ސިއްޙަތު

ލާދީނިއްޔަތުން ފަނާވި ޖީލެއް!

ދުންފަތާއި، ވޭޕާއި، އިންޓަރނެޓް ޕޯން ފަދަ އިޖްތިމާއީ ބަލިތަކުން މި ޤައުމު ސަލާމަތް ކުރާކަށް އެމްޑީޕީ ބޭނުމެއް ނުވާނެއެވެ. އިޖްތިމާއީ ބަލިތަކުން މި ޤައުމު ސަލާމަތް ކުރަން މިހާރުގެ ސަރުކާރުން މަސައްކަތް ކުރާއިރު ހަނދާން ބަހައްޓަން ޖެހޭ އެއް ކަމަކީ، ދިވެހި ޤައުމުގެ ޖީލެއް ހަލާކުކުރި އެކައްޗަކީ މާލެ އާއި ބައެއް ރަށްރަށުގެ އެކި ދިމަދިމާގައި ހުރި "ގާޑިޔާތައް" ކަމެވެ.

ލާދީނިއްޔަތުން ފަނާވި ޖީލެއް!

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހަކީ މި ޤައުމުގެ އިޖްތިމާއީ ހަޔާތުގައި، ސަރުކާރަކުން ނިންމި އެންމެ ހިއްވަރު ގަދަ އެއް ނިންމުން ތަންފީޒު ކުރަން ފެށި ދުވަހެވެ. ރާއްޖެއަށް ވޭޕް އެތެރެކުރުމާއި، އުފެއްދުމާއި، ބޭނުންކުރުން މަނާވެގެންދިޔަ ދުވަހެވެ. ފަނަރަ ޑިސެމްބަރ 2024 އަކީ ހަމައެކަނި ވޭޕް މަނާވީ ދުވަހެއް ނޫނެވެ. އެއީ ސަރުކާރެއްގެ ކިބައިގައި ހިއްވަރާއި ކެރުންތެރިކަން ހުރެއްޖެ ނަމަ ޤައުމީ ބޮޑެތި ހުރިހާ ކަމެއް އަވަސްކަމާ އެކު ކޮށް ނިންމައި، ނަތީޖާ ދެއްކިދާނެކަމުގެ ހެކި ފެނިގެންދިޔަ ދުވަހެއް ވެސް މެއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވޭޕް މަނާކުރުމުގެ މަޝްވަރާކޮށް، ޤާނޫނެއް ފާސްކޮށް، މިވަރުގެ ބޮޑު ކަމެއް ނިންމާލީ މި ހިޔާލް އައި ދުވަހުން ފެށިގެން އެންމެ ދެމަހެއްހާ ދުވަހުގެ ތެރޭގައެވެ. މުއިއްޒު ސްޕީޑުގައެވެ! މިހާރުވެސް މާލޭގެ މަގުތަކުން ދޭތެރެއަކުން މީހުން ވޭޕް ބޭނުންކުރާތަން ފެނެއެވެ. ނަމަވެސް މައިގަނޑު ގޮތެއްގައި ވޭޕް މިވަނީ މިޤައުމުގައި މަނާ ކުރެވި އެކަން ތަންފީޒު ކުރަން ފެށިފައެވެ. އެމް.ޑީ.ޕީ އަށް އަލުން ވެރިކަން ލިބިއްޖެ ނަމަ އެ ޕާރޓީގެ ވެރިކަމެއްގައި ވޭޕް އަލުން ހުއްދަ ކުރާނެކަމަށް ބުނާ ބުނުމަކީ އެމް.ޑީ.ޕީ އަށް އަލުން ވެރިކަން ނުދޭން ޖެހޭ އެތަކެއް ބައިވަރު ސަބަބު ތަކުގެ ތެރެއިން އެއް ސަބަބެވެ.

ވޭޕް މަނާކުރުމާ އެކު ދުންފަތުގެ ޤާނޫނުވެސް ވަނީ އިތުރަށް ހަރުކަށިކޮށް، ދުންފަތުގެ ބާވަތްތައް ގަނެވޭ އުމުރު، 18 އަހަރުން 21 އަހަރަށް މަތިކޮށްފައެވެ. ވަރަށް ރަނގަޅު ބަދަލެކެވެ. ޖެނެރޭޝަނަލް ބޭން ވެސް މިވަނީ ޤާނުނަކަސް ވެފައެވެ. ދެން އެންމެ އަވަހަށް ކުރަންޖެހޭ އެއް ކަމަކީ ވަކިވަކިން ސިނގިރޭޓު ވިއްކާ ގާޑިޔާތަކާއި ކަޑަތަކުން އެކަން ނުކުރެވޭ ގޮތަށް ޤާނޫނު ތަންފީޒުކުރުން ވަރުގަދަ ކުރުމެވެ. މިހާރުވެސް ވަކިން ސިނގިރޭޓު ވިއްކުމަކީ ޤާނޫނުން މަނާ ކަމެކެވެ. ނަމަވެސް ގިނަ ގާޑިޔާ ތަކާއި ގިނަ ކަޑަތަކުން، ޤާނޫނަށް ގޮންޖަހައި، ވަކިން ސިނގިރޭޓު ވިއްކައެވެ. ވަކިން ނުވިއްކައި، ހަމައެކަނި ފޮށި ވިއްކާނަމަ، ހާއްސަކޮށް ކުޑަ ކުދީންނަށް ސިނގިރޭޓު ގަންނަން ދަތިވާނެއެވެ. ދުންފަތުގެ އިސްތިމާލް ނުކުރާ ޖީލެއް އުފެއްދޭނީ ކުޑަކުދިން މިކަމާ ދުރުކުރެވިގެންނެވެ. މީގެ އިތުރުން ދެން ކުރަން ޖެހޭ ކަމަކީ މަގުމަތީގަ އާއި އާއްމު އެފަދަ ތަންތަނުގައި ސިގިރެޓް ބުއިން މަނާ ކުރުމެވެ. ދުވަސްވީ މީހުންނާއި ބިދޭސީން މަގުމަތީގައި ތިބެ އެންމެންގެ މޫނަށް ދުނަ ބުރުވާހާ ހިނަދަކު ޒުވާނުން ދުންފަތާ ދުރު ނުކުރެވޭނެއެވެ.

އިޝްތިހާރު

ސިނގިރޭޓު އަގުބޮޑުވެގެން، އެކަމާ ނުރުހިގެން، އެމްޑީޕީގެ އެކްޓިވިސްޓަކު މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ހުތުރުބަހުން މުއާމަލާތްކޮށް، މާރާމާރީގެ އިންޒާރު، އެކްސް މެދުވެރިކޮށް ދިނެވެ. މި ނާތަހުޒީބު، ބިރުވެރި އަމަލާ ގުޅިގެން އޭނާ ފުލުސް އޮފީހަށް ހާޒިރުކުރަން ޗިޓް ފޮނުވުމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި، ކުރީގެ ދިފާއީ ވަޒީރު މާރިޔާ ދީދީ ފަދަ ބޭފުޅުން އެ ނާތަހުޒީބު އިންޒާރު ދިން މީހާ ދިފާއުކޮށް ވާހަކަ ދެއްކި އެވެ. ކޮންމެ މީހަކަށް ނަމަވެސް، މާރާމާރީގެ އިންޒާރު ދިނުމަކީ ވެސް އެމްޑީޕީގެ ނަޒަރުގައި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމެވެ.

ހޯމް މިނިސްޓަރު އަލީ އިހްސާން މިކަމަށް ދެއްވީ ވަރަށް ރަނގަޅު ރައްދެކެވެ. މިނިސްޓަރު ވިދާޅުވީ، މިސާލަކަށް އެމްޑީޕީގެ އިސް ބޭފުޅެއްގެ ފުރާނައަށް ގެއްލުންދޭން ބުނެ މީހަކު އިންޒާރެއް ދީފިނަމަ އެއީވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަމަށް ބަލައިގެން ފުލުހުން ތިބެންވީތޯއެވެ؟

އެމްޑީޕީ އަކީ ވަރަށް މުނާފިގު ޕާރޓީއެކެވެ. ތަގުން، މާފިއާ މީހުން، ވަގުން، އަދި މަސްތުވާތަކެތީގެ ޑީލަރުން ދިފާއުކޮށް، ދީނީ މީހުންނަކީ ހައްދުފަހަނަ އެޅި މީހުން ކަމަށް ބަލައިގެން އުޅޭ ޕާޓީއެކެވެ. އެމް.ޑީ.ޕީ އަށް ތިންވަނ ފަހަރަށް ވެރިކަން ލިބިއްޖެ ނަމަ ވޭޕް އަލުން ހުއްދަ ކޮށް ދުންފަތް އާއްމު ކޮށް، ޑްރަގް ޑީލަރުންވެސް މިނިވަން ކުރާނެއެވެ. އެމްޑީޕީ އަށް ލާދީނީ ޕާޓީއޭ ކިޔަނީ މިފަދަ ސަބަބުތަކާ ހުރެއެވެ.

ޤާނޫނު އަސާސީގެ ހައްޤުގައިއޭ، ތަކެތީގެ އަގު ބޮޑު ވާތީއޭ ކިޔައިގެން ޤައުމު ހަލަބޮލިކޮށް މަގުމަތިން ސަރުކާރު ވައްޓާލަން ޝާހިދާއި، ރައީސް އިބޫ ސޯލިހާއި އާއި ފައްޔާޒާއި، ނަޝީދު އަޑިއަޑިން ގުޅިގެން ހިންގަން އުޅޭ ޖަރީމާ އަށް ފުރުސަތު ނުދިނުމުގެ ގޮތުން ދިވެހި ރައްޔިތުން ހޭލައި ތިބެން ޖެހެއެވެ. މި ޤައުމުގެ ވެރިކަން އެމްޑީޕީ އަށް ދެން ލިބުމަކީ މި ޤައުމު ފަނާވެ ދިއުމެވެ. އެމްޑީޕީގެ ވެރިކަމުގައި ރައީސް އިބޫ ސޯލިހާއި މަރިޔާ އާއި ޝާހިދާއި ފައްޔާޒު ހިންގައިފައިވާ ޖަރީމާތައް ތަހުޤީގުކޮށް ހައްޤު އަދަބު ދީގެން މެނުވީ މި ޤައުމުގެ ފުން ފާރުގަނޑަށް ޝިފާއެއް ނުލިބޭނެއެވެ.

އެމްޑީޕީން މި ޤައުމު ގަސްތުގައި އިގްތިސޯދީ ވަޅުގަނޑަކަށް ވައްޓާލީ އިންޑިއާ ބުނެގެންނެވެ. އެ ވަޅުގަނޑުން ނަގަން އަންނާން ހަމަޖެހިފައި އޮތީ ވެސް އިންޑިއާ އެވެ. ވަޅުގަނޑުން ނަގައިދޭނީ ދިވެހި ޤައުމު އިންޑިއާ އަށް އެއްކޮށް އަޅުވެތި ކުރުވާ މަތީންނެވެ. މިގޮތަށް ރާވައިފައި އޮތް ކަމަކުން ދިވެހި ޤައުމު ސަލާމަތްވީ 2023 ވަނަ އަހަރުގެ ރިއާސީ އިންތިހާބުން ހީނުކުރާ ގޮތަކަށް އެމްޑީޕީ ބަލިވުމުންނެވެ. މިޤައުމު ފަނާ ކުރުމުގެ އިތުރު ފުރުސަތެއް އެމްޑީޕީ އަށް ދީގެން ނުވާނެއެވެ. ރައްޔިތުން ހޭލައި ތިބޭށެވެ.

އިޖްތިމާއި އެކިއެކި ބަލިތަކުން ސަލާމަތްވުމަށް ދުނިޔޭގެ ޤައުމުތަކުން އަޅަމުންދާ ބައެއް ފިޔަވަޅު ތަކަށް ބަލާއިރު ފާހަގަވި އެއްކަމަކީ، ދާދިފަހުން ފާސް ކުރި ޤާނޫނަކުން އެޔޮއް ބޮޑު އޮސްޓްރޭލިއާގައި، އުމުރުން 16 އަހަރުން ދަށުގެ ކުދިން އިންޓަނެޓު ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާކުރިކަމެވެ. އަދި އިނގިރޭސި ވިލާތަކީ 2027 ވަނަ އަހަރު އަންނަން ވާ އިރަށް ދުންފަތުގެ އިސްތިއުމާލް ނުކުރާ ޤައުމަކަށް ހެދުމަށް ޤާނޫނެއް ވަނީ ފާސް ކޮށްފައެވެ. އޮސްޓްރޭލިއާ އާއި އިނގިރޭސި ވިލާތަށް މިވަރުގެ ކަންކަން ކުރެވޭ ނަމަ ރާއްޖެ ފަދަ ކުޑަ މުޖުތަމައުއެއްގައި މިކަހަލަ ބަދަލުތައް ގެންނަން އަދި މާ ފަސޭހަވާނެއެވެ. އަދި އަމުދުން، ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ވާއިރު، އުމުރުން 12 ނުވަތަ 13 އަހަރު ނުފުރޭ ކުޑަ ކުދީންނަށް ސްމާޓް ފޯނު ދީގެން ގިނަ މައިންބަފައިން މި އަޅައިދޭ ނުބައި ބިންގަލުގެ ސަބަބުން އުފެދެނީ ވަހުޝީ، ނުބައި ޖީލެކެވެ. ފާހިޝް މަންޒަރުތައް މިހާރު ފެންނަނީ ހަމަ އެކަނި ގޫގަލް ސާޗަކުން ނޫނެވެ. ޓްވިޓަރ، ޓެލެގްރާމް، އަދި އިންސްޓަގްރާމް ވެސް މިހާރު ވަނީ ފާހިޝް މަންޒަރާއި އެފަދަ އެކައުންޓްތަކުން ފުރި، އިބިލީހުގެ ދަންތުރަތަކަކަށް ވެފައެވެ. ކުޑަ ކުދީންނަށް ސްމާޓް ފޯނު ދިނުމާއި، ކުޑަ ކުދީން ސޯޝަލް މީޑިއާ ބޭނުން ކުރުންވެސް ޖެހެނީ ކޮންޓްރޯލް ކުރާށެވެ.

ދުނަފަތާއި، ވޭޕާއި، އިންޓަރނެޓް ޕޯން ފަދަ އިޖްތިމާއީ ބަލިތަކުން މި ޤައުމު ސަލާމަތް ކުރާކަށް އެމްޑީޕީ ބޭނުމެއް ނުވާނެއެވެ. އިޖްތިމާއީ ބަލިތަކުން މި ޤައުމު ސަލާމަތް ކުރަން މިހާރުގެ ސަރުކާރުން މަސައްކަތް ކުރާއިރު ހަނދާން ބަހައްޓަން ޖެހޭ އެއް ކަމަކީ، ދިވެހި ޤައުމުގެ ޖީލެއް ހަލާކުކުރި އެކައްޗަކީ މާލެ އާއި ބައެއް ރަށްރަށުގެ އެކި ދިމަދިމާގައި ހުރި "ގާޑިޔާތައް" ކަމެވެ. މިއީ އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ އޮންނަ ތަންތަނެއް ވެސް ނޫނެވެ. ނަމަވެސް މި ތަންތަނުން ސިނގިރޭޓު ވެސް ވިއްކައެވެ. ޤާނޫނާ ހިލާފަށް ވަކިވަކިންނެވެ. ރަށްރަށުގައި ޕާޓޭއިން ވަގަށް ކަނޑާ ތަރުކާރީ އާއި މޭވާ ވެސް ނުއަގުގައި ގަނެ، ވައްކަމަށް ހިއްވަރުދޭ އެއްބަޔަކީ ވެސް މި ގާޑިޔާތަކެވެ. ބައެއް ގާޑިޔާތަކަކީ ޕާޓޭންނާއި، މަސްތުވާތަކެތީގެ ޑީލަރުން ހިންގާ ތަންތަނެވެ. ގާޑިޔާތައް ވަރަށް ހަރުކަށިކޮށް ރެގިއުލޭޓްކޮށް، ގާޑިޔާ ތަކަކީ ހަމައެކަނި ކުރުނބަލާއި، ދޯރާ އާއި، ބޮނޑި ފަދަ ލުއިކާނާ އާއި ދިވެހި އުފެއްދުންތައް ވިއްކާ ތަންތަނަށް ހަދަން ޖެހެއެވެ. ޖީލެއް ހަލާކު ކުރުމުގެ ޒިއްމާ ނަގަން ޖެހޭ އެއްބަޔަކީ ހަމަ މި ގާޑިޔާތަކެވެ. މާލޭ މަގުމަތީގައި މި ގާޑިޔާތައް މިހާރު ނެތެއް ކަމަކު ކުދިކުދި ކަޑަތަކުގެ ގޮތުގައި މި ގާޑިޔާތައް ގެންދަނީ ހިންގަމުންނެވެ. ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި މިފަދަ ކަޑަތައް އަދި މާގިނައެވެ. ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ލައިސަންސް މި ގާޑިޔާތަކަށް ނުވަތަ ކަޑަތަކަށް ދެވިގެން ނުވާނެއެވެ. އަދި ވަކިވަކިން ސިނގިރޭޓު ވިއްކުން އެއްކޮށް ހުއްޓުވަން ޖެހެއެވެ. ފުލުހުން ގޮސް ވަރަށް ކައިރިން މި ކަންކަން ބަލަންޖެހެއެވެ.

ވޭޕް މަނާވުމުން، ވޭޕްގެ ވަގު ވިޔަފާރިން މިލިއަނަރުންނަށް ވުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ދެވިގެން ނުވާނެއެވެ. ޤާނޫނުތައް ހެދޭ ގޮތަށް އެ ޤާނޫނުތައް ތަންފީޒު ވެސް ކުރެވެން ޖެހޭނެއެވެ. ރައީސް ޑރ. މުއިއްޒާއި ހޯމް މިނިސްޓަރު އިހްސާނާއި ޕޮލިސް ކޮމިޝަނަރ ޝުޖާއު މިކަމުގައި ނަމޫނާ ދައްކަވަން ޖެހެއެވެ. ދުންފަތާ ދުރު މުޖުތަމައުއެއް އުފެއްދުމުގެ މަސައްކަތުގެ ބައެއްގެ ގޮތުން، ޕޮލިހާއި އެމް.އެން.ޑީ.އެފްގެ ބޭފުޅުންނަކީ ރަސްމީ އަދި ނުރަސްމީ ގަޑީގައި ވެސް ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ބަޔަކަށް ހެދުމަކީ ހޯމް މިނިސްޓަރާއި ޕޮލިސް ކޮމިޝަނަރ އަދި ސިފައިންގެ ޗީފްއޮފް ސްޓާފަށް ދެއްކިދާނެ ނަމޫނާއެކެވެ. ހަމަ އެފަދައިން ސިވިލް ސާވެންޓުން ރަސްމީ ގަޑީގައި ދުންފަތުގެ އިސްތިއުމާލް ކުރުން ވެސް މަނާކުރަން ޖެހެއެވެ. މަގުމަތި ފަދަ އާއްމު ތަންތަނުގައި ސިނގިރޭޓު ބުއިން އެއްކޮށް މަނާކުރަން ޖެހެއެވެ. އަދި، މަސްތުވާތަކެތީގެ ނެޓުވާކްތަކާއި، ގޭންގުތައް އެއްކޮށް ނައްތާލަން ޖެހެއެވެ.

ދިވެހި ޤައުމަކީ މަސްތުވާތަކެތީން ސަލާމަތްވެފައިވާ، ދުންފަތާ ދުރު، ކުށް މަދު، ދީންވެރި މުޖުތަމައުއަކަށް ހަދަން ޖެހެއެވެ. ސަރުކާރުގެ އަމާޒު މިކަމުގައި ހުރީ ރަނގަޅަށެވެ. އަދި ކުޑަކުޑަކޮށް ފިޔަވަޅު އަވަސްކޮށް، ސީދާކޮށްލަން ޖެހެއެވެ. ކަނދުރާ އަކަށް، މޫނަކަށް، ފުއްކިބައަކަށް ބަލާނެ ކަމެއް ނެތެވެ. ރައްޔިތުންގެ ހައްޤުގައި، މުޖުތަމައުގެ ހައްޤުގައި، މުޅި ޤައުމުގެ ހައްޤުގައި އިތުރަށް ހިއްވަރު ކޮށްލާށެވެ. މިކަން ފޭލި ކޮށްލުމުގެ ފުރުސަތު އެމްޑީޕީ އަށް އެއްވެސް ހާލަތެއްގައި ދީގެން ނުވާނެއެވެ. ގާޑިޔަލަކުން ފަނާވި ޖީލަކުން، ހެޔޮ ލަފާ ޖީލެއް އުފަން ކުރުވަން ޖެހެއެވެ.

ޝެއާ ކުރޭ

ކޮމެންޓްތައް

ކޮމެންޓާއި ޖަވާބު ފެންނާނީ އެޑްމިން އެޕްރޫވް ކުރުމަށްފަހު.

ވޭޕް ބޭންކޮށްފިއެވެ! ދެން ހުރި "ވިހަތައް" ކޮބައިތޯއެވެ؟
ސިއްޙަތު

ވޭޕް ބޭންކޮށްފިއެވެ! ދެން ހުރި "ވިހަތައް" ކޮބައިތޯއެވެ؟

ވޭޕް މަނާކުރުމުން އެކަނި ނިމުނީތޯއެވެ؟ ދިވެހިންނަށް ހަޤީޤީ ފައިދާއެއް ކޮށްދޭން އެދޭނަމަ، ވޭޕް މަނާކުރި ގޮތަށް، ސުޕާރީ، ސިގިރެޓު، އެނާޖީ ޑްރިންކް ފަދަ ދެންވެސް ހުރި އެފަދަ "ވިހަ" ބާވަތްތައް ރާއްޖެއަށް އެތެރެކޮށް ވިޔަފާރި ކުރުން ހުއްޓުވައިދޭށެވެ. ޒުވާނުންގެ ސިކުނޑި ފަސާދަކުރާ ބަރަހަނާ ވެބްސައިޓުތައް އެކޮށް ބްލޮކްކޮށްދެއްވާށެވެ. އަދި އެއަށްފަހު، ސިނގިރޭޓާއި، އެނާޖީ ޑްރިންކާއި، ސުޕާރީ ފަދަ ސިއްހަތަށް ހުރި ނުރައްކާތެރި އެހެން ބާވަތްތައްވެސް މަރުހަލާތަކަކަށް ބަހާލައިގެން މަނާކޮށްދެއްވާށެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/3 ދުވަސް ކުރިން
ސިޔާސީ ފަސްޖެހުމެއްގެ އަނދިރި ފަރާތް: ޝީޝާ މަނާކުރުމުގެ ނިންމުން އަނބުރާ ގެންދިއުން!
ސިއްޙަތު

ސިޔާސީ ފަސްޖެހުމެއްގެ އަނދިރި ފަރާތް: ޝީޝާ މަނާކުރުމުގެ ނިންމުން އަނބުރާ ގެންދިއުން!

ރައީސް މުޢިއްޒު މިނިސްޓަރު ނާޒިމަށް ތާއީދުކުރައްވައި، ޝީޝާ މަނާކުރުމަކީ ޤައުމުގެ ޒުވާނުން ހިމާޔަތްކުރުމަށްޓަކައި ނުކޮށް ދޫކޮށްނުލެވޭނެ ޤައުމީ ވާޖިބެއްގެ ގޮތުގައި ސިފަކުރައްވައި، އޭޕްރީލް މަހާ ހަމައަށް އެ ގޮންޖެހުންތަކާ ކުރިމަތިލެއްވިނަމަ، ސިޔާސީ މަސްރަޙު ފެނުނީހީ މުޅިން ތަފާތުކޮށެވެ. އެހެން ހެއްދެވިނަމަ ސަރުކާރުން އިންތިޚާބާ ކުރިމަތިލީހީ ވަރުގަދަ، ސާބިތު، އަދި އުޞޫލީ ސަރުކާރެއްގެ ގޮތުގައެވެ.

މުހައްމަދު ބުޝްރީ (ކެޔޮނިރު)/October 15, 2026