުގެ ނިޝާންތަކެއް އަދި ނުފެނެއެވެ. އޮޕަރޭޝަން "އަލިމަގު" ގެ ނަމުގައި، ދިވެހި ފުލުހުންގެ 500 އޮފިސަރުން ބައިވެރިވެގެން މުޅި ރާއްޖޭގައި މިދިޔަ އަހަރު ފެށި ހާއްސަ އޮޕަރޭޝަންގެ ޙަބަރެއް މިހާރު ނުވާތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އޮޕަރޭޝަން އަލިމަގަކީ ރާއްޖެ ހައިޖެކް ކޮށްގެން އުޅޭ ޑްރަގް ގޭންގްތަކަށް ސަރުކާރުން ދިން ވަރުގަދަ އިންޒާރެއްގެ ގޮތުގައި އެއިރު ސިފަވެގެން ދިޔައެވެ. ފުލުހުންގެ ހާއްސަ ޑިޕާޓްމެންޓްތަކާއި އެކި ސަރަހައްދުތަކުގެ ފުލުސް އޮފީސްތައް ވިލަރެސްކޮށްގެން، ޓީމުތަކަކަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އޮޕަރޭޝަން ތަކެއް މިދިޔަ އަހަރު ހިންގިއެވެ.

ރައީސް މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމުގައި، ޑްރަގް ހުއްޓުވަން އަޅާލާންވާ ވަރަށް އަޅާނުލައި ދޫކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން އިތުރަށް ގޯސްވަމުން ގޮސް، ޑްރަގް މައްސަލަ މިހާރު މިއޮތީ ބައިނަލްއަޤްވާމީ ޑްރަގް ނެޓުވޯކްތަކުން މަސްތުވާތަކެތި ސަޕްލައިކުރާ މައި ހަބަކަށް ދިވެހިރާއްޖެ ހެދުމާ ގާތްވެފައެވެ. މިކަން ހައްލު ކުރެވޭނީ މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވާ ފަދައިން ސާބިތުކަމާއެކު ޤާނޫނު ތަންފީޒު ކޮށްގެންނެވެ.

އިޝްތިހާރު

މި އޮޕަރޭޝަނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް، މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެކެވެ. މިއީ ވަކި ސިޔާސީ ބޭނުމެއް ނެތި، އިހްލާސްތެރިކަމާއެކު، ދިގުދެމިގެންދާ ގޮތެއްގައި އެއްވާނެއްގައި ހިންގޭނެ ޕްރޮގްރާމަކަށް ވެއްޖެނަމަ، މިއީ ޤައުމަށް މިވަގުތު އެންމެ ބޭނުންޖެހިފައިވާ މަސައްކަތެވެ. މި ޤައުމުގައި ވަޒީފާ އަދާކުރާނެ ދިވެހީން މަދުވެ، ޤައުމުގެ އިގްތިސޯދީ މުގޫ ބޭރު މީހުންގެ އަތްމައްޗަށް ގޮސްފައިވަނީ ޑްރަގްގެ ވަބާގައި ޒުވާން ޖީލު ޖެހިފައިވުމުންނެވެ. މިޤައުމުން ކޮންމެ މަހަކު ބޭރުވެގެންދާ އެތައް މިލިއަން ޑޮލަރަކީ ޑްރަގް ގަންނަން ގޭންގްތަކުން ހޭދަކުރާ ބޭރު ފައިސާއެވެ. ޑްރަގް ބޯ މީހުން ރީހެބިލިޓޭޓް ކުރާށާއި، އޭގެ ވިޔަފާރި ކުރާ މީހުން އުމުރަށް ޖަލަށް ލައިގެން ކާންދީ، ނިދާނެ ތަން ދީގެން އުމުރަށް ބަލަހައްޓަން ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް އަހަރަކު ހޭދަކުރަން ޖެހެއެވެ.

އޮޕަރޭޝަން އަލިމަގު ކާމިޔާބު ވެއްޖެނަމަ، ޒުވާން ޖީލު މި ނުބައި ވަބާއިން ސަލާމަތްވެ، ޤައުމަށް ފައިދާހުރި މަސައްކަތްތަކަށް ނުކުމެ، ޤައުމުގެ އުފެއްދުންތެރިކަން އިތުރު ކުރެވޭނެ އެވެ. އަދި އޭގެ ސަބަބުން، ޑްރަގް ގަންނަން ބޭރުވާ ފައިސާ ޤައުމުގައި ހިފެހެއްޓި، އެ ފައިސާ މި ޤައުމުގެ ތަރައްޤީއަށް އިންވެސްޓް ކުރެވި، ޑްރަގްގެ ސަބަބުން އުފެދޭ އިޖުތިމާއީ ބަލިތައް މުޖުތަމައުން ނައްތާލެވި، ޤައުމުގެ އިޖުތިމާއީ، އިގްތިސޯދީ، އަދި ދީނީ ފޭރާން ވަރުގަދަވެގެން ދާނެއެވެ. އޮޕަރޭޝަން އަލިމަގަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާ މަސައްކަތެކެވެ. އެއްދުވަހުން ނުވަތަ އެއްމަހުން ފޯރިއަރުވާލާފައި ޖަމަލު ފޮޑިއަށް ގޮސް ހުއްޓޭ ކަމަކަށް ވެގެން ނުވާނެއެވެ. ހޯމް މިނިސްޓަރ އިހްސާން ވިދާޅުވީ ޑްރަގް ވިޔަފާރި ކުރުމުގެ ފުރުސަތު ރާއްޖޭގައި ދެން ނުދެއްވާނެ ކަމަށެވެ. ރައްޔިތުން ތިކަމަށް ސައްތަ އިން ސައްތަ ތާއީދެވެ! އެ ފުރުސަތު ނުދެއްވާށެވެ. އެންމެ ވަރުގަދަ ފިޔަވަޅަކީ މަރުގެ އަދަބު ތަންފީޒު ކުރުމެވެ. އެ ޤައުމަކީ ނަމޫނާއެއް ކަމަށް ރާއްޖެއިން ބަލާ ސިންގަޕޫރުގައިވެސް ޑްރަގް ކޮންޓްރޯލް ކޮށްފައި އެވަނީ މަރުގެ ހުކުމް ތަންފީޒު ކޮށްގެންނެވެ. އެމެރިކާގައި ވެސް އަދި ސައުދީ އަރަބިއާގައި ވެސް މަރުގެ ހުކުމް ތަންފީޒު ކުރެއެވެ. އެހެންކަމުން، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރަން އުޅޭއިރަށް "އިންސާނީ ހައްޤޭ" ކިޔައިގެން މިޤައުމު ހަލާކުކުރަން އުޅޭ ފަރާތްތަކުގެ ހަޅޭކުގެ އަޑަށް ބެލުމެއްނެތި، ދިވެހި ރައްޔިތުންގެ ހައްޤުގައި ޑްރަގާ ދެކޮޅަށް މަރުގެ ހުކުމް ތަންފީޒު ކުރައްވާށެވެ! އެންމެ ހަރުކަށި ފިޔަވަޅަކީ އެއީއެވެ. ނަމަވެސް އޮޕަރޭޝަން އަލިމަގުގެ ޙަބަރެއް މީހާރު މަދުން ނޫނީ ނުއިވެއެވެ. މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތުގެ އަޑެއްވެސް ނީވެއެވެ.

ޑްރަގްގެ ވިޔަފާރި ކުރާ ފަރާތްތަކަށް ރާއްޖޭގައި އުޅެން އުނދަގޫވާ ވަރު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު މިދިޔަ އަހަރު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، ޑްރަގްގެ ވިޔަފާރި ކުރުމުގެ ފުރުސަތު މި ޤައުމުގައި އިތުރަށް ދެން ނުދެއްވައި، އެންމެ ހަރުކަށި (މަރުގެ އަދަބުގެ) ފިޔަވަޅު އަޅުއްވައި، މި ޤައުމުގައި ހަމަނޭވާލައިގެން އުޅޭނެ ފުރުސަތު ޑްރަގް ޑީލަރުންނަށް ނުދެއްވާށެވެ. ހޯމް މިނިސްޓަރު އިހްސާނަށް ރައްޔިތުން ސައްތަ އިން ސައްތަ ތާއީދެވެ. މި އޮޕަރޭޝަން ނުނިންމައި ކުރިއަށް ގެންދަވާށެވެ.

މި ވެރިކަމުގެ ދައުރުގެ ބާކީ އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި "އޮޕަރޭޝަން އަލިމަގު" ކާމިޔާބުކޮށް، ދިވެހި މުޖުތަމައު ހަޤީގަތުގައިވެސް ޑްރަގުން ސަލާމަތް ކުރައްވައިފިނަމަ، ރައީސް މުއިއްޒަށް ދެވަނަ ދައުރެއް ތަބަކަކަށް ލާފައި ދޭންވީއެވެ. އަދި އެކަމުގައި ރައީސްގެ އެޖެންޑާ ތަންފީޒު ކުރައްވާ ހޯމް މިނިސްޓަރު އަލީ އިހްސާނަށް، 2028 ގެ ރަނިންމޭޓު ކަމުގެ ޓިކެޓުވެސް ތަބަކަކަށް ލާފައި ދޭންވީއެވެ.

ޝެއާ ކުރޭ

ކޮމެންޓްތައް

ކޮމެންޓާއި ޖަވާބު ފެންނާނީ އެޑްމިން އެޕްރޫވް ކުރުމަށްފަހު.

ވާރޭކޮޅެއް ވެހިލާއިރަށް ޤައުމު ފެނުއަޑީގައި: ސިވިލް އިންޖިނިއަރިންގެ އުނިކަމެއްތޯ ނުވަތަ ސިޔާސީ އަދި އިޖުތިމާޢީ އިހުމާލެއްތޯ؟
މުޖުތަމަޢު

ވާރޭކޮޅެއް ވެހިލާއިރަށް ޤައުމު ފެނުއަޑީގައި: ސިވިލް އިންޖިނިއަރިންގެ އުނިކަމެއްތޯ ނުވަތަ ސިޔާސީ އަދި އިޖުތިމާޢީ އިހުމާލެއްތޯ؟

ވާރޭކޮޅެއް ވެހިލާއިރަށް މާލެއާއި ރަށްރަށުގައި ފެންބޮޑުވެ މުދަލަށް ގެއްލުންލިބުމަކީ ހަމައެކަނި މޫސުމީ ކަމެއް ނޫނެވެ. މިއީ ސިވިލް އިންޖިނިއަރިންގގެ ދޯހަޅިކަމާއި، ޗަސްބިންތައް ނައްތާލުމާއި، ނުބައި އަރބަން ޕްލޭނިންގެ އިތުރުން، އިޖުތިމާޢީ އިހުމާލުގެ ނަތީޖާއެވެ. ވާރޭ ކޮޅެއް ވެހިލާ ކޮންމެ ފަހަރަކު ޕަމްޕުޖަހައި ވެލިބަސްތާ ޖެހުމަކީ ދައުލަތުގެ ނާޤާބިލުކަމާއި އިސްރާފު ހާމަވާ ކަމަކަށްވާއިރު، ދާއިމީ ޙައްލެއް ލިބޭނީ ޒަމާނީ އިންޖިނިއަރިންގ އުޞޫލުތަކާއެކު ފަރުދީ ސުލޫކަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްގެންނެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/6 ދުވަސް ކުރިން
މުޅި މުޖުތަމައު އަލުން "ރީސެޓް" ކުރަންޖެހޭ!
މުޖުތަމަޢު

މުޅި މުޖުތަމައު އަލުން "ރީސެޓް" ކުރަންޖެހޭ!

މިއީ ހަމައެކަނި ފުލުހުންގެ މުއައްސަސާގެ ތެރޭގައި އޮތް މައްސަލައެއް ހެއްޔެވެ؟ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަކުރައްވާ ގައުމީ ބޮޑު ތިން މައްސަލަ ކަމުގައިވާ މަސްތުވާތަކެތީގެ ވަބާއާއި، ގޭންގު ކުށްތަކާއި، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފުލުހުން އަލުން ތަރުތީބުވާންޖެހޭ ފަދައިން، މި މައްސަލަތަކުގެ އަނެއްކޮޅު ގުޅިފައިވަނީ މުޅި މުޖުތަމޢުގެ އަޚްލާޤީ ނިޒާމާއެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 21, 2026
ފެބްރުއަރީ 5 ގައި ބިދޭސީ ކޭޝިއަރުން ދިވެހި ކުރަން ޖެހޭ!
މުޖުތަމަޢު

ފެބްރުއަރީ 5 ގައި ބިދޭސީ ކޭޝިއަރުން ދިވެހި ކުރަން ޖެހޭ!

ބިދޭސީ ކޭޝިއަރުން މަނާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ އެތައް އަހަރެއް ވަންދެން ޤަވާއިދުތައް ހަމައެކަނި ކަރުދާހުގައި އޮތުމަށްފަހު، ޢަމަލީ ގޮތުން ތަންފީޒުކުރަން ފެށޭ ވަރަށް މުހިންމު ސިޔާސަތެކެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި އިޞްލާޙީ ޤަވާއިދުތައް ތަންފީޒުކުރުމުގައި ދިމާވާ އެންމެ ބޮޑު ސުވާލަކީ، އަމަލީ ގޮތުން ފެށޭ ދުވަސް އައިސް ޖެހުމުން، ތައްޔާރު ނުވެވޭ ކަމަށް ބުނެ ވިޔަފާރިވެރިންގެ ފިއްތުންތަކަށް ސަރުކާރު ދީލާލައި، ސިޔާސަތު ތަންފީޒުކުރުން ފަސްކުރާނެ ބާވައެވެ؟

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 14, 2026