2026 ވަނަ އަހަރުގެ ބާކީ މިއޮތް ދޮޅު މަހެއްހާ ދުވަސް ފާއިތުވުމުން ގިނަ ދިވެހީންގެ ދޫމަތީގައި އޮންނާނެ ޖުމްލައަކީ: އަންނަ އަހަރަކީ ރިއާސީ އިންތިހާބްގެ އަހަރު ކަމަށެވެ! 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފޯރި ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙުގައި ގަދަވަމުންދާއިރު، ދިވެހި ރައްޔިތުންގެ ކުރިމަތީގައި މިއަދު އޮތީ ނުހަނު ފުންކޮށް ވިސްނައި، ސީރިއަސްކޮށް ގޮތް ނިންމަންޖެހިފައިވާ މުހިންމު ޤައުމީ އިމްތިޙާނެކެވެ. ވެރިކަމުގެ އުފަލާއި، ޝާހާއި، ޖާހަތު އެނގިވަޑައިގެން، ސިޔާސީ ތަފާތު ލީޑަރުންނާއި، ޕާޓީތަކުގެ ނުފޫޒުގަދަ ބޭފުޅުން ރައީސްކަމުގެ މަޤާމަށް ފައިނަންގަވައިގެން ތިއްބެވި ނަމަވެސް، ވޭތުވެދިޔަ އަހަރުތަކުގައި އެފަދަ ބޭފުޅުންގެ ޢަމަލުތަކާއި، ޤައުމީ ވިސްނުން ބެހެއްޓެވި ގޮތް ރައްޔިތުންނަށް ވަނީ ވަރަށް ސާފުކޮށް ފެނި ހާމަވެފައެވެ.
2028 ގެ އިޚްތިޔާރު: އުނިކަންކަމާއެކުވެސް ޔާމީނަށް ޤައުމު ސަލާމަތް ކޮށްދެއްވޭނެބާ؟
އަޅުގަނޑަކީ މިވެރިކަމުގެ ފުރަތަމަ ދެއަހަރު ތެރޭ، ރައީސް މުޙައްމަދު މުއިއްޒުގެ ވަރަށް ގިނަ ސިޔާސަތުތަކަށް ތާއިދު ކުރި މީހަކީމެވެ. ކުރެވުނު، ހުރިހާ ރަނގަޅުކަމަކާ އެކުވެސް ރައީސް މުޢިއްޒު ވަނީ ޤައުމުގެ ކުރިމަގަށް ވަރަށް ނުރައްކާތެރި ދެ ދޮރެއް ހުޅުއްވަވާފައެވެ. އަޅުގަނޑު ފަދަ ފަރާތްތަކުގެ ތާއިދު އަލުން އަނބުރާ ހޯއްދަވަން ބޭނުންފުޅުނަމަ "އައިލާ" ޕްރޮޖެކްޓާއި "ރަސްމާލެ" ޕްރޮޖެކްޓް ފަދަ ދެފުށް ނުފެންނަ ނުރައްކާތެރި ޕްރޮޖެކްޓްތައް ހުއްޓާލައްވަން އަޅުގަނޑު ރަޢީސް މުއިއްޒަށް ގޮވާލަމެވެ.

* ޤައުމުގެ ކުރިމަގާ ސީދާ ގުޅިފައިވާ އެންމެ ބޮޑު ސުވާލު:
މިއަދު ސިޔާސީ މަޝްރަޙުން ފެންނަން ހުރި މޫނުތަކާއި، އެ ބޭފުޅުންގެ ސިޔާސީ ތާރީޚަށް ފުންކޮށް ބަލައިލުމުން، ދިވެހި ޤައުމު ހިންގުމުގެ ޙަޤީޤީ ޤާބިލުކަމާއި، ހިތްވަރާއި، އިޤްތިޞާދީ ދުރުވިސްނުން ހުރީ ކޮން ބޭފުޅެއްގެ ކިބައިގައިތޯ މިއީ ހަމައެކަނި އުފެދޭ އާދައިގެ ސުވާލެއް ނޫނެވެ. މިއީ، ދިވެހި ޤައުމުގެ މިހާރުގެ ހާލަތަށް ބަލާއިރު މުޅި ޤައުމުގެ ކުރިމަގާ ސީދާ ގުޅިފައިވާ އެންމެ ބޮޑު ސުވާލެވެ.
* ރައީސް ޑރ.މުޢިއްޒު:
އަޅުގަނޑަކީ މިވެރިކަމުގެ ފުރަތަމަ ދެއަހަރު ތެރޭ، ރައީސް މުޙައްމަދު މުއިއްޒުގެ ވަރަށް ގިނަ ސިޔާސަތުތަކަށް ތާއިދު ކުރި ރައްޔިތަކީމެވެ. ރައީސް މުޢިއްޒުގެ ސަރުކާރަށް ބަލައިލާއިރު، އެމަނިކުފާނު ވަނީ އިގްތިސޯދީ، އިޖްތިމާއީ، އަދި ދީނީ ގޮތުން ވަރަށް ރަނގަޅު ބައެއް ކަންކަން ކުރައްވާފައި ކަން ޤަބޫލު ކުރަން ޖެހެއެވެ. މިސާލަކަށް ވޭޕް މަނާ ކުރުމާއި، ސްކޫލް އަންހެން ކުދީންގެ ޔުނިފޯމް އިއްފަތްތެރި ކުރެއްވުން ފަދަ ކަންކަމާއި، މާލޭގެ ރިންގް ރޯޑް މަސައްކަތް ވަރަށް ރަނގަޅަށް ކުރެއްވުމާއި، މާލޭ ބަނދަރުގައި ފިންގަރ ޖެތީތަކެއް ހެދުން، އަދި ތިލަފުއްޓަށް މާލޭ ބަދަރު ބަދަލު ކުރުމާއި، ތިލަ މާލެ ބްރިޖްގެ މަސައްކަތް އަވަސް ކުރެއްވުން ފަދަ ކަންކަމެވެ. މީގެ އިތުރުން ބޭރު މީހުންގެ މައްސަލަ ހައްލު ކުރައްވަންށާއި، ޑްރަގް މައްސަލަ ހައްލު ކުރައްވަން ގިނަ މަސައްކަތްތަކެއް، ހާއްސަކޮށް ހޯމް މިނިސްޓަރ އަލީ އިޙްސާންގެ ބެއްލެވުމުގެ ދަށުން ކުރައްވާކަން ފާހަގަ ކުރެވެއެވެ. އަޅުގަނޑު ފަދަ ފަރާތްތަކުގެ ތާއިދު އަލުން އަނބުރާ ހޯއްދަވަން ބޭނުންފުޅުނަމަ "އައިލާ" ޕްރޮޖެކްޓާއި "ރަސްމާލެ" ޕްރޮޖެކްޓް ފަދަ ދެފުށް ނުފެންނަ ނުރައްކާތެރި ޕްރޮޖެކްޓްތައް ހުއްޓާލައްވަން އަޅުގަނޑު ރަޢީސް މުއިއްޒަށް ގޮވާލަމެވެ. މިވެރިކަމުގައި ކުރެވުނު، މިހުރިހާ ރަނގަޅުކަމަކާ އެކުވެސް ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ދިވެހި ޤައުމިއްޔަތާއި ދިވެހީންގެ އިސްލާމީވަންތަކަން ފަނާކޮށްލަފާނެ ވަރަށް ނުރައްކާތެރި ދެ ދޮރެއް ހުޅުއްވަވާފައެވެ.
* ފުރަތަމަ ދޮރު: "ޕްރޮޖެކްޓް އައިލާ" ވެސް ހުއްޓުވަން ޖެހޭ:
ނޫނު އަތޮޅުގެ ދިގު ފަރު، ދެކުނު ފަރު އަދި ކުރަމާދޫ ފަޅުގައި "ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި ހިންގަން އުޅޭ، 790 މިލިއަން ޑޮލަރުގެ މެގަ-މަޝްރޫއެއް ކަމަށް ކިޔާ، މަޝްރޫއަކީ ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ގެ ނިވާފަތްގަނޑުގެ ނިވަލުގައި ބޭރުގެ އަމިއްލަ ކުންފުންޏަކަށް މިޤައުމުގެ އިޤްތިޞާދީ ސިޔާދަތުން ބަޔަކާއި، ބިންތަކުން ބައެއް، ދާއިމީ ގޮތަކަށް ދޫކޮށްލުމަށް ހިންގާ ބޮޑު ޖަރީމާއެކެވެ. ދެމެހެއްޓެނިވި ޓައުންޝިޕް" ގެ ވާހަކަ އާއި 60 އިންސައްތަ އިއާދަކުރަނިވި ހަކަތައިގެ ވާހަކައަކީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި، މި މަޝްރޫޢުގެ ދަށުން ދައުލަތަށް ލިބެންޖެހޭ ޓެކްސް އިނާޔަތްތަކާއި އެކުއިޒިޝަން ފީތައް ކަނޑާލުމަށް ދައްކާފައިވާ އޮޅުވާލުމުގެ ބަހަނާތަކެކެވެ. މީގެ އިތުރުން، 2028 ގެ އިންތިޚާބާ ދިމާކޮށް ނޫނު އަތޮޅު ރައްޔިތުންނަށް ވަޒީފާއާއި ފަތުރުވެރިކަމުގެ ހުވަފެންތައް ދައްކަވައިގެން ސިޔާސީ ވޯޓު ހޯއްދަވަން އުޅުއްވިއަސް، މިއީ އެ ސަރަޙައްދުގެ ތިމާވެށި ހަލާކުކޮށް، ދިވެހި ވިޔަފާރިތައް ފުނޑާލައި، ދިވެހި ޤައުމުގައި ހިންދުތުވާ މީހުންނާއި ޒަޔަނިސްޓުން އާބާދު ކޮށް، މި ޤައުމުގެ އިޖްތިމާއީ އަދި އިސްލާމީ ފޭރާން ވީދާލާނެ ނުރައްކާތެރި ސިޔާސީ ބިލާހެކެވެ. ރަސްމާލެ އެކަންޏެއް ނޫނެވެ. ދެން އަންނަ ވެރިކަމަކުން "ޕްރޮޖެކްޓް-އާއިލާ" ވެސް ހުއްޓުވަން ޖެހެއެވެ.
* ދެވަނަ ދޮރު: "ރަސް މާލެ" އަކީ ހަޤީގަތުގައި "** މާލެ":
ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން "ރަސްމާލެ" ގެ ނަމުގައި ފުށިދިއްގަރުފަޅު ހިއްކައިގެން ހިންގަން އުޅޭ، ނަމުން "ވިހި ބިލިއަން ޑޮލަރުގެ" މަޝްރޫޢަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ނާރެހުގައި ދިވެހީންގެ ބާރު ފަނާކޮށް، ދައުލަތް ނިހާޔަތަށް ދަރަނިވެރިކޮށްފާނެ ސިޔާސީ ބޮޑު ޖަރީމާއެކެވެ. ދައުލަތުގެ ބަޖެޓުން ޚަރަދެއް ނުކޮށް ތަރައްޤީ ކުރާ، ދެމެހެއްޓެނިވި ސިޓީއެއްގެ ނަމުގައި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން އުޅުއްވިސް، މިއީ މާލޭ ސަރަހައްދުގެ މައި ބިންތަކާއި އަގުހުރި ފަޅުތައް އެއްވެސް އެކުއިޒިޝަން ފީއެއް ނުވަތަ ބިމުގެ ކުއްޔެއް ނުނަގައި، ބޭރުގެ ކުންފުނިތަކަށާއި ޔަހޫދީންނާއި ހިންދުތުވާއިންނާ ގުޅުންހުރި ބޭރުގެ ފަރާތްތަކަށް ދާއިމީ ގޮތަކަށް ދޫކޮށްލުމަށް ރާވާފައިވާ ނުރައްކާތެރި މުޢާމަލާތެކެވެ.
* ކޮންމެވެސް ދިވެހި ބަޔަކަށް ކޮރަޕްޝަނުގެ ގޮތުގައި މަދުވެގެން އެއް ބިލިއަން ޑޮލަރު:
މީގެން ނުނަގައި ދޫކޮށްލާ އެކުއިސިޝަން ފީ އާއި ނުނަގައި ދޫކޮށްލާ ލޭންޑް ރެންޓަކީ މަދުވެގެން 10 ބިލިއަން ޑޮލަރު ވަރުގެ އަދަދެއް ކަމަށް ލަފާ ކުރެވޭ އިރު މީގެ ބަދަލެއްގެ ގޮތުން ކޮންމެވެސް ދިވެހި ބަޔަކަށް ކޮރަޕްޝަނުގެ ގޮތުގައި މަދުވެގެން އެއް ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެވެއެވެ. މިއީ ތިމާވެށީގެ އަދި އިްގތިސޯދީ، އިޖްތިމާއީ އަދި ދީނީ ބޮޑު ކާރިސާއަކަށް މަގުފަހިވެ، ޤައުމުގެ ސިޔާދަތީ ބާރުތައް ބޭރުގެ ފަރާތްތަކުގެ އަތް މައްޗަށް ބީވެދާނެ ފަދަ ސިޔާސީ ބިލާހެކެވެ.
ހަމައެކަނި މިދެކަމަށް ބެއްޔަސް މުއިޒު ކުރައްވާފައިވާ އެހެން ހުރިހާ ރަނގަޅުކަމެއް ފޮރުވިގެންދާ ވަރަށް މިދެކަމުގެ ނުރްއްކާ ބޮޑެވެ. މިއީ ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމަށް ކުރިމަތިކުރުވާފައިވާ އެގްސިސްޓެންޝަލް ތުރެޓެއް، ނުވަތަ ދިވެހި ޤައުމު ފަނާވެ ނެތި ހިނގައިދާނެ ފަދަ ބިރުވެރި ނުރައްކަލެކެވެ. މިސަބަބާ ހުރެ މުއިއްޒުގެ ސަރުކާރު ވަނީ ރައްޔިތުންގެ ކުރިމަތީގައި ފެއިލްވެ، އިތުބާރު ގެއްލިފައެވެ. ޤައުމުގެ އިޤްތިޞާދީ އަދި މާލީ ހާލަތު އިންތިހާއަށް ބޮއްސުންލައިގެން ގޮސް، ރައްޔިތުންނަށް ވެވުނު އުއްމީދީ ވައުދުތައް ފުއްދުމުގައި މި ސަރުކާރުގެ ކިބައިން ފެނިގެން ދިޔަ ނުކުޅެދުންތެރިކަމުގެ ސަބަބުން، ޢާންމު ރައްޔިތުން މިއަދު ތިބީ އިންތިހާއަށް މާޔޫސްވެ، ޤައުމުގެ މިސްރާބާމެދު ބިރުހީވެފައެވެ.
* "ވިއްކާލި" ކަމަށް ބުނާ ދެކުނު ކަނޑުގެ ސަރަޙައްދާއި ޗާގޯސްގެ ސިޔާދަތީ ޙައްޤު ހޯއްދަވާކަށް ނޫޅުއްވާ:
މީގެ އިތުރުން، ކުރީގެ ސަރުކާރުން "ވިއްކާލި" ކަމަށް ބުނާ ދެކުނު ކަނޑުގެ ސަރަޙައްދާއި ޗާގޯސްގެ ސިޔާދަތީ ޙައްޤު ހޯއްދަވަން ރައީސް މުއިއްޒުގެ ސަރުކާރުން ކުރެއްވި އެއްވެސް ކަމަކުން ހަޤީގީ ނަތީޖާއެއް، ނޫސްތަކުގައި ސުރުޚީތައް އެޅުއްވުން ފިޔަވައި، ފެންނާކަށް ނެތެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ދާދިފަހުން، އެމަނިކުފާނުގެ ޕާރޓީގެ ބައްދަލުވުމެއްގައި ފާހަގަކުރެއްވި ފަދައިން، ޢަމަލީ ގޮތުން ކަންކަން ކުރައްވަން ނޫޅުއްވައި، އެކި ނަންނަމުގައި ރިޔާސީ ކޮމިޝަންތަކާއި ވަކި އޮފީސްތައް ހައްދަވައިގެން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުއްވައި ސިޔާސީ ސްޓަންޓްތައް ޖެއްސެވުން ފިޔަވައި، ޤައުމީ މިފަދަ މުހިންމު މައްސަލަތަކުގައި ރައީސް މުޢިއްޒުގެ ސަރުކާރަށް ނެރެދެއްވުނު އެއްވެސް ނަތީޖާއެއް ނެތެވެ.
* އެމް.އޭ.ސީ.އެލް އާއި ސްޓެލްކޯގެ ނާޖާއިޒު ފައިދާ ނަގައި ދަރަނިވެރި ކުރުވުން:
ނޫނު އަތޮޅުގެ "އާއިލާ" ޕްރޮޖެކްޓް ފަދަ އެތައް އެހެން ޕްރޮޖެކްޓްތަކެއް ވެސް މި ސަރުކާރުން ތައާރަފް ކުރަން ރާވާފައި ވުމާއި، ރަސްމާލެ މަޝްރުއުގެ ބިރުވެރިކަމުގެ ސަބަބުން ވެއްޓިދާން އިޤްތިޞާދީ އަނދަވަޅުގެ ނުރައްކާތެރިކަން ވަނީ ރައޔިތުނަނަށް ބޮޑު ބިރުވެރިކަމަކަށް ބަދަލުވެފައެވެ. މީގެ އިތުރުން، ޤައުމުގެ އެންމެ މުހިންމު މައި ކުންފުނި ކަމަށްވާ އެމް.އޭ.ސީ.އެލް ވަނީ ނިހާޔަތަށް ދަރަނިވެރިކުރުވާފައެވެ.
ފެނަކަ ކޯޕަރޭޝަން ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަކީ އިދާރީ ގޮތުން ރަނގަޅު ނިންމުމަކަށް ވީނަމަވެސް، އޭގެ ސަބަބުން އުފެދިގެންދާ މެގަ-ކުންފުނީގެ ނާޖާއިޒު ފައިދާ، އެމް.އޭ.ސީ.އެލް ގެ މާލީ ވަސީލަތްތަކުން ނާޖާއިޒު ފައިދާ ސަރުކާރުން ނެގި ގޮތަށް، ބިޔަ ސްޓެލްކޯގެ ނާޖާއިޒު ފައިދާ ސަރުކާރުން ނުނަގާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް މިއަދަކު ނެތެވެ.
* އެންމެ ފަހުން އިންޑިއާ ގެނެސް ލެއްވީ ސަރުކާރުގެ އުނގަށް:
އަނެއްކޮޅުން، "އިންޑިއާ އައުޓް" އޭ ވިދާޅުވެ، ޤައުމީ ރޫޙު އާލާކުރައްވައިގެން ވެރިކަމަށް ވަޑައިގެން، އެންމެ ފަހުން އިންޑިއާ ގެނެސް ލެއްވީ ސަރުކާރުގެ އުނގަށެވެ. އިންޑިއާ ސިފައިންގެ ޔުނިފޯމް ބޭލުވިކަމުގައި ވިޔަސް، އިންޑިއާގެ އަސްކަރީ ނުފޫޒާއި ސިފައިން ރާއްޖެއަކުން ނުބޭލުވުނެވެ.
* ފުރާނައެއްނެތް ގާގަނޑެއްފަދަ ދިދައަކަށް ކުރިމަތިލައްވައިގެން ވިދާޅުވި ޅެންތަކާއި ވައުދުތައް ބިލާހަކަށް ބަދަލުވުން:
މީގެ އިތުރުން، ކުރިންވެސް ދެންނެވި ފަދައިން، ނޫނު އަތޮޅުގެ ދިގު ފަރު، ދެކުނު ފަރު އަދި ކުރަމާދޫ ފަޅުގައި "ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި ހިންގަން އުޅޭ 790 މިލިއަން ޑޮލަރުގެ މެގަ-މަޝްރޫއާއި، މާލެއަށްވުރެ އެތައް ގުނައެއް ބޮޑު، ރާއްޖޭގެ އެންމެ ބޮޑު ބިންހިއްކުމުގެ މަޝްރޫޢު ކަމަށްވާ ރަސްމާލެ، ދިވެހި ރައްޔިތުންގެ އެއް ބިލިއަން ޑޮލަރުގެ މާލީ ވަސީލަތްތަކުން ހިއްކުމަށްފަހު، އެއްވެސް އެކުއިޒިޝަން ފީއެއް ނުވަތަ ބިމުގެ ކުއްޔެއް ނުނަގައި، ޔަހޫދީންނާ ގުޅުންހުރި ބޭރުގެ ކުންފުންޏަކަށް ދާއިމީ ގޮތަކަށް ދެއްވުމަށް މަސައްކަތް ކުރެއްވުމަކީ ރައީސް މުއިއްޒު ކުރައްވާފައިވާ އެހެން ހުރިހާ ރަނގަޅުކަމެއް ފޮރުވިގެންދާފަދަ ނުރައްކާތެރި ކަމެކެވެ. މިއީ ދިވެހި ރައްޔިތުންނާ ދިވެހި ޤައުމަށް ކުރިމަތިކުރުވާފައިވާ އެގްސިސްޓެންޝަލް ތުރެޓެއް، ނުވަތަ ޤައުމު ފަނާކޮށް ނެތިކޮށްލަފާނެ ފަދަ ބިރުވެރި ނުރައްކަލެކެވެ. ދީނީ ޝިޢާރުތައް އުފުއްލަވައި، ޤިބުލައަށް ފުރަގަސްދެއްވައި، ފުރާނައެއްނެތް ގާގަނޑެއްފަދަ ދިދައަކަށް ކުރިމަތިލައްވައިގެން ވިދާޅުވި ޤައުމީ ޅެންތަކާއި ވައުދުތައް މިއަދު މިވަނީ ހާސިލުނުވާ ބިލާހަކަށް ބަދަލުވެފައެވެ.
* އިދިކޮޅު ޕާރޓީ އެމްޑީޕީ:
އަނެއްކޮޅުން އިދިކޮޅު އެމްޑީޕީގެ ތެރެއިން 2028 ގެ ރިޔާސީ ޕްރައިމަރީއަށް ތައްޔާރުވެވަޑައިގަންނަވާ ބޭފުޅުންގެ ސީ.ވީ އާއި ސިޔާސީ ޙަޔާތަށް ބަލައިލުމުން ފެންނަނީ، ޤައުމީ މާޟީގައި ޤައުމީ މަޞްލަޙަތަށްވުރެ އަމިއްލަ އަދި ސިޔާސީ ޕާޓީގެ މަޞްލަޙަތު އިސްކުރެއްވި ތަނެވެ.
* ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް:
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަކީ، ރައީސް ޞާލިޙުގެ ސަރުކާރުގައި ރާއްޖޭގެ ދެކުނު ކަނޑުން ބައެއް މޮރިޝަސްއަށް ދޫކޮށްލައްވައި، ޗާގޯސްގެ ސިޔާދަތީ ހައްޤު މުޅިން ގެއްލުވާލެއްވި އިރު، ދައުލަތުގެ ދެވަނައަށް އެންމެ މަތީ މަޤާމުގައި ހުންނަވައިގެން، އަނގަ ބަންދުކުރައްވައިގެން ހިމޭނުން ހުންނެވި ބޭފުޅެކެވެ. ޤައުމުގެ އިޤްތިޞާދީ އަދި ސަރަޙައްދީ އިމުން ބައެއް އުނިވެގެން ދިޔައިރު، ޤައުމުގެ ޙައްޤުގައި އެންމެ ބަހެއްވެސް ވިދާޅުނުވެ ހުންނެވުމަކީ ޤައުމާއި ރައްޔިތުންނަށް ވެވުނު ބޮޑު ޚިޔާނާތެކެވެ.
* އެމްޑީޕީގެ ޗެއަރޕާސަން ނަޝީދާއި ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް:
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލަށް ބަލާއިރު، އެމަނިކުފާނަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސެކިއުލަރ ފިކުރަށް ތާއީދުކުރައްވާ، އަދި ރާއްޖޭގެ އިޖުތިމާއީ އަދި ޤައުމީ ފެބްރިކަށް ބެއްލެވުމެއް ނެތި، ނަޝީދު ފަދައިން، ބިދޭސީން ރާއްޖޭގައި އާބާދުކުރުމަށް ތާއިދު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
އެމްޑީޕީން ވެރިކަން ކުރި ދެ ދައުރުގައިވެސް، ނަޝީދުގެ ރައީސް ކަމުގައި، އިންޑިއާ އަށް ހުޅުލޭ އެއާރޕޯރޓް ވިއްކާލެއްވުމާއި، ސޯލިހުގެ ރައީސް ކަމުގައި ދެކުނު ކަނޑު އިންޑިއާގެ ޕަޕެޓް މޮރިޝަސް އަށް ވިއްކާލައްވައި، ޤައުމުގެ އިޤްތިޞާދާއި އިޖުތިމާއީ ފޮތިގަނޑު ވީދައި ބަލިކަށި ކުރުން ފިޔަވައި އިތުރު ކަމެއް ކޮށްފައި ނުވެއެވެ. އެމްޑީޕީއަކީ ދިވެހި ޤައުމު ހަލާކުކޮށްލި ޕާޓީއެއްކަން މިއަދު ދިވެހި ރައްޔިތުން ސާފުކޮށް ޤަބޫލުކުރެއެވެ.
* ކުރީގެ ރައީސް ޔާމިން:
މި ހުރިހާ ބޭފުޅުންގެ ޢަމަލުތަކާއި ސިޔާސަތުތައް މިނެ ކިރާލުމުން، ދެން އަޅުގަނޑުމެންގެ ކުރިމައްޗަށް ތިލަވެގެން އަންނަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަމެވެ. ޝައްކެއްވެސް ނެތް ގޮތުގައި، ރައީސް ޔާމީންގެ 5 އަހަރުގެ ވެރިކަމުގައި ސިޔާސީ ބޮޑެތި ގޯސްތައް ހައްދަވައި، އެމަނިކުފާނުގެ ޒައާމަތުގައި އެމް.އެމް.ޕީ.އާރ.ސީ ގެ ބިޔަ ޙިޔާނާތް ހިނގައި، ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ވަނީ ފެންމަތިވެފައެވެ. ރައީސް ޔާމިނަކީ ވެސް ވަކި ސައަތައިން ސައްތަ ފުރިހަމަ، ކުށެއްނެތް ބޭފުޅެކޭ ދެންނެވޭކަށް ނެތެވެ.
* ރައްޔިތުންގެ ލޮލަށް ފެންނާނެ ޙަޤީޤީ، ވަރުގަދަ ތަރައްޤީ ފެއްޓެވީ ޔާމިން:
ނަމަވެސް، ޤައުމީ ތަރައްޤީއާއި، އަމަލީ ނަތީޖާއާއި، އިޤްތިޞާދީ އިންގިލާބީ ބަދަލުތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ މިޒަމާނުގެ ތާރީޚު ދުށް އެންމެ ހިތްވަރުގަދަ، އަދި އެންމެ ޢަމަލީ ލީޑަރަކީ ރައީސް ޔާމީނެވެ. ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ދިވެހިރާއްޖެއަށް އިންގިލާބީ ބޮޑެތި ބަދަލުތަކެއް ގެންނަވައި، ރައްޔިތުންގެ ލޮލަށް ފެންނާނެ ޙަޤީޤީ، ވަރުގަދަ ތަރައްޤީ ފައްޓަވާފައެވެ. މާލެއާއި ހުޅުމާލެ ގުޅުވާލަދިން އުއްމީދީ ސިނަމާލެ ބްރިޖާއެކު، މުޅި ރާއްޖޭގެ އިޤްތިޞާދީ ދުވެލި ދެގުނައަށް ހަލުވިކޮށްދެއްވިއެވެ. ސިއްޙީ ދާއިރާއަށް ބަލާއިރު، 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ބިނާކުރައްވައި، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާން ކުރަންޖެހޭ ބޮޑެތި ޚަރަދުތައް ކުޑަކުރައްވައި، ރާއްޖޭގެ ސިއްޙީ ނިޒާމު މުޅިން އާ އުސްމިންތަކަކަށް ގެންގޮސްދެއްވިއެވެ. އަދި ޤައުމީ މައި ދޮރާށި ކަމަށްވާ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި އާ ކޯޑް-އެފް ރަންވޭއާއި، އައު ޕެސެންޖަރ ޓަރމިނަލްގެ މަސައްކަތް ފައްޓަވައި، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ޓަރމިނަލް ބިނާކުރެއްވީ އެމަނިކުފާނުގެ ދުރުވިސްނޭ، ހިކުމަތްތެރި ސިޔާސަތުގެ ދަށުންނެވެ. މިފަދަ އެތައް އިޤްތިޞާދީ ވަސީލަތްތަކެއް ޤާއިމުކުރެއްވުމުގެ ނަތީޖާއަކީ، ޤައުމުގެ އާމްދަނީ އިތުރުވެ، ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުންވެސް ފާހަގަކޮށްލެވޭ ތަރައްޤީގެ މޮޑެލްއަކަށް އެއިރު ބަދަލުވެގެން ދިއުމެވެ.
* ނިންމުން: ދިވެހި ރައްޔިތުންގެ ކުރިމަތީގައި އޮތް ޙިކުމަތްތެރި އިޚްތިޔާރަކީ ރައީސް ޢަބްދުﷲ ޔާމީން؟:
2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިވެހި ރައްޔިތުން ކުރިމަތިލާއިރު، ރައީސް މުއިއްޒު ދައްކަވާ ފަދަ އޮމާން، ރީތި ވާހަކަތަކަކުން ޤައުމެއް ނުހިންގޭނެކަން ރައްޔިތުންނަށް މިއަދު ވަރަށް ސާފުކޮށް އެނގެއެވެ. ސިޔާސީ ގޮތުން ކިތަންމެ އުނިކަމެއް ހުރިކަމުގައި ވިއަސް، އަދި ކޯފާއިސްކުރެއްވުން ކިތައްމެ ބޮޑަސް، ނުވަތަ ބޮޑާ ބޭފުޅެއްކަމަށް ލޭބަލްވެފައި އޮތަސް، އަދި ކޮރަޕްޝަނުގެ ތުހުމަތު ކުރެވުނަސް، ޤައުމު ބިނާކުރުމުގެ ޙަޤީޤީ ޤާބިލުކަމާއި، ޞަރީޙަ ވިސްނުމާއި، ޤައުމާއި ދީން ވިއްކާނުލައްވައި އިޤްތިޞާދީ އިންގިލާބެއް ގެނެސްދެއްވޭނެ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީނު ކަމަށް ގިނަ ބަޔަކު، ހިތާ ދެކޮޅަށް ނަމަވެސް، މިއަދު ބުނެއެވެ. ދިވެހީންނަށް އެހެން ގޮތެއް މިވަގުތު ނެތީއެވެ! 2028 ވަނަ އަހަރު ދިވެހި ރާއްޖެ ނުރައްކާތެރި މާލީ އަދި ސިޔާސީ އަނދަވަޅުން ސަލާމަތްކޮށް، އުއްމީދީ އައްސޭރިއަކަށް ގެންދަން ބޭނުންނަމަ، ދިވެހި ރައްޔިތުންގެ ކުރިމަތީގައި އޮތް އެންމެ ރަނގަޅު، ވަރުގަދަ އަދި ޙިކުމަތްތެރި އިޚްތިޔާރަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް (އެމް.ޑީ.ޕީ އާއި ޕީ.އެން.ސީ ގެ ތެރެއިން ވެސް ގިނަ ބަޔަކު ހިމެނޭ ގޮތަށް) ދިވެހި ރައްޔިތުންގެ ވަރަށް ގިނަ ބަޔަކު މިއަދު ޤަބޫލު ކުރެއެވެ. އަޅުގަނޑަކީ މިވެރިކަމުގެ ފުރަތަމަ ދެއަހަރު ތެރޭ، ރައީސް މުޙައްމަދު މުއިއްޒުގެ ވަރަށް ގިނަ ސިޔާސަތުތަކަށް ތާއިދު ކުރި ރައްޔިތަކީމެވެ. މިވެރިކަމުގައި ކުރެވުނު، ހުރިހާ ރަނގަޅުކަމަކާ އެކުވެސް ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ ދިވެހި ޤައުމިއްޔަތާއި ދިވެހީންގެ އިސްލާމީވަންތަކަން ފަނާކޮށްލަފާނެ ވަރަށް ނުރައްކާތެރި ދެ ދޮރެއް ހުޅުއްވަވާފައެވެ. އަޅުގަނޑު ފަދަ ފަރާތްތަކުގެ ތާއިދު އަލުން އަނބުރާ ހޯއްދަވަން ބޭނުންފުޅުނަމަ "އައިލާ" ޕްރޮޖެކްޓާއި "ރަސްމާލެ" ޕްރޮޖެކްޓް ފަދަ ދެފުށް ނުފެންނަ ނުރައްކާތެރި ޕްރޮޖެކްޓްތައް ހުއްޓާލައްވަން އަޅުގަނޑު ރަޢީސް މުއިއްޒަށް ގޮވާލަމެވެ.

