ސިއްޙަތު

ވޭޕް ބޭންކޮށްފިއެވެ! ދެން ހުރި "ވިހަތައް" ކޮބައިތޯއެވެ؟

ވޭޕް މަނާކުރުމުން އެކަނި ނިމުނީތޯއެވެ؟ ދިވެހިންނަށް ހަޤީޤީ ފައިދާއެއް ކޮށްދޭން އެދޭނަމަ، ވޭޕް މަނާކުރި ގޮތަށް، ސުޕާރީ، ސިގިރެޓު، އެނާޖީ ޑްރިންކް ފަދަ ދެންވެސް ހުރި އެފަދަ "ވިހަ" ބާވަތްތައް ރާއްޖެއަށް އެތެރެކޮށް ވިޔަފާރި ކުރުން ހުއްޓުވައިދޭށެވެ. ޒުވާނުންގެ ސިކުނޑި ފަސާދަކުރާ ބަރަހަނާ ވެބްސައިޓުތައް އެކޮށް ބްލޮކްކޮށްދެއްވާށެވެ. އަދި އެއަށްފަހު، ސިނގިރޭޓާއި، އެނާޖީ ޑްރިންކާއި، ސުޕާރީ ފަދަ ސިއްހަތަށް ހުރި ނުރައްކާތެރި އެހެން ބާވަތްތައްވެސް މަރުހަލާތަކަކަށް ބަހާލައިގެން މަނާކޮށްދެއްވާށެވެ.

ވޭޕް ބޭންކޮށްފިއެވެ! ދެން ހުރި "ވިހަތައް" ކޮބައިތޯއެވެ؟

ރޭގަނޑު 11.00 އިން އޮފީސް ބަންދުކުރުމަށް ފަހު ކެފޭއަކަށް އަރައި، ރައްޓެހިންނާ އެކު ނޫޑުލްސްގަނޑެއް ކާލައި، ކޮފީއެއް ބޮއެގެން އަބްދުއްﷲ އަށް ނިދޭ އިރު ހުންނަނީ މެންދަމުން އަލިވެ އެކެއް ޖަހައިފައެވެ. ނަމުން އަބްދުއްﷲ (ﷲގެ އަޅާ) އެވެ. ނަމަވެސް އަމަލުން އޭނާއަކީ ދުނިޔެވީ ވަގުތީ އުފާތަކާއި މަސްތުގެ އަޅެކެވެ.

ރެޑް ބުލް އާއި ކެމަލް ހާޑް:

އިޝްތިހާރު

ފަތިސް ނަމާދަށް ބަންގި ދޭ އިރު އެއްކަލަ "ﷲގެ އަޅާ" އޮންނަނީ ގަދަ ގުގުރީގައެވެ. ހެނދުނު ހޭލައިގެން އަބްދުއްﷲގެ ހެނދުނުގެ ސަޔަކީ އެނާޖީ ޑްރިންކެކެވެ. ރެޑް ބުލް ސަމާއެޑިޝަންގެ ދަޅެއް ލިބެނީ ސާޅީސް ރުފިޔާ އަށެވެ. ކޮންމެ ދުވަހަކު ހެނދުނު އެކަނި އޭގެ ދަޅެއް ބުޔަސް، އަބްދުއްﷲގެ މަހު މުސާރައިން މަހަކަށް 1،200ރ. އެދިޔައީއެވެ. ރެޑް ބުލް އަށް ފަހު ދެން ރޯކޮށްލަނީ ކެމަލް ހާޑް ސިނގިރެޓެކެވެ. ދުވާލަކު އެއް ފޮށި ސިނގިރެޓް އޭނާގެ އެތެރެހައްޓަށް ފާއްދާލައެވެ. ދުވާލަކު 150ރ. ނުވަތަ މަހަކު 4،500ރ. ގަ ހުޅުޖަހައެވެ.

އެއޮއް އޮއްސާލީ ސުޕާރީ ފުޅި

ރެޑް ބުލް ބޯލައިގެން، ސިނގިރެޓް ދުން ބުރުވަމުން އަބްދުއްﷲ އަނގަޔަށް އޮއްސާލަނީ ސުޕާރީ ފުޅިއެއްގެ އެއްބައެވެ. ދުވާލަކު މަދުވެގެން ސުޕާރީ އެއްފުޅި އެތެރެހައްޓަށް އަޅާލައެވެ. ސުޕާރީ ފުޅިއެއް މިހާރު ލިބެނީ ތިރީހަކަށް ރުފިޔާ އަށެވެ. އަބްދުއްﷲގެ މަހުގެ ބަޖެޓަށް އެ އިތުރުވީ 1،000 ވަރަކަށް ރުފިޔާ އެވެ.

ދެން މިއޮތީ "ހަލާލު ބިއަރު"

ހެނދުނުގެ "ސަޔަށް" ފަހު އަބްދުއްﷲ އޮފީހަށް ގޮސް "އިނގިލި" ޖަހާލައިފައި، ކޮމްޕިއުޓަރ ދޮށުގައި އިށީނދެ މީސްމީޑިއާގެ އެކި ޕްލެޓްފޯމްތައް ހާވާލައިފައި ދިހަ ގަޑި ބައިވުމުން، އޮފީސް ކުދިންނާއެކު ނައްޓާލަނީ ކޮފީ ބްރޭކަށެވެ. އެ ގަޑީގައި އަބްދުއްﷲގެ އެންމެ ކަމުދާ ބުއިމަކީ "ހަލާލް ބިއަރެވެ"! ލަނީ ބިޔަރު ރަހައެވެ. ފުޅި ހުންނަނީ ހަމަ ބިއަރު ފުޅިއެއްހެންނެވެ. ފުޅީގެ ބޭރުގައި ލިއެފައި އޮންނަނީ ވެސް ބިއަރު އެވެ! އެލްކޮހޯލް ނުހުންނަ ބިއަރޯލައެވެ. މުސްލިމް ޒުވާނުން ބިއަރާއި ރަލަށް ހިތްޖެއްސުވަން ކާފަރުން ހަދައިގެން މާކެޓަށް ނެރޭ "ރަލެވެ"! ހަލާލު ބިއަރު ފުޅިއެއް 33ރ. އަށެވެ. މަހަކަށް އެއް ހާސް ރުފިޔާ އެވެ.

ދައުލަތުން ވިއްކާ އޮރިޔާން ކާޑު

ކޮފީ ބްރޭކަށް ފަހު އަބްދުއްﷲ އޮފީހަށް ގޮސް، އޮފީހުގެ ވެރިޔާއަށް ދައްކަން ވަރަށް ބިޒީ ކަމަށް ހެދިގެން، އޮފީސްތެރޭ ކޮޅުކޮޅަށް ހިނގައި، އެއް ރައްޓެއްސެއްގެ މޭޒު ދޮށުން އަނެއް ރައްޓެއްސެއްގެ މޭޒު ދޮށަށް ދިއުމަށް ފަހު، މެންދުރު ނަމާދު ގަޑިޖެހުމުން އޮފީސް މޭޒު ކައިރީ އިށީނދެ، މޯޅިއަކަށް ދެމިލުމަށް ފަހު، އޭނާގެ ދުވަހުގެ ބުރަ މަސައްކަތަށް ފަހު އަމިއްލަ ނަފްސަށް އުފަލެއް ދެއެވެ. ޖީބުން އެންމެ ފަހުގެ ފޯނު ނަގައި، އިންޓަނެޓް ވެބްސައިޓު ތަކުންނާއި، ސްނެޕްޗެޓް، އިންސްޓަގްރާމް އަދި ޓެލެގްރާމުން ބަރަހަނާ ފޮޓޯއާއި ވީޑިއޯ ބަލަން ފަށައެވެ. މުއާސަލާތީ ކުންފުނިތަކުން އަބްދުއްﷲ ނަގައިފައި އޮންނަނީ މަހަކު 1،000ރ. ގެ ވަރުގަދަ ޕެކޭޖެކެވެ. އަންލިމިޓެޑް ޑޭޓާ ލިބެއެވެ. ބަލާނެ ވަރަކަށް ބަރަހަނާ މަންޒަރުތައް ބަލަންވީއެވެ. މުއާސަލާތީ ކުންފުނިތަކުގެ އެކައުންޓުތަކަށް ފައިސާ އޮހެނީއެވެ. މިފަދަ ފާފަތަކުގެ ސަބަބުން އަބްދުއްﷲގެ ސިކުނޑި ވަނީ ކުނިގޮނޑަކަށް ވެފައެވެ.

އަބްދުއްﷲ ކޮންމެ ދުވަހަކު އެބޯ އެނާޖީ ޑްރިންކާއި، ސިނގިރޭޓާއި، ކާ ސުޕާރީ އާއި، ބޯ "ހަލާލު" ބިއަރާއި، ބަރަހަނާ ވީޑިއޯ ބަލަން އޭނާގެ ފޯނަށް އަޅާ ޑޭޓާ ޕެކޭޖާ އެކު، އޭނާގެ މި ނުރަނގަޅު ދިރިއުޅުމުގެ އާދަތަކަށް މަހަކު މަދުވެގެން 7،200ރ. ހަރަދުވެއެވެ. މުސާރައިގެ ބޮޑު ބައެއް މި ހަރަދު ވަނީ ބޭކާރު ކެމިކަލް ބުއިމަށާއި، ދުންއަރުވައި ސިއްހަތު ހަލާކުކުރުމަށާއި، ފީފޯއް ހަފާށާއި ބަރަހަނާ މަންޒަރު ބަލާށެވެ.

ކޮން ނަމާދެއް؟

ކޮންމެ ހަފްތާ ބަންދެއްގައި ޕްރިމިއާލީގާއި ލާލީގާގެ ހުރިހާ ލައިވް މެޗެއް ބަލައި، ޓީވީ ސިލްސިލާތަކާއި ނެޓްފްލިކްސް ބަލައި، ރައްޓެހިންނާ އެކު ކޮފީ ޖައްސައި، އެންމެ ފަހުގެ ލަވަތައް އަޑުއަހައި، ހަފްތާ ބަންދުގައި ދަތުރު ގޮސް މަޖާނަގަން އަބްދުއްﷲ އަށް ވަގުތުވެއެވެ. ނަމަވެސް، ނަމާދަށް މިސްކިތަކަށް އަރާކަށް، ޤުރުއާނުން އަކުރެއް ކިޔާކަށް ވަގުތެއް ނުވެއެވެ. ހަފްތާ ބަންދުގައި ދަތުރު ނުގޮސް ރަށުގައި ހުރެއްޖެއްޔާ ހުކުރަށް ދާނެއެވެ. އެވެސް ހަމަ ގަމަތް ދޭ އެންމެ ފަހު ވަގުތުގައެވެ. ޚުޠުބާއަކީ އަބްދުއްﷲއާ ބެހޭ އެއްޗެއް ނޫނެވެ. އަދި، އިމާމާ ހުކުރު ނަމާދުން ސަލާމް ދިނުމާ އެކު، އަވަސް އަވަހަށް ތެދުވެ، މިސްކިތުން ފައިބައިގެން އޭނާގެ އަޑުގަދަ ސައިކަލުގައި ގެއަށް ނައްޓާލާނެއެވެ.

ފަލަސްތީނޭ؟

އަބްދުއްﷲ ވެސް މީސްމީޑިއާގެ ހުރިހާ ޕްލެޓްފޯމެއްގައި ފަލަސްތީނުގެ މިނިވަންކަމަށް އެދި ފަލަސްތީނު ދިދަ ޕްރޮމޯޓް ކުރާނެއެވެ. ހައިރާންވާ ކަމަކާ ދިމާވެއްޖެ ނަމަ، ދުލަށް އެންމެ ފުރަތަމަވެސް އަންނަނީ ޝަހާދަތުގެ "ބައި" ކަލިމައެވެ. އެއީ "ލާއިލާހަ އިއްލަﷲ" އިން "އިއްލަﷲ" ގެ ބައި ކަނޑާލުމުން އޮންނަ ބައެވެ. އެ ކިޔޭ އެއްޗެއްގެ މާނައަކަށް އަބްދުއްﷲ އެއް ނުވިސްނައެވެ. ހަރާމް ބުއިންތަކާއި ހަރާމް ދުންތަކުގެ މަސްތުގައި ގަރަގުވަމުން އަބްދުއްﷲގެ ހަޔާތް ހޭދަކުރަމުންދާ ގޮތާ އެންމެ ގުޅޭ ކަލިމައަކީ ވެސް އެއީއެވެ. ޝަހާދަތުގެ އެއްބައެވެ!

ދިރާގާއި އުރީދޫ މުއްސަންތިވަނީ

ދިވެހި ޒުވާނުންގެ އާމްދަނީ ދުމަށް އަރުވަމުން، މި ބޭކާރު ދިރިއުޅުން އުޅެމުންދާ އިރު، ސިނގިރޭޓާއި، ސުޕާރީ އާއި، އެނާޖީ ޑްރިންކާއި، "ހަލާލު" ބިއަރު ފަދަ ސިއްހަތަށް ނުރައްކާތެރި ބާވަތްތައް ވިއްކައިގެން ބޮޑެތި ވިޔަފާރިވެރިން މަލްޓި މިލިއަނަރުންނަށް އެބަވެއެވެ. އޮރިޔާން ކާޑު ވިއްކައިގެން ދިރާގާއި އުރީދޫ މުއްސަންތި އެބަވެއެވެ. ދިވެހި ޒުވާނުން ކާ ވިހަ އާއި، ބޯ ވިހަ އާއި، ބަލާ އޮރިޔާން ކާޑު ފަދަ ހުރިހާ އެއްޗަކުން ސަރުކާރަށް ޓެކުހާއި އާމަދަނީ އެބަލިބެއެވެ. ޒުވާން އުމުރުގައި މަރުވާ ކުއްލި މަރުތައް ގިނަވެ، ފުއްޕާމޭގެ ބައްޔާއި ހަކުރު ބަލި ފަދަ ދާއިމީ ބަލިތައް އާންމުވެ، މުޅި ޖީލެއް ފަނާވެގެންދިއުމުގެ ނުރައްކާ އޮތީ ބޮޑުވެފައެވެ.

ސަރުކާރުން އިސްނަގައިގެން ރާއްޖޭގައި ވޭޕްކުރުމާއި، ވޭޕްގެ ބާވަތްތައް އެތެރެކުރުމާއި ވިއްކުން އެއްކޮށް މަނާކޮށް ތާރީޚީ ފިޔަވަޅެއް އެޅިކަން ވަރަށް ރަނގަޅެވެ. އެކަމަށްޓަކައި ސަރުކާރަށް ޝުކުރު ހައްޤެވެ. ސަރުކާރުން އެ ސާބިތުކޮށްދިނީ ޒުވާނުންގެ ސިއްހަތަށްޓަކައި ބޮޑެތި ނިންމުންތައް ނިންމުމުގެ ހިއްވަރު ހުރިކަމެވެ.

މިވަރަކުން އަދި ނުފުދޭ

ނަމަވެސް، މިވަރަކުން އަދި ނުފުދެއެވެ. އަޅުގަނޑުގެ ސުވާލަކީ: ވޭޕް މަނާކުރުމުން އެކަނި ނިމުނީތޯއެވެ؟ ޒުވާނުންގެ ސިއްހަތާއި އަޚްލާޤު ހަލާކުކުރާ އެހެން ބާވަތްތަކާމެދު އަޅާނީ ކޮން ފިޔަވަޅެއްތޯއެވެ؟ ޤައުމުގެ އިސްވެރިން، ދިވެހިންނަށް ފައިދާވާނެ "ބޮޑެތި ކަންތައްތަކެއް" ކުރައްވާނެ ކަމަށް ވިދާޅުވާއިރު، ދިވެހިން އެދެނީ ހަމައެކަނި އަނެއްކާވެސް ބިމެއް ހިއްކާ ވާހަކައާއި، އާ އެއާޕޯޓެއް ހަދާ ވާހަކަ ނުވަތަ ބްރިޖެއް އަޅާ ވާހަކަ އަޑުއަހާކަށް ނޫނެވެ. ދިވެހިންނަށް ހަޤީޤީ ފައިދާއެއް ކޮށްދޭން އެދޭނަމަ، ވޭޕް މަނާކުރި ގޮތަށް، ސުޕާރީ، ސިގިރެޓު، އެނާޖީ ޑްރިންކް ފަދަ ދެންވެސް ހުރި އެފަދަ "ވިހަ" ބާވަތްތައް ރާއްޖެއަށް އެތެރެކޮށް ވިޔަފާރި ކުރުން ހުއްޓުވައިދޭށެވެ. ޒުވާނުންގެ ސިކުނޑި ފަސާދަކުރާ ބަރަހަނާ ވެބްސައިޓުތައް އެކޮށް ބްލޮކްކޮށްދެއްވާށެވެ. އަދި އެއަށްފަހު، ސިނގިރޭޓާއި، އެނާޖީ ޑްރިންކާއި، ސުޕާރީ ފަދަ ސިއްހަތަށް ހުރި ނުރައްކާތެރި އެހެން ބާވަތްތައްވެސް މަރުހަލާތަކަކަށް ބަހާލައިގެން މަނާކޮށްދެއްވާށެވެ. ވޭޕާއެކު ފެށި ހެޔޮ ބަދަލު ފުރިހަމަކޮށް، ދިވެހި ޒުވާނުންގެ އިޖުތިމާއީ އަދި ސިއްހީ މުސްތަޤުބަލް ރައްކާތެރިކޮށްދެއްވާށެވެ.

ޝެއާ ކުރޭ

ކޮމެންޓްތައް

ކޮމެންޓާއި ޖަވާބު ފެންނާނީ އެޑްމިން އެޕްރޫވް ކުރުމަށްފަހު.

ލާދީނިއްޔަތުން ފަނާވި ޖީލެއް!
ސިއްޙަތު

ލާދީނިއްޔަތުން ފަނާވި ޖީލެއް!

ދުންފަތާއި، ވޭޕާއި، އިންޓަރނެޓް ޕޯން ފަދަ އިޖްތިމާއީ ބަލިތަކުން މި ޤައުމު ސަލާމަތް ކުރާކަށް އެމްޑީޕީ ބޭނުމެއް ނުވާނެއެވެ. އިޖްތިމާއީ ބަލިތަކުން މި ޤައުމު ސަލާމަތް ކުރަން މިހާރުގެ ސަރުކާރުން މަސައްކަތް ކުރާއިރު ހަނދާން ބަހައްޓަން ޖެހޭ އެއް ކަމަކީ، ދިވެހި ޤައުމުގެ ޖީލެއް ހަލާކުކުރި އެކައްޗަކީ މާލެ އާއި ބައެއް ރަށްރަށުގެ އެކި ދިމަދިމާގައި ހުރި "ގާޑިޔާތައް" ކަމެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/4 ދުވަސް ކުރިން
ސިޔާސީ ފަސްޖެހުމެއްގެ އަނދިރި ފަރާތް: ޝީޝާ މަނާކުރުމުގެ ނިންމުން އަނބުރާ ގެންދިއުން!
ސިއްޙަތު

ސިޔާސީ ފަސްޖެހުމެއްގެ އަނދިރި ފަރާތް: ޝީޝާ މަނާކުރުމުގެ ނިންމުން އަނބުރާ ގެންދިއުން!

ރައީސް މުޢިއްޒު މިނިސްޓަރު ނާޒިމަށް ތާއީދުކުރައްވައި، ޝީޝާ މަނާކުރުމަކީ ޤައުމުގެ ޒުވާނުން ހިމާޔަތްކުރުމަށްޓަކައި ނުކޮށް ދޫކޮށްނުލެވޭނެ ޤައުމީ ވާޖިބެއްގެ ގޮތުގައި ސިފަކުރައްވައި، އޭޕްރީލް މަހާ ހަމައަށް އެ ގޮންޖެހުންތަކާ ކުރިމަތިލެއްވިނަމަ، ސިޔާސީ މަސްރަޙު ފެނުނީހީ މުޅިން ތަފާތުކޮށެވެ. އެހެން ހެއްދެވިނަމަ ސަރުކާރުން އިންތިޚާބާ ކުރިމަތިލީހީ ވަރުގަދަ، ސާބިތު، އަދި އުޞޫލީ ސަރުކާރެއްގެ ގޮތުގައެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 15, 2026